Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ފީފާ ވާރލްޑް ކަޕް 2018

ޖަރުމަނުވިލާތް ގުރޫޕް މަރުހަލާއިން ކަޓަންޖެހޭ ސަބަބެއް ނުވިސްނޭ!

ޖަރުމަނުން ވަނީ ހަތަރު ފަހަރު މި މުބާރާތް އުފުލާލާފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 27 ޖޫން 2018 | ބުދަ 17:28
2014 ވަނަ އަހަރުގެ ވާރލްޑް ކަޕްގެ ތަށި ޖަރުމަނުން އުފުލާލަނީ - ޖަރުމަނަކީ ފުޓްބޯޅައިގައި ވަރަށް މުއްސަދި ތާރީހެއް އޮތް ގައުމެއް

2014 ވަނަ އަހަރުގެ ވާރލްޑް ކަޕްގެ ތަށި ޖަރުމަނުން އުފުލާލަނީ - ޖަރުމަނަކީ ފުޓްބޯޅައިގައި ވަރަށް މުއްސަދި ތާރީހެއް އޮތް ގައުމެއް

ޖަރުމަނުވިލާތަކީ ފުޓްބޯޅައިގެ ދުނިޔޭގައި އެންމެ ކާމިޔާބު ޤައުމުތަކުގެ ތެރޭގައި ހިމެނޭ، "ފީފާ" ދުނިޔޭގެ ތަށީގެ ފުޓްބޯޅަ މުބާރާތްތަކުގައި އެއް ފެންވަރެއްގައި ހިފަހައްޓާ ޓީމެކެވެ. މިހާތަނަށް ބޭއްވި ދުނިޔޭގެ ތަށީގެ 20 މުބާރާތުގެ ތެރެއިން ޖަރުމަނުވިލާތުން ކުޅެފައިވާ 18 މުބާރާތުގެ ސެމީފައިނަލާއި ހަމައަށް 12 ފަހަރަކު ދަތުރުކޮށް، 8 މުބާރާތެއްގެ ފައިނަލްކުޅެ، 4 މުބާރާތެއްގެ ތަށިހޯދާ، 4 މުބާރާތެއްގެ 2 ވަނަ ލިބި އަދި 4 މުބާރާތެއްގައި 3 ވަނަ މަޤާމު ހޯދާފައިވާ ޤައުމެކެވެ. ދުނިޔޭގެ ފުޓްބޯޅަ ޓީމުތަކުގެ ގަދަފަދަ ކަމުގެ މިންވަރުން މިޓީމު %67 ގައި ހުރުމަކީ ފުޓްބޯޅައިގެ އެހެންއެއްވެސް ޤައުމަކަށް ކައިރިކުރެވޭ ތަފާސްހިސާބެއް ނޫނެވެ. މީގެ އިތުރަށް މިޤައުމުން މިމުބާރާތުގެ ފުރަތަމަ ބުރުން ބޭރުވެފައިވަނީ ހަމައެކަނި 1938ވަނަ އަހަރުގެ މުބާރާތުގައެވެ. އެހެން ހުރިހާ ފަހަރަކު ކުއަޓަރ ފައިނަލްއަށްވުރެ ދަށުން ފެއިލްވެފައެއް ނެތެވެ. ޖަރުމަނަކީ، މިހާތަނަށް ދުނިޔޭގެ ތަށީގެ މުބާރާތްތަކަށް ކޮލިފައިވުމުގައި ނާކާމިޔާބުވެފައި ނެތް ބަޔެކެވެ. އެޤައުމަށް ބައިވެރިނުވެ ދޫވެފައިވަނީ 1930 ވަނަ އަހަރުބޭއްވި ފުރަތަމަ މުބާރާތާއި 1950 ވަނަ އަހަރުގެ މުބާރާތެވެ. މިގޮތުން ފުރަތަމަ މުބާރާތް ބާއްވާފައިވަނީ ހުޅަނގު ބައްރުގެ އައްސޭރިން ފެށިގެން އެތައްހާސްމޭލަކަށް ދެމިފައިވާ މާސިންގާ ކަނޑެއްގެ އަނެއްފަރާތުގައި އޮންނަ ދެކުނު އެމެރިކާގައި ކަމުން، އެއް އައްސޭރިން އަނެއް އައްސޭރިއަށް ދިޔުމަށް 3 ހަފްތާގެ ކަނޑުދަތުރެއް ކުރަންޖެހުމާއި، އެދުވަސްވަރު ހުޅަނގުގެ ގިނަޤައުމުތަކުން ތަޙައްމަލުކުރަމުންދިޔަ "ބޮޑުތަދު" (ދަ ގްރޭޓް ޑްޕްރެޝަން) ގެ ސަބަބުން މި މުބާރާތަށް ދަތުރުކުރުމަށް ހާލަތު ތަންދިން ހުޅަނގުގެ 4 ޤައުމުގެ ތެރޭގައި ގަދަފަދަ އިނގިރޭސިނާއި ފަރަންސޭސިން އަދި އިޓަލީވިލާތުގެ އިތުރަށް ޖަރުމަނުވިލާތްވެސް ހިމެނިފައެއް ނުވެއެވެ. އަދި 2 ވަނަ ބޮޑު ހަނގުރާމައިގެ ފަހުން 1950 ވަނަ އަހަރު ބޭއްވި ދުނިޔޭގެ ތަށީގެ މުބާރާތުގައި ޖަރުމަނުވިލާތަށް ފުރުސަތު ނުލިބުނީ އެ ހަނގުރާމައިގާ ޖަރުމަނުން ހިންގި ޢަމަލުތަކަށް ބައިނަލްއަޤުވާމީ ދުނިޔެއިން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ފުރުސަތު ނުލިބިގެންނެވެ.

ފުޓްބޯޅައިގެ ދުނިޔޭގައި ޒަމާނުއްސުރެ އޮންނަ އެމެރިކާ ބައްރާއި ހުޅަނގުގެ ވާދަވެރިކަމުގެ ތެރެއިން، ހުޅަނގުގައި ކުޅެ ބްރެޒިލް އާއި އާޖެންޓީނާއިން ތަށިހޯދާފައިވާއިރު، 2014 ވަނަ އަހަރުގެ މުބާރާތުގައި ބްރެޒިލްގައި ކުޅެ ސެމީފައިނަލްގައި އެޤައުމުގެ ކޮޅަށް ބައި ޑަޒަން ގޯލްޖަހާ، ފައިނަލްގައި އެ ބައްރުގެ ގަދަފަދަ އާޖެންޓީނާ ބަލިކުރުމަށްފަހު، ހުޅަނގުގެ ޤައުމަކުން އެމެރިކާގައި ކުޅެ ތަށިނުލިބި އޮތް ލަދުވެތިކަމަށް ނިމުން ގެނެސްދިނުމުގެ ފަޙުރުހޯދީވެސް ޖަރުމަނެވެ.

މި ޤައުމުގެ ފުރިހަމަ ފުޓްބޯޅަ ތާރީޙާއި ކުޅުމުގެ ވައްޓަފާޅިއަށް ބަލާއިރު، 2018 ވަނަ އަހަރުގެ ދުނިޔޭގެ ތަށީގެ ފުޓްބޯޅަ މުބާރާތުގެ ފުރުތަމަ ބުރުން ބޭރުވާނޭކަމަށް ބެލުމަކީ، މި ޤައުމުގެ ހައިބަތަށް އެކަށީގެންވާ ވިސްނުމެއްނޫނެވެ. މި މުބާރާތުގެ ފުރަތަމަ ބުރުގައި 17 ޖޫން ދުވަހު މެކްސިކޯ އަތުން 1 ލަނޑު 0 ލަނޑުން ބަލިވި ބަލިވުމަކީ (ޖަރުމަނުވިލާތުން ފައިނަލްގައި ވާދަކުރި) 1982 ވަނަ އަހަރުގެ މުބާރާތުގެ ފުރަތަމަ ބުރުން އަލްޖީރިޔާ އަތުން ބަލިވި ފަހުން ފުރަތަމަ ބުރުގެ ފުރަތަމަ މެޗަކުން ބަލިވިފަހަރެވެ. އަދި އަނިޔާވެފައިވާ ސިންގާއެއްގެ ޒަޙަމްތައް ފަސޭހަވެ ގަދަފަދަކަމަށް އައިފަދައިން، 23 ޖޫން ދުވަހު އެންމެ ފަހު މިނެޓްގައި ސްވިޑްންގެ މައްޗަށް ހޯދި ކާމިޔާބީއަކީ މި މުބާރާތުގެ 2 ވަނަ ބުރަށް މިޓީމު ދަތުރުކުރުމަށް ލިބުނު ބޮޑުހިތްވަރެކެވެ. ޖަރުމަނުވިލާތް ހިމެނޭ ގްރޫޕް "އެފް" ގެ ޓީމުތަކަށް ޕޮއިންޓް ލިބިފައިވާ މިންވަރަށް ބަލާއިރު، މިހާތަނަށް ކުޅުނު 2 މެޗުން މޮޅުވެ 6 ޕޮއިންޓާއި އެކު 2+ ގޯލް ތަފާތުން އެންމެ ކުރީގައި އޮތީ މެކްސިކޯ އެވެ. އަދި 3 ޕޮއިންޓާއި 0 ގޯލް ތަފާތުން 2 ވަނައިގާ ޖަރުމަނު އޮތްއިރު، ސްވިޑްން އޮތީ ވެސް 3 ޕޮއިންޓާއި 0 ގޯލް ތަފާތުގައެވެ. މެޗަކުން މޮޅުނުވާތީ މުބާރާތުގެ 2 ވަނަ ބުރަށް ނުހޮވޭކަމަށް ބެލެވޭ ސައުތު ކޮރެޔާއޮތީ 0 ޕޮއިންޓާއިއެކު އެންމެ ފުލުގައެވެ. މިރޭގެ، މެޗްގައި މެކްސިކޯ އާއި ސްވިޑްން ބައްދަލުކުރާ އިރު މި ދެޓީމަށްވެސް އެއްބަޔަކު އަނެއް ބަޔަކަށް ދޫކުރުމުގެ ފުރުސަތެއް ނެތެވެ. މެކްސިކޯ މޮޅުވެއްޖެ ނަމަ، ޖަރުމަނުވިލާތުން މެޗް އެއްވަރުވިޔަސް ސްވިޑްން ކަޓާނެއެވެ. އަދި ސްވިޑްން 2 ގޯލްގެ ފަރަގަކުން މޮޅުވެއްޖެ ނަމަ އެޓީމަށްވެސް ކުރިއަށް ދެވެއެވެ. ސްވިޑްން އާއި މެކްސިކޯއަށް 2 ވަނަ ބުރަށް ދިޔުމުގެ ބާރުއޮތް ފަދައިން، މުބާރާތުގައި ކުރިއަށްދިޔުމުގެ އަމިއްލަބާރު ޖަރުމަނުވިލާތަށްވެސް ލިބިފައިވެއެވެ. މިރޭގެ މެޗަކީ ޖަރުމަނާއި ދެކުނުކޮރެޔާ ދުނިޔޭގެ ތަށީގައި ބައްދަލުކުރާ 3ވަނަ ފަހަރެވެ. ވޭތުވެދިޔަ 2 ފަހަރުވެސް ޖަރުމަނުވިލާތުން ކޮރެޔާގެ މައްޗަށް ކާމިޔާބުކުރިއެވެ. އަދި ދެ ޓީމުގެ ފެންވަރާއި ވޭތުވެދިޔަ ތަނުގައި ދައްކާފައިވާ ކުޅުމަށް ބަލާއިރު ޖަރުމަނުވިލާތުން ކާމިޔާބުކުރާނޭކަމަށް ބެލެވެއެވެ.

މިރޭގެ، މެޗްގެ ނަތީޖާ ނުކުންނަ ގޮތަކުން ސްވިޑްން އާއި މެކްސިކޯ އަދި ޖަރުމަނުވިލާތަށް ޕޮއިންޓްގެ ގޮތުން އެއްވަރުވުމުގެ ފުރުސަތު އޮތުމުން މިއަހަރުގެ މުބާރާތުގައި ޓީމުތައް ގްރޫޕް މަރުޚަލާއިން ކޮލިފައި ވުމަށް "2018 ފީފާވޯލްޑްކަޕް ޤަވާއިދު" ގެ 32 ވަނަ މާއްދާގައި ހިމެނިގެން ބަލާނޭ މިންގަނޑުތަކުގެ މަރުޙަލާތައް ތަރުތީބުން ފާހަގަކޮށްލާނަމެވެ.

މަރުޙަލާ 1

  1. ގުރޫޕް މެޗްތަކުން އެންމެ ގިނަ ޕޮއިންޓް ހޯދުން
  2. ގުރޫޕް މެޗްތަކުގައި ޖެހިގޯލާއި ބައިކޮޅަށް ވަންގޯލްގެ ތަފާތު
  3. ގުރޫޕް މެޗްތަކުގައި ޖެހިގޯލްގެ އަދަދު

ގްރޫޕްގެ 1 ޓީމަށްވުރެ ގިނަޓީމު މަތީގައި ބަޔާންކޮށްފައިވާ 3 ގޮތުންވެސް ހަމަހަމަ ވާނަމަ؛

މަރުޙަލާ 2

  1. މަރުޙަލާ 1 ގައި އެއްވަރުވެފައިވާ ޓީމުތަކުގެ މެދުގައި ކުޅުނު މެޗުން އެންމެ ގިނަ ޕޮއިންޓް ހޯދި ޓީމު
  2. މަރުޙަލާ 1 ގައި އެއްވަރުވެފައިވާ ޓީމުތަކުގެ މެދުގައި ކުޅުނު މެޗުން ޖެހިގޯލާއި ބައިކޮޅަށް ވަންގޯލްގެ ތަފާތު
  3. ގްރޫޕްގައި ކުޅުނު މެޗްތަކުގައި ޓީމުގެ ކުޅުންތެރިންނަށް ދެއްކި ރީނދޫ ކާޑާއި ރަތް ކާޑުގެ ނިސްބަތުން "ފެޔަރ ޕްލޭ" ޕޮއިންޓް ކެނޑުން.
  4. އެއްވަރުވާ ޓީމުތައް "ފީފާ" ގެ އޮފިސަލުންގެ ފަރާތުން ގުރުއަތުލުން

ކޮމެންޓް

އިތުރަށް ކިޔާލަން

މައްސަރު ކަންތަކޭ ބުނުމުން އިޖުތިމާއީ ފޭރާން ވީދެންޖެހޭ ސަބަބެއް ނޭނގޭ

މައްސަރު ކަންތަކޭ ބުނުމުން އިޖުތިމާއީ ފޭރާން ވީދެންޖެހޭ ސަބަބެއް ނޭނގޭ

21 ސެޕްޓެމްބަރު 2022
ކުޅި ބަލަން ތިބި މީހުން ވެސް މިކަމަށް ޒިންމާ ނުވާންވީ ސަބަބެއް ނުވިސްނުނު!

ކުޅި ބަލަން ތިބި މީހުން ވެސް މިކަމަށް ޒިންމާ ނުވާންވީ ސަބަބެއް ނުވިސްނުނު!

23 އެޕްރީލު 2021
މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!

16 އެޕްރީލު 2021
އިންޑިޔާއާއި ރާއްޖޭގެ އަސްކަރީ ގުޅުމާމެދު ކަންބޮޑުވެ ފިކުރުކުރާންޖެހޭ ސަބަބެއް އެބައޮތްތަ؟

އިންޑިޔާއާއި ރާއްޖޭގެ އަސްކަރީ ގުޅުމާމެދު ކަންބޮޑުވެ ފިކުރުކުރާންޖެހޭ ސަބަބެއް އެބައޮތްތަ؟

20 ފެބުރުއަރީ 2021
ޑޮލަރުގެ އަގު ބޮޑުވާންވީ ކީއްވެ؟ ޑޮލަރުގެ ޑިމާންޑް އުފުލެންޖެހޭ އެއްވެސް ސަބަބެއް ނެތް!

ޑޮލަރުގެ އަގު ބޮޑުވާންވީ ކީއްވެ؟ ޑޮލަރުގެ ޑިމާންޑް އުފުލެންޖެހޭ އެއްވެސް ސަބަބެއް ނެތް!

16 ސެޕްޓެމްބަރު 2020

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު