Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސިޔާސީ ދުނިޔެ

ހިޔާނާތުގެ ލިސްޓުން ނަން ނަގައިދިނުމަށް އެދި އަދުރޭ އަދީބާއި ބައްދަލުކުރި

މި ސަރުކާރުން އޭނާ ޖަލަށްލުމަކީ ލިބޭނެ ފަހުރެއް ކަމަށް އަދުރޭ ބުނި

ނާފިއު ރަޝީދު
ނާފިއު ރަޝީދު, ރާއްޖެ އެމްވީ | 14 އޮކްޓޯބަރު 2020 | ބުދަ 20:42
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ

އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅޭ ގިނަ ބައެއްގެ ނަންތައް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހާމަކުރެއްވުމުން، އެ ލިސްޓުން ނަން ނަގައިދިނުމަށް އެދި ޕީއެންސީގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ، އަދީބާއި ބައްދަލުކުރިކަން ރާއްޖެޓީވީއަށް އެނގިއްޖެއެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް ޕީޕީއެމް ޕީއެންސީގެ ކައުންސިލް މެންބަރެއް ރާއްޖެޓީވީއަށް މައުލޫމާތު ދެމުން ބުނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ޝާމިލުވާ މީހުންގެ ތެރޭގައި އަބްދުއްރަހީމްގެ ނަން އޮތްކަން އެނގިގެން، އަދީބަށް ހުކުމް ކުރުމުގެ ކުރިން އޭނާ އަދީބަށް ގުޅައިގެން އެކަމާ ވާހަކަ ދައްކާފައިވާ ކަމަށެވެ. އަދި އެކަމުގެ ތެރެއިން އަބްދުއްރަހީމް އަދީބާއި ބައްދަލުކޮށްފައިވާ ކަމަށް ވެސް ކައުންސިލް މެންބަރު ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

އެ ކައުންސިލް މެމްބަރު އިތުރަށް ބުނީ މި ހިޔާނާތުގައި ހިމެނޭ ޕީޕީއެމްގެ ގިނަ އަދަދެއްގެ މީހުންގެ ނަންތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އަދީބުގެ ފަރާތުން ހުށަހަޅާފައިވާ ކަމަށެވެ. އަދި އަބްދުއްރަހީމް އަކީ އޭގެ ތެރޭގައި ހިމެނޭ އިސް މީހެއްގެ ގޮތުގައި އޭނާ ވަނީ ތުހުމަތު ކޮށްފައެވެ.

އަދީބާއި ބައްދަލުކޮށް ހިޔާނާތުގެ ލިސްޓުން ނަން ނެގުމުގެ ތުހުމަތު އަބްދުއްރަހީމްގެ މައްޗަށް ކުރެވުނު އިރު، ބުދަ ދުވަހު އޮތް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ބައްދަލުވުމުގައި އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ޝާމިލުވާ ކަމަށް ތުހުމަތު ކުރެވޭ 30 މީހެއްގެ މައްސަލަ، ހާއްސަ އިސްކަމެއް ދީގެން ބަލަމުން އަންނަ ކަން ހާމަކޮށްފައެވެ. އަދި އެ މައްސަލައިގެ ތުހުމަތު އެތައް ބައެއްގެ މައްޗަށް ކުރެވޭއިރު، ތަހުގީގުކޮށް، ދައުވާ ކުރުމަށް ވެސް ފޮނުވާނީ ވަކިވަކި މީހުންގެ މައްޗަށް ކަމަށް ޝިއުނާ ވަނީ ވިދާޅުވެފައެވެ.

ސަރުކާރަށާއި ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން އަންނަ އަބްދުއްރަހީމް ވަނީ އަންގާރަ ދުވަހު ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ޖަލްސާއެއްގައި ވަރަށް ބޮޑަށް ޖަޒުބާތުގައި ޖެހިވަޑައިގެން އަމިއްލައަށް ޖަލަށް ދާން ބޭނުންވެގެން އެކަން ކޮށްދިނުމަށް ވަރަށް އާދޭހާއެކު ދަންނަވާފައެވެ. އަދި މި ސަރުކާރުން އޭނާ ޖަލަށް ލުމަކީ ލިބޭނެ ފަހުރެއް ކަމަށް ވެސް ބުނެފައިވެއެވެ.

މި މޭރުމުން އަބްދުއްރަހީމް ވާހަކަ ދެއްކުމުން ސިޔާސީ ބައެއް ފަރާތްތަކުން އަންނަނީ އޭނާގެ ބައިވެރިވުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އޮތް ނަމަ އެކަން އަވަހަށް ތަހުގީގުކޮށް ހުކުމް ކުރުމަށް އެދި ގޮވާލަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
 "ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

"ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު