Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޑޮކްޓަރުންގެ ދުވަސް

ދިވެހި މާޒީން، ޑޮކްޓަރުންގެ ޚިދުމަތަށް، ހިއްލާލި ސެލިއުޓުގެ އަތް، އަދިވެސް ތިރިކޮށްލެވޭކަށް ނެތެވެ!

ދުނިޔެއަށް އިރުއަރާ އޮއްސޭއިރު، މިއަދުވެސް، އެއިން ކަމެއްގެ ހިލަންނުވާ ބަޔަކީ، ސިއްޙީ ޚިދުމަތްތެރިން

މުހައްމަދު އާދަމް ސަލީމް
މުހައްމަދު އާދަމް ސަލީމް, ރާއްޖެ އެމްވީ | 18 އެޕްރީލު 2020 | ހޮނިހިރު 09:01
އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއި ނަރުހުން މަސައްކަތުގައި

އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއި ނަރުހުން މަސައްކަތުގައި

ދިވެހިރާއްޖޭގެ ޑޮކްޓަރުންގެ ދުވަހުގެ އިރު، ދުނިޔެއަށް އަލިކޮށްލިއިރު، ދުނިޔެ މި އޮތީ، ކޯވިޑު19ގެ ހަނގުރާމައިގެ މައިދާނަކަށް، ބަދަލުވެފައެވެ! ދުން އަރަމުން ދަނީ، އަޅަމުންދާ ބޮމަކުން، ފޮނުވަމުންދާ ރޮކެޓު ތަކަކުންނެއް ނޫނެވެ. ސިއްޙީ އެހީތެރިންގެ އުޅަނދު ފަހަރުގެ ސައިލެންސަރުންނެވެ. އިވޭ "ސައިރަން"ގެ އަޑަކީ، "ޕެޓްރިއޮޓު މިސައިލް" ތަކުގެ ސައިރަންގެ އަޑެއް ނޫނެވެ. ކޯވިޑު19ގެ ބަލިމީހުން އުފުލާ، އެމްބިއުލާންސް ތަކުގެ ސައިރަންގެ އަޑެވެ.

މިސާލަކަށް ދަންނަވާނަމަ، ކަނޑުމަތިން މިވަގުތު ފެންނަމުން އެދާ، ބޮންއަޅާ ބޯޓުފަހަރު އުފުލާ، "އެއަރ ކްރާފްޓު ކެރިއަރު"ތައްވެސް، ދައްކައި އެލަނީ، "ކޯވިޑު19"ގެ ހަނގުރާމައިގައި ހަރަކާތްތެރިވާތީއެވެ. އޭގައިވެސް ތިބީ ކޮވިޑު19ގެ ވައިރަހުގެ ޝިކާރަވެރިންނެވެ. އެހެންކަމުން މަނަވަރު ފަހަރުގައިވެސް، މިވަގުތު ހިނގަމުން އެދަނީ، ކޯވިޑު19، އާއިދެކޮޅަށް ޑޮކްޓަރުންނާއި ސިއްޙީ ޚިދުމަތްތެރިން އިޢުލާނު ކޮށްފައި އޮތް، މިދެންނެވި ހަނގުރާމައެވެ.

އަވަދިނެތި އުޅޭތީ، ފެންނާންތިބީވެސް ސިއްޙީ ޚިދުމަތްތެރިންނެވެ. އެމީހުންގެ ހަތިޔާރަކީ، ވެންޓިލޭޓަރެވެ. ޕާސަނަލް ޕްރޮޓެކްޝަން އިކުއިޕްމަންޓެވެ. މި ހަނގުރާމައިގައި ދުޝްމަނުންގެ ހަރަކާތްތައް، ދެނެގަންނަ ބަޔަކީ،ނުވަތަ ސްޕައި ރާޑަރަކީ، މެޑިކަލްއި ޢިބާރާތަކުންނަމަ، ރޭޑިއޮލޮޖިސްޓުންނެވެ. ލެބް ޓެކްނީޝަނުންނެވެ. ސަބަބަކީ، މި ވައިރަހުގެ ޙަމަލާގައި އިންސާނާގެ ލަންގު ހަލާކުވެފައިވާ މަންޒަރު، ތަޙުލީލުތަކުން ދެނެގަންނަ ބަޔަކީ، ރޭޑިއޮލޮޖިސްޓުންނަށް ވީތީއެވެ. ބަލިމީހާ ނިއުމޯނިއާއަށް ހުށަހެޅިފައިވާ މިންވަރު ޑޮކްޓަރުންނަށް ބުނެދޭ ބަޔަކީވެސް އެއީއެވެ. އެކްސްރޭއާއި ސްކޭނާއި، ލެބްޓެސްޓުތަކުން، ކާމިޔާބު ކަމާއެކު، " ކޯވިޑް19 ހަނގުރާމަ" ކުރިއަށް ގެންދެވެނީ، މިދެންނެވި ސިއްރު މަޢުލޫމާތު، ޑޮކްޓަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތެރިންގެ މަސައްކަތުންނެވެ.

ކޮރޯނާ ކިންގްޑަމާ ދެކޮޅަށް ކުރެވޭ، މި ހަނގުރާމައިގައި، މަރާ ކުރިމަތިލައިފައިވާ ބަލިމީހުން، ޙަވާލު ކުރެވެނީ ނަރުހުންނާއެވެ. އެމީހުންގެ އެހީތެރިންނާއެވެ. ބަލިމީހުންގެ ޙާލަތު ގޯސްވިޔަ ނުދީ، ރަނގަޅަށް މޮނިޓަރ ކޮށް، ބަލަހައްޓަން ޙަވާލު ކުރެވޭ ބަޔަކީ އެއީއެވެ. އެހެން ކަމުން، މިއީ އެތައް އަތްތަކެއްގެ ގުރުބާނީން، އޭގެ ޙަގީގީ މަންޒަރު ކުރަހައިދޭ، ހަނގުރާމައެކެވެ.

ކޯވިޑު19ގެ މި ކުއްލި ޙާލަތުގައި، އިޢުލާނު ވެފައި އޮތް، މިދެންނެވި ހަނގުރާމައިގައި، ގައުމުތަކުގެ ސިފައިންނާއި، ފުލުހުންވެސް، އެބަ ބައިވެރިވެއެވެ. އެހެން ނަމަވެސް، މި ހަނގުރާމައިގައި ސިފައިންވެސް އެތިބީ، ކުރީސަފުގައި ތިބެގެން، ހަނގުރާމަކުރާ ޑޮކްޓަރުންނާއި، ސިއްޙީ ޚިދުމަތްތެރިންގެ ފަހަތުގައެވެ.

ޙަގީގީ މަންޒަރު މި ދެންނެވީއެވެ. މި ހަނގުރާމައިގައި، މިލިޓަރީ އެ ތިބީ، ޑޮކްޓަރުންގެ މަދަދުގާރުންގެ ގޮތުގައެވެ. ލޮޖިސްޓިކް ސަޕޯޓުދޭ ބައެއްގެ ގޮތުގައެވެ. ސިއްޙީ ޚިދުމަތްތެރިންގެ އަމުރު ތަންފީޒުކުރާ މީހުންގެ ސަފުގައެވެ. ހަތިޔާރާއެކު، ކުރީސަފުގައި އެތިބީ، ޑޮކްޓަރުންނާއި ސިއްޙީ ޚިދުމަތްތެރިންނެވެ. ހަނގުރާމަކުރަނީ އެމީހުންނެވެ. މި ހަނގުރާމައިގައި އުފުލޭ " ކެޝުއަލިޓީސް"، ނެރެނީވެސް ކުރީ ސަފުންނެވެ. ކެޝުއަލިޓީސްއަކީ، ޑޮކްޓަރުންނެވެ. ސިއްޙީ ޚިދުމަތްތެރިންނެވެ. ނަރުހުންނެވެ. އެމީހުންގެ އެހީތެރިންނެވެ!

މި ޙަގީގަތަށް ހެކިލިބެނީ، ދާދި މިދާކަށް ދުވަހު، ޗައިނާގެ "ވޫހާންސިޓީ"ގައި، ކުރި، ކޮވިޑް19ގެ ހަނގުރާމަ ނިންމައި، އޭގެ ކާމިޔާބީއަށްފަހު، އެ ސިޓީން ޑޮކްޓަރުންނާއި، ނަރުހުންނާއި، ސިއްޙީ ޚިދުމަތްތެރިން، ވޫހާންސިޓީ ދޫކޮށް، ނިކުތް ހިނދުގަވެ. ޗައިނާ ސިފައިންގެ ދިގު ސަފު، ސެލިއުޓުގައި ތިބީ، މިދެންނެވި، ސިއްޙީ ޚިދުމަތްތެރިންގެ ޝަރަފުގައެވެ. ސެލިއުޓު އެރުވީ، ކުރީސަފުގައި ހަނގުރާމަކުރި ސިއްޙީ ޚިދުމަތްތެރިންނަށެވެ.

ދިވެހިރާއްޖޭގެ މާޒީންއަށް ފުންކޮށް ލޯ ދީ ބަލައިލިމުންވެސް، ފެންނާން އޮތީ، ރާއްޖެ ކުރިމަތިލީ މިފަދަ ކޮންމެ ހަނގުރާމައެއްގައި، ސިއްޙީ ޚިދުމަތްތެރިން ވެފައިވި، މަތިވެރި ގުރުބާނީއެވެ. އަލްމަރުޙޫމް ނައިފަރު ދޮންކަލޭފާނާއި، އަލްމަރުޙޫމް ފާމުލަދޭރި ކިލެގެފާނާއި، އަލްމަރުޙޫމް ޑޮކްޓަރ އެންޑީ ޢަބްދުﷲ އާއި، އަލްމަރުޙޫމް ޑރ. މާވާގޭ މުޙަންމަދު މަނިކުފަދަ، އެތައް، ޚިދުމަތްތެރިންގެ ސަފެވެ.

ނަރުހުންނަށް ބަލައިލިނަމަ، ފެންނާން އޮތީ، މުއުމިނާ ޙަލީމާއި، ނަސީމާ މުޙައްމަދު ކަލޭފާނުފަދަ، އެތައް ނަރުހުންނަކާއި، ފޫޅުމައިގެ ސަފެވެ. ހެލްތް އެސިސްޓުންނާއި ޖަމާޢަތުގެ ސިއްޙީ އެހީތެރިންނާއި ޢާއިލާގެ ސިއްޙީ އެހީތެރިންގެ ޚިދުމަތުގެ ސަފެވެ. މިދެންނެވި ސަފުތައް، އިއްޔެ ރުކުރުވާލީ، ރާއްޖެ އިންފުލުއެންޒާ ރޯގާގެ ހަނގުރާމައާއި ކުރިމަތިލީ ހިނދެވެ. ދިވެހިން ކޮލެރާގެ ހަނގުރާމައާއި އެތައް ފަހަރަކު ކުރިމަތިލީ ޙާލަތުގައެވެ. ރާއްޖޭގައި ޝިގެއްލާގެ ހަނގުރާމަ، އިޢުލާނުވެގެން ދިޔަ ހިނދުގައެވެ.

މިއަދަކީ، 21 ވަނަ ގަރުނުގައި ދުނިޔެ ކުރިމަތިލީ، އެންމެ ނުރައްކާތެރި ސިއްޙީ ހަނގުރާމައިގެ ވަގުތެވެ. މިއަދުވެސް، މި ހަނގުރާމައިގެ ކުރީސަފުގައި، ރާއްޖޭގައި ތިއްބެވީ، ރާއްޖޭގައި މިހިނދަށް ތިއްބެވި 900އަށްވުރެ ގިނަ ޑޮކްޓަރުންނެވެ. 2900އަށްވުރެން ގިނަ، ނަރުހުންނެވެ. ރާއްޖޭގައި ތިއްބެވި ރޭޑިއޮލޮޖިސްޓުންނާއި، ލެބް ޓެކްނީޝަނުންނެވެ. ސިއްޙީ ދާއިރާގައި ކުރިން ޚިދުމަތް ކުރެއްވި މިއަދުގެ ވޮލަންޓިއަރުންނެވެ. ކުރުކޮށް ދަންނަވާނަމަ، ރާއްޖޭގެ މުޅި މެޑިކަލް ފޯހެވެ.

ޚުދު، އަމިއްލަ ނަފްސުގެ ސަލާމަތް، ކަށަވަރުނުވާ ޙާލުގައި، މިއަދުވެސް ރާއްޖޭގެ ސިއްޙީ ޚިދުމަތްތެރިން، ބަރޯސާ އެވަނީ، ދިވެހި ރައްޔުންގެ ރައްކާތެރިކަމަށެވެ. ދިވެހީންގެ ގިނަ ބަޔަކު، މި ހަނގުރާމައިގައި ފުރާނަދިޔަ ނުދޭތޯ ބެލުމުގައެވެ.

މިހާތަނަށް ކޮރޯނާ ވައިރަހުގައި އެނދުމަތިވި، ކްރިޓިކަލްކެއާގެ ކޮންމެ ބަލިމީހަކު، ރަނގަޅުކޮށް، އޮކްސިޖަން ހޮޅި ނައްޓައިލަ ދިނީ، މިދެންނެވި، ސިއްޙީ ޚިދުމަތްތެރިންނެވެ. މިއީ، އެމީހުންގެ ދަރިންނާއި ޢާއިލާއާއި، އަމިއްލަ ފުރާނައަށް ބެލުމެއްނެތި، ކުރިމަތިލީ ހަނގުރާމަ އެކެވެ. ހޯދި ކާމިޔާބީ ތަކެކެވެ.

އެހެންކަމުން ޑޮކްޓަރުންގެ ދުވަސް ފާހަގަ ކުރެވޭ ހިނދު، ދުނިޔެއެކޭ އެއްފަދައިން، ދިވެހި ރައްޔިތުންވެސް، ޑޮކްޓަރުންނާއި ސިއްޙީ ޚިދުމަތްތެރިންގެ ޚިދުމަތަށް، ކުރުނީހަށް މި ގަނާ ސެލިއުޓުގެ އަތް ތިރިކޮށްލެވޭކަށް ނެތެވެ. އޮތީ، ޝުކުރުވެރިކަމާއެކު، އެމީހުންގެ އިރުޝާދުގައި ހިފެހެއްޓުމެވެ. އެ ނަސޭހަތުގައި ސާބިތުވެ ތިބުމެވެ! މިއަދު، އެމީހުންގެ ބަސް ނާހައިފިނަމަ، މާދަމާ ދާން އޮތީ، ފަހެ، ކޮން ބައެއްގެ ގާތަށް ހެއްޔެވެ؟

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެއިން ގަތަރާ ގުޅުން ކަނޑާލުން: ދަލު ބޭރުން ޖެހިގެން ދިވެހިރައްޔިތުންނަށް ގެއްލުން!

ރާއްޖެއިން ގަތަރާ ގުޅުން ކަނޑާލުން: ދަލު ބޭރުން ޖެހިގެން ދިވެހިރައްޔިތުންނަށް ގެއްލުން!

05 ޖޫން 2017
ދިވެހި ކުއްޖަކު އުފަންވި އިރު ހިތް ހަށިގަނޑުން ބޭރުގައި، މަރާ ހަނގުރާމަ ކުރަނީ!

ދިވެހި ކުއްޖަކު އުފަންވި އިރު ހިތް ހަށިގަނޑުން ބޭރުގައި، މަރާ ހަނގުރާމަ ކުރަނީ!

19 މެއި 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

01 އެޕްރީލު 2017
ދިވެހި ދައުލަތުގެ ސިޔާދަތު ބިދޭސީންގެ މުށުތެރެއަށް!

ދިވެހި ދައުލަތުގެ ސިޔާދަތު ބިދޭސީންގެ މުށުތެރެއަށް!

19 މާރިޗު 2017
ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

12 މާރިޗު 2017

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު