Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާޒިމާގެ ޝަރީއަތް

އާޒިމާ ބޭނުންވެލައްވަނީ އަލުން ފަށައިގެން އަޑުއެހުންތައް ކުރިއަށް ގެންދަން!

11 އޮކްޓޯބަރު 2020 | އާދީއްތަ 14:30

އާޒިމާ ވަނީ ރައީސް ޔާމީންގެ އެކައުންޓްތަކުގައި ހުރި ފައިސާއަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ނޫންކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާކަން ދޭހަވާގޮތަށް ވާހަކަ ދައްކަވާފަ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 11 އޮކްޓޯބަރު 2020 | އާދީއްތަ 14:30
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގެ ތެރެއިން މަންޒަރެއް

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގެ ތެރެއިން މަންޒަރެއް

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރ އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑާކުރުމާ ގުޅޭ ދެ ދައުވާގެ އިބްތިދާއީ އަޑުއެހުމުގައި، ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށް ގެންދަން ނިންމާފައިވަނިކޮށް، ތަކުރާރުކޮށް އަނެއްކާވެސް އިބްތިދާއީ އަޑުއެހުމުން ފެށިގެން ކުރިއަށް ގެންދިއުމަށް އާޒިމާގެ ފަރާތުން ކްރިމިނަލް ކޯޓުގައި އެދެފިއެވެ.

ކްރިިމިނަލް ކޯޓުގައި އާދިއްތަ ދުވަހު، 13:00 ތާވަލްކުރި އަޑުއެހުން ފެށުމާއެކު، އާޒިމާއާއި އޭނާގެ ގާނޫނީ ވަކީލުންގެ ޓީމުންވަނީ، ކުރިން މިމައްސަލަ ބެއްލެވި ގާޒީ އަހުމަދު ހައިލަމް މިމައްސަލަައިގެ ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށް ގެންދަން ނިންމާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެފަ އެވެ. އެހެންކަމުން އަލުން މިމައްސަލަ އިބްތިދާއީ އަޑުއެހުމުން ފެށިގެން ކުރިއަށް ގެންދިއުމަށް އެދިލައްވާ ކަމަށެވެ. އެގޮތަށް ބަޔާންކޮށް އާޒިމާގެ ފަރާތުން ވަނީ ކްރިމިނަލް ކޯޓަށް ސިޓީއެއްވެސް ފޮނުއްވާފަ އެވެ.

Advertisement - newsAdvertisement

ނަމަވެސް މިމައްސަލައަކީ، މީގެކުރިން އިބްތިދާއީ އަޑުއެހުންތަކެއް ބާއްވާފައިވާ، އަދި ގޮތްތަކެއް ނިންމާފައިވާ މައްސަލައެއް ކަމަށާއި އަދި މިހާރު މިމައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދުވެސް މިމައްސަލަ ކުރިން ނިންމާފައިވާ ހިސާބުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މައްސަލައެއް ކަމަށް ތަކުރާރުކޮށް ދައުލަތުގެ ގާނޫނީ ވަކީލު ވިދާޅުވި އެވެ.

ގާޒީވެސް ވިދާޅުވީ، މިމައްސަލަ ކުރިއަށްދާނީ ކުރިން ވެސް ނިންމާފައިވާ ގޮތަށް ކުރިން ބޭއްވި އަޑުއެހުމުގައި ކުރިއަށް ގެންދެވިފައިވާ ހިސާބުން ފެށިގެން ކަމަށެވެ. އެގޮތުން، އާޒިމާގެ ފަރާތުން ދިފާއުގައި ހުށަހަޅުއްވާ ނުކުތާތައް ކުރިން ބޭއްވި އަޑު އެހުމުގައި ހުށަހެޅި ނިމިފައިވާ ހިސާބުން ކުރިއަށް ގެންދެވުމަށް ގާޒީ އެދިލެއްވި އެވެ.

އާޒިމާގެ ފަރާތުން ކުރިން ޝަރީއަތަށް ހުށަހަޅާފައިވާ ކަންކަންމުގެ އިތުރަށް އިތުރު ވާހަކަތަކެއް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލް ކަމަށް މިދިއަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު، މުޅިން އެހެން ގޮތަކަށް މާނަ ކުރައްވައިގެން އާޒިމާ ވަނީ ސުޕްރީމް ކޯޓުގެ އެހުކުމާ ގުޅިގެންވެސް ވަރަށް ދިގުކޮށް ވާހަކަ ދައްކަވާފަ އެވެ.

އާޒިމާ ވަނީ ރައީސް ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކްގައި ހުޅުވާފައި 8 އެކައުންޓްގައި ހުރި ކަމަށް ބުނާ ފައިސާއަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ނޫންކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާކަން ދޭހަވާގޮތަށް ވާހަކަ ދައްކަވާފަ އެވެ.

އާޒިމާގެ އެވާހަކަތަކާއި ގުޅިގެން ދައުލަތުގެ ވަކީލު ތަކުރާރުކޮށް ވަނީ، ސުޕްރީމް ކޯޓުގެ އެ ނިންމުމުގައި ރައީސް ޔާމީންގެ އެކައުންޓްތަކުގައި ހުރި ފައިސާއަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ނޫން ނިންމާ ނިންމާފައި ނުވާކަމަށް ވިދާޅުވެ ރައްދު ދެއްވާފަ އެވެ. އަދި ސުޕްރީމް ކޯޓުގެ އެނިންމުގައި މައިގަނޑު ގޮތެއްގައި އޮތީ، އެކައުންޓް ފްރީޒް ކުރުމުގެ އަމުރެއް ނެރެން އެދޭއިރު އަމަލު ކުރަންޖެހޭ ގައިޑުލައިނެއް ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

އާޒިމާއާއި އޭނާގެ ގާނޫނީ ޓީމުން، ދިފާއުއަށް އެދި ހުށައެޅި ހުށަހެޅުންތަކާއި ގުޅިގެން ދައުލަތުގެ ގާނޫނީ ވަކީލު ރައްދު ދެއްވަމުން ގެންދަވަތީ، އެކަން ހުއްޓުވާ ދެއްވުމަށް އާޒިމާގެ ގާނޫނީ ވަކީލު އެދިލެއްވުމުން ގާޒީ ވަނީ ދައުލަތުގެ ވަކީލަށް ރައްދު ނުދެއްވޭނެ ކަމަށް ވިދާޅުވެފަ އެވެ.

މިކަމާ ގުޅިގެން ދައުލަތުގެ ވަކީލު ވިދާޅުވީ، ދިފާއުގައި ޝަރީއަތަށް ހުށަހަޅާފައިވާ ނުކުތާތަކަށް ވުރެ އިތުުރު ވާހަކަތައް ދިފާއީ ދެ ވަކީލުންނާއި އަދި ދައުވާ ރައްދުވާ އާޒިމާވެސް ދައްކަވަމުން ގެންދަވާނަމަ ދައުލަތަށް ވެސް ރައްދު ދިނުމުގެ ފުރުސަތު އޮންނަންޖެހޭނެ ކަމަށެވެ. އަދި ދެ ފަރާތުން ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް އެކަނި ރިޔާއަތްކޮށް މިމައްސަލައަށް ގޮތެއް ގާޒީ ނިންމަވާނަމަ މިއަޑު އެހުންތައް ބޭއްވުމުގެ ބޭނުމެއްވެސް ނެތް ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ. އަދި ގާޒީ ނިންމެ ނިންމެވުން، ލިޔުމުން ލިބެން ބޭނުންވާ ކަމަށާއި އެ ނިންމުން ހައިކޯޓުގައި އިސްތިނާފު ކުރަންވެސް ދައުލަތުން ބޭނުންވާ ކަމަށް ވަކީލު ވިދާޅުވި އެވެ.

ގާޒީ ވަނީ މިމަހުގެ 22 ވަނަ ދުވަހު މިމައްސަލައިގެ އަޑުއެހުމެއް ބޭއްވޭނެ ކަމަށް ވިދާޅުވެފަ އެވެ.

އާޒިމާ، މިމައްސަލަ ދިގު ދަންމަން މަސައްކަތް ކުރެއްވުން

މިމައްސަލަ ދިގު ދައްމާލަން އާޒިމާ މަސައްކަތް ކުރައްވާއިރު، ނިމިދިއަ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި، އާޒިމާ ޑޮކްޓަރަށް ދައްކަން ވަޑައިގަންނަވަން ޖެހުމުން އެއަޑުއެހުން ކުރިއަށް ގެންދެވިފައި ވަނީ އެންމެ 15 ވަރަކަށް މިނެޓަށެވެ. އޭގެ ކުރިން އަޑުއެހުމެއް ބޭއްވިފައިވަނީ މިއަހަރުގެ މާރޗް މަހުގެ 8 ވަނަ ދުވަހު އެވެ. އެއަޑުއެހުން ނިންމާލެއްވީ، މިހާރު އާޒިމާގެ ޤާނޫނީ ވަކީލެއް ނެތުމުން ޤާނޫނީ ވަކީލެއް ޢައްޔަނު ކުރުމުގެ ފުރުޞަތު މާރޗު މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ދެއްވާފައެވެ. އަދި އެ ދުވަހު މި މައްސަލައިގެ އަޑުއެހުމެއް ބޭއްވޭނެ ކަމަށް ވެސް ގާޒީ ހަސަން ސައީދު ވިދާޅުވެފައި ވެއެވެ. ނަމަވެސް ކޮވިޑް-19 ޕެންޑަމިކްއާ ގުޅިގެން އެ ދުވަހުގެ އަޑުއެހުން ބާއްވާފައެއް ނުވެއެވެ. މީގެކުރިން އާޒިމާގެ މި ދެ ދަޢުވާ ވެސް ކުރިއަށް ގެންގޮސްފައިވަނީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަޙްމަދު ހައިލަމެވެ. ހައިލަމްގެ ސުލޫކީ މައްސަލަތަކެއް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބަލައި، އޭނާ ގާޒީ ކަމުން ވަކިކުރަން ނިންމުމާ ގުޅިގެން ހައިލަމް ވަނީ އިސްތިއުފާ ދެއްވާފައެވެ.

އެހެންކަމުން، މަރޗު 8 ވަނަ ދުވަހުގެ އަޑުއެހުމުން ފެށިގެން އާޒިމާގެ މި ދެ ދަޢުވާ ކުރިއަށް ގެންދަވަނީ ކްރިމިނަލް ކޯޓުގެ ގާޒީ ޙަސަން ސަޢީދެވެ.

ދެން އޭގެ ކުރިން އަޑުއެހުމެއް ބާއްވާފައިވަނީ މިދިއަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހު އެވެ. އެ އަޑުއެހުމުގައި ކުރިއަށް ގެންގޮސްފައިވަނީ ޝަރީޢަތުގެ ކުރިން ހުށައަޅާ ހުށައެޅުންތައް ހުށައެޅުމެވެ. އެގޮތުން އާޒިމާގެ މައްޗަށް ކުރާ ދެ ދަޢުވާގައި ދަޢުލަތުން ހުށައެޅި ޝަފަޢީ ހެކިންގެ ގޮތުގައި، ކުރީގެ ރައީސް ޢަބްދުﷲ ޔާމީނާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް ހަސަން ލުތުފީ އާއި އެކޮމިޝަނުގެ ކުރީގެ ނައިބު ރައީސް މުއައްވިޒު ރަޝީދާއި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކުރީގެ ސީއީއޯ މުޙައްމަދު ޝަރީފު ހިމެނެއެވެ.

އެ އަޑުއެހުމުގައި އާޒިމާ ވަނީ އެ ހެކިން ބަލައި ނުގަތުމަށް އެދިވަޑައިގަންނަވާފައެވެ.

އެގޮތުން ރައީސް ޔާމީނުގެ ހެކިބަސް ނުނެގޭނެ ކަމަށް އާޒިމާ ފާހަގަ ކުރައްވާފައިވަނީ އެމަނިކުފާނަކީ މަނީ ލޯންޑަރިންގެ ދަޢުވާ ލިބޭ ފަރާތް ކަމަށާއި، އެ މައްސަލާގައި ދަޢުވާ ލިބޭ ފަރާތްކަމުން އެ މައްސަލައިގައި ހެކިބަސް ނުނެގޭނެ ކަމަށެވެ.

މުއައްވިޒު އާއި ލުޠުފީގެ ހެކިބަސް ނުނެގޭނެ ކަމަށް ދެކިވަޑައިގަންނަވާ ސަބަބު ކަމަށް އާޒިމާ ވިދާޅުވެފައިވަނީ ކުށުގެ ތުހުމަތު ކުރެވޭ ފައިސާތަކެއް ބޭންކަށް ޖަމާވިކަން އެނގިހުރެ އެކަން ހުއްޓުވާފައި ނުވާތީއެވެ. އެގޮތުން މުއައްވިޒު ވަނީ ލުޠުފީއާއެކު ޔާމީނާއި ސުވާލުކޮށްފައިކަމަށާއި އޭނާއަށް އެކައުންޓް ފްރީޒްކުރުމަށް ފުރުޞަތު ލިބި އެކަން ކޮށްފައި ނުވާތީ އޭނާގެ ހެކިބަސް ނެގިގެން ނުވާނެ ކަމަށް އާޒިމާ ވިދާޅުވިއެވެ.

ބީއެމްއެލްގެ ޝަރީފުގެ ހެކިބަސް ނުނެގޭނެ ކަމަށް އާޒިމާ ވިދާޅުވީ އޭނާއަކީ މަޖިލީހުގެ ކޮމިޓީއެއްގައި ދޮގު މަޢުލޫމާތު ދީފައިވާ ފަރާތެއްކަމަށާއި، ދޮގު ހެކިބަސް ދިނުމުން އެ މައްސަލަ ފުލުހުން ބަލަމުންދާތީ އެ ހެކިބަސް ނުނެގޭނެ ކަމަށެވެ.

ޖަވާބުގައި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުގެ ޤާނޫނީ ވަކީލު ވަނީ ސަބަބުތަކާއެކު، ހެކިންގެ ހެކިބަސް ނުނެގެންވީ ސަބަބެއް ނެތް ނެތްކަން ފާހަގަކުރައްވާފައެވެ. މިއަޑުއެހުން ކުރިއަށް ގެންދިޔައީ އޭރު މި މައްސަލަ ބެއްލި ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ އަހުމަދު ހައިލަމް އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

24 މާރިޗު 2017

އަލުން މިސްޓޭކެއް ނަހަދާނަން، އެކޮޅުކޮޅުން އެލުވި ނަމަވެސް މި ސަރުކާރަށް އާނއެކޭ ނުބުނާނަން: ޤާސިމް

24 މާރިޗު 2017
އަލުން މިސްޓޭކެއް ނަހަދާނަން، އެކޮޅުކޮޅުން އެލުވި ނަމަވެސް މި ސަރުކާރަށް އާނއެކޭ ނުބުނާނަން: ޤާސިމް
23 މާރިޗު 2017

ސްކޫލުތަކުގެ ކިޔެވުން ފެށޭތީ، ފްލޫ ކްލިނިކް އަލުން އައިޖީއެމްއެޗަށް ބަދަލު ކުރަނީ

23 މާރިޗު 2017
 ސްކޫލުތަކުގެ ކިޔެވުން ފެށޭތީ، ފްލޫ ކްލިނިކް އަލުން އައިޖީއެމްއެޗަށް ބަދަލު ކުރަނީ
21 މާރިޗު 2017

އިމްރާންގެ އިސްތިއުނާފު އަޑުއެހުންތައް ނިންމާލައިފި

21 މާރިޗު 2017
އިމްރާންގެ އިސްތިއުނާފު އަޑުއެހުންތައް ނިންމާލައިފި
13 މާރިޗު 2017

އިންސާނީ ޙައްޤުތައް ޤާއިމްކޮށް، ކޮމަންވެލްތާއި އަލުން ގުޅެންޖެހޭ: ރައީސް ނަޝީދު

13 މާރިޗު 2017
އިންސާނީ ޙައްޤުތައް ޤާއިމްކޮށް، ކޮމަންވެލްތާއި އަލުން ގުޅެންޖެހޭ: ރައީސް ނަޝީދު
21 ފެބުރުއަރީ 2017

އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު

21 ފެބުރުއަރީ 2017
އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު
21 ފެބުރުއަރީ 2017

ގައުމަށް އަލުން އެނބުރިވަޑައިގަންނަވާނޭ ކަމަށް އަނެއްކާވެސް ރައީސް ނަޝީދު ވިދާޅުވެއްޖެ

21 ފެބުރުއަރީ 2017
ގައުމަށް އަލުން އެނބުރިވަޑައިގަންނަވާނޭ ކަމަށް އަނެއްކާވެސް ރައީސް ނަޝީދު ވިދާޅުވެއްޖެ
19 ފެބުރުއަރީ 2017

165 މިލިއަން ރުފިޔާ ހޯދަން އެސްއޯއެފްގެ މައްޗަށް ކުރާ ދައުވާގެ ޝަރީޢަތް އަލުން ފަށަނީ

19 ފެބުރުއަރީ 2017
165 މިލިއަން ރުފިޔާ ހޯދަން އެސްއޯއެފްގެ މައްޗަށް ކުރާ ދައުވާގެ ޝަރީޢަތް އަލުން ފަށަނީ
16 ފެބުރުއަރީ 2017

"ހަމަ ކެނޑީ އަލުން ވަނީ" ގެ ނަމުގައި ހަރަކާތެއް ފަށަނީ

16 ފެބުރުއަރީ 2017
"ހަމަ ކެނޑީ އަލުން ވަނީ" ގެ ނަމުގައި ހަރަކާތެއް ފަށަނީ
08 ފެބުރުއަރީ 2017

އެސްއޯއެފުން 165 މިލިޔަން ރުފިޔާ ހޯދަން ކުރާ ދައުވާގެ މައްސަލަ އަލުން ކޯޓަށް ވައްދައިފި

08 ފެބުރުއަރީ 2017
އެސްއޯއެފުން 165 މިލިޔަން ރުފިޔާ ހޯދަން ކުރާ ދައުވާގެ މައްސަލަ އަލުން ކޯޓަށް ވައްދައިފި
27 ޖެނުއަރީ 2017

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

27 ޖެނުއަރީ 2017
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް