Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޖަސްޓިން ޓްރޫޑޯ

ކެނެޑާގެ ބޮޑުވަޒީރަށް މުސްލިމުން ތާއީދުކުރާ ހަ ސަބަބެއް

ޓްރޫޑޯއަކީ ކެނެޑާގެ އިތުރުން ދުނިޔޭގައިވެސް މަގުބޫލު ބޭފުޅެއް

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 20 އޮކްޓޯބަރު 2017 | ހުކުރު 07:07
ޖަސްޓިން ޓްރޫޑޯ ގެންދަވަނީ އީދުފަދަ މުނާސަބާތައްވެސް މުސްލިމުންނާއެކު ފާހަގަ ކުރައްވަމުން

ޖަސްޓިން ޓްރޫޑޯ ގެންދަވަނީ އީދުފަދަ މުނާސަބާތައްވެސް މުސްލިމުންނާއެކު ފާހަގަ ކުރައްވަމުން | ހަފިންގްޓަން ޕޯސްޓް

ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯއަކީ ތަފާތުކުރުންތައް ނައްތާލައްވައި، އަމިއްލަފުޅުގެ ގައުމުގެ އިތުރުން ދުނިޔޭގެ ގިނަ ބައެއްގެ ލޯބި ލިބިވަޑައިގެން ވެރިކަން ކުރައްވަމުންގެންދަވާ ލީޑަރެކެވެ.

އީދު މުބާރިކް ލިޔެފައިވާ އިސްޓާކީނެއް ތުރުކުރެއްވުން

ހުޅަނގުގެ ގައުމުތަކުން ހައްގުތަކުގެ ގޮތުގައި ވަކާލާތު ކުރާ އެއްކަމަކީ އެއްޖިންސުން ކައިވެނި ކުރުމެވެ. މި އަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަސް ދިމާވެފައިވަނީ މުސްލިމުންގެ ފިތުރު އިދާއެވެ. އިއްތިފާގުން އެ ދުވަހު ކެނެޑާގައި އެއްޖިންސުން ކައިވެނި ކުރުމުގެ ހައްގަށް ގޮވާލާ ބޭއްވުނު އެއްވުމެއް އޮތެވެ. ކެނެޑާގެ ބޮޑުވަޒީރު އެ އެއްވުމުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ. މުސްލިމުންގެ އަގީދާގައި އެއްޖިންސުގެ ގުޅުން ހަރާމްވި ނަމަވެސް އަދި ޓްރޫޑޯ އެއްވުމުގައި ބައިވެރިވެ ވަޑައިގަތުމަށް މުސްލިމުން ތާއީދު ނުކުރި ނަމަވެސް އިސްލާމުންގެ ޚާއްސަ ދުވަސްތައް ހަނދުމަފުޅު ބަހައްޓަވައި ފާހަގަ ކުރެއްވުމުގައި ބައިވެރިވެ ވަޑައިގަތުމަކީ ޓްރޫޑޯއަށް މުސްލިމުންގެ ލޯބި ލިބިގެންދާކަމެކެވެ.

މުސްލިމުންނާމެދު ރައީސް ޓްރަމްޕް ރުޅިވެރިކަން ފަތުރާއިރު ޓްރޫޑޯ ހުންނެވީ މުސްލިމުންނާއެކު

މި އަހަރުގެ ކުރީކޮޅު ރައީސް ޓްރަމްޕް ވެރިކަމަށް ވަޑައިގެންނެވުމަށްފަހު މުސްލިމު އާބާދީ ބޮޑު ބައެއް ގައުމުތަކުގެ ރައްޔިތުން އެމެރިކާއަށް އެރުން މަނާކުރުމަށް ގަރާރެއްގައި ސޮއިކުރެއްވުމާއެކު ޓްރޫޑޯވަނީ އެމެރިކާއަށް ނާރުވާ ރެފިއުޖީންނަށް ކެނެޑާއިން މަރުހަބާ ކިޔާނެކަމަށް ވިދާޅުވެ ޓްރަމްޕްއަށް ރައްދު ދެއްވާފައެވެ.

އަދި އެމެރިކާއިން އެގޮތަށް ފޮނުވާލުމުގެ ސަބަބުން އުނދަގޫތައް ތަހައްމަލް ކުރަންޖެހޭ ފަރާތްތަކަށް ވަގުތީގޮތުން ކެނެޑާގައި ތިބެވޭނެ އިންތިޒާމް ޓްރޫޑޯގެ ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ.

މުސްލިމުންނަށް ތާއީދުކޮށް ހުޅަނގުގެ ވެރިޔަކު މަދުން ނޫނީ ނުދެއްވާފަދަ ތަގުރީރެއް ދެއްވުން

މުސްލިމުން އެމެރިކާއަށް އެރުން މަނާކުރުމަށް ރައީސް ޓްރަމްޕް ދެއްވި ތަގުރީރާއެކު ހަތުރުވެރިކަމުގެ ހަރަކާތްތައް ބައެއް ހިސާބުތކުގައި ފެށުނެވެ. ކެނެޑާގެ ކެބެކްގައި މުސްލިމުންގެ މިސްކިތަކަށް ވަނީ ހަމަލާދީފައެވެ. އެއާއެކު ޓްރޫޑޯވަނީ މުސްލިމުންނާއެކު ހުންނެވިކަން ކަށަވަރުކޮށްދެއްވައި ތަގުރީރެއް ދެއްވާފައެވެ.

ބޮޑުވަޒީރު ވިދާޅުވެފައިވަނީ މުސްލިމުންނާ ދެކޮޅަށް ދެވުނު ހަމަލާއަކީ ޓެރެރިސްޓް ހަމަލާއެއްކަމަށެވެ. އަދި އެކަމުގެ ހިތާމައިގައި މުސްލިމުންނާއެކު ވާކަމަށާއި މުސްލިމުން ދިފާއު ކުރައްވާނެ ކަމަށާއި، މުސްލިމުންދެކެ ލޯބިވާނެ ކަމަށް ޓްރޫޑޯވަނީ ވިދާޅުވެފައެވެ.

މުސްލިމުންނާއެކު އަޅުކަމުގައި ބައިވެރިވެ ވަޑައިގެތުން

ބޮޑުވަޒީރުކަމުގެ މަގާމަށް 2015 ވަނަ އަހަރު ވަޑައިގެންނެވުމުގެ ކުރިން 2013 ވަނަ އަހަރުގެ ތެރޭ ރަމްޟާން މަހެއްގައި މުސްލިމުންނާއެކު ނަމާދުގައި ބައިވެރިވެ ވަޑައިގަންނަވާ ވީޑިއޯއެއް ޢާއްމުވެގެން ގޮސްފައިވަނީ 2015 ވަނަ އަހަރުއެވެ .މުސްލިމުންގެ ސަލާމުން ސަލާމް ކުރެއްވުމަށްފަހު ޓްރޫޑޯވަނީ ކެނެޑާގެ އުސޫލަކީ އެއްމެންނަކީ "ހަމަހަމަ އެއް ބައެއް"ކަމަށް ވިދާޅުވެފައެވެ.

މުސްލިމުން ފާހަކުރާ ދުވަސްތައް ފާހަގަ ކުރައްވައި ހެޔޮ އެދުންތައް ފޮނުއްވުން

ރަމަޟާން މަހާއި އީދާއި މިފަދަ ދުވަސްތަކުގައި ޓްރޫޑޯ ދެއްވާ މެސެޖްތައް އެންމެ ބޮޑަށް ފާހަގަވެގެންދާނީ ރައީސް ޓްރަމްޕްގެ މެސެޖްތަކާ އަޅާކިޔާލުމުންނެވެ. މިދިޔަ ރަމަޟާން މަހުގެ ފެށުމާ ދިމާކޮށް ޓްރޫޑޯ ދެއްވި މެސެޖްގައި ކެނެޑާ ބިނާކުރުމުގައި މުސްލިމުންގެ ދައުރާ ރަމަޟާންމަހުގެ މުހިއްމުކަންފަދަ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލެއްވި އިރު ޓްރަމްޕް ދެއްވި މެސެޖުގެ ކޮންމެ ފޮޅުވަތެއްގައިހެންމެ އޮތީ "ޓެރެރިޒަމް" މި ލަފްޒެވެ.

ސްކޫލްތަކުގައި ނަމާދު ކުރެވުމަކީ ހައްގެއްކަމަށް ވަކާލާތުކުރެއްވުން

މުސްލިމް ދަރިވަރުން ސްކޫލްތަކުގައި ހުކުރު ދުވަހު ހުކުރުނަމާދު ކުރުމާ ދެކޮޅަޅު ކެމްޕެއިނެއް ފެށިގެން ދިއުމުން ޓްރޫޑޯވަނީ އެކަން ކުށްވެރިކުރައްވައި އެއީ މުސްލިމުންގެ ހައްގެއްކަމަށް ވިދާޅުވެ މުސްލިމުންނަށް ތާއީދުކުރައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރޮހިންޖާ މުސްލިމުން - ފިރުމާލާފަ ކަނާތުން ތި ޖެހީ މޫނުގަ ވާތުން

ރޮހިންޖާ މުސްލިމުން - ފިރުމާލާފަ ކަނާތުން ތި ޖެހީ މޫނުގަ ވާތުން

16 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުން – ރައްޔިތުންނަށް ނުވާ ރައްޔިތުންގެ އަސްލު

ރޮހިންޖާ މުސްލިމުން – ރައްޔިތުންނަށް ނުވާ ރައްޔިތުންގެ އަސްލު

14 ސެޕްޓެމްބަރު 2017
ސޫޗީގެ ރީތިނަން ރޮހިންޖާ މުސްލިމުންގެ ގެތަކާއިއެކު އަނދައި އަޅިއަށް

ސޫޗީގެ ރީތިނަން ރޮހިންޖާ މުސްލިމުންގެ ގެތަކާއިއެކު އަނދައި އަޅިއަށް

11 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުންގެ ދުލުން: އަހަރެމެން ކަތިލާއިރު އިސްލާމީ އުންމަތް ކޮބާ؟

ރޮހިންޖާ މުސްލިމުންގެ ދުލުން: އަހަރެމެން ކަތިލާއިރު އިސްލާމީ އުންމަތް ކޮބާ؟

10 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުންގެ އިންސާނީ ހައްގުތައް ކޮބާ؟

ރޮހިންޖާ މުސްލިމުންގެ އިންސާނީ ހައްގުތައް ކޮބާ؟

10 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު