Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކޮމަންވެލްތު

އިންސާނީ ޙައްޤުތައް ޤާއިމްކޮށް، ކޮމަންވެލްތާއި އަލުން ގުޅެންޖެހޭ: ރައީސް ނަޝީދު

އިންސާނީ ޙައްޤުތަކުގެ މިންގަނޑަށް ތަބާވާން ޖެހޭ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 13 މާރިޗު 2017 | ހޯމަ 18:26
ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު

ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު

ކޮމަންވެލްތުން ކަނޑައަޅާފައިވާ އިންސާނީ ޙައްޤުތަކުގެ މިންގަނޑަށް ފެތި، ރާއްޖެއިން ކޮމަންވެލްތު ޖަމާޢަތާއި އަލުން ގުޅުމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

މިއަދު ފާހަގަކުރަމުންދާ ކޮމަންވެލްތު ދުވަހުގެ މުނާސަބަތުގައި، ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންސާނީ ޙައްޤުތަކާ ގުޅޭ ގޮތުން ކޮމަންވެލްތުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ރާއްޖެއިން ތަބާވެ، އެ މިންގަނޑުތަކާ އެއްވަރަށް ރާއްޖޭގައި އިންސާނީ ޙައްޤުތައް ކަށަވަރުކޮށްދޭން ޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

އަދި ހަމަ މި މިންގަނޑުތަކަށް ތަބާވުމާއެކު، ރާއްޖެއިން، ކޮމަންވެލްތާ އަލުން ގުޅުމަށް ވެސް ރައީސް ނަޝީދު ވަނީ ގޮވާލައްވާފައެވެ.

ކޮމަންވެލްތުގެ އިންސާނީ ޙައްޤުތަކުގެ މިންގަނޑުތަކަށް ތަބާވެ، އަލުން އެ ޖަމާޢަތާ ގުޅުމަށް ރައީސް ނަޝިދު ގޮވާލައްވާފައިވާއިރު، ނިމިގެން ދިޔަ އަހަރު ކޮމަންވެލްތުން ވަކިވުމަށް ދިވެހި ސަރުކާރުން ނިންމުމާއެކު، އެ ނިންމުން ބަދަލުކޮށް، ރާއްޖެއިން އަލުން އެ ޖަމާއަތާ ގުޅޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ކޮމަންވެލްތު ޖަމާޢަތުންވެސް ވަނީ ބުނެފައެވެ.

ކޮމަންވެލްތުން ވަކިވާން ނިންމިކަން ހާމަކޮށް، ނިމިގެން ދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހު ދިވެހި ސަރުކާރުން ބުނީ، އެ ޖަމަޢަތުން ވަކިވާން ނިންމި ނިންމުމަކީ އުނދަގޫ ނިންމުމެއް ކަމަށާއި، ނަމަވެސް އެއީ ނުވެ ނުދާނެ ކަމެއް ކަމަށެވެ. ކޮރަޕްޝަނާއި، އިންސާނީ ހައްޤުތަކަށް އިޚުތިރާމް ނުކުރާ މައްސަލައިގައި ކޮމަންވެލްތުން ރާއްޖެ ސަސްޕެންޑްކުރަން ތައްޔާރުވެފައި ވަނިކޮށް، އެ ޖަމާއަތުން ވަކިވިއިރު، އެ ނިންމުން ނިންމި ސަބަބެއް ކަމުގައި ދިވެހި ސަރުކާރުން ބުނެފައިވަނީ، ކޮމަންވެލްތުން ރާއްޖެއާއި މެދު ނާއިންސާފު ތަފާތުކުރުން ގެންގުޅުމާއި، ސަރުކާރުން ކުރާ ރަނގަޅު ކަންކަން އެ ޖަމާޢަތުން ބަލައި ނުގަތުމެވެ.

ރާއްޖެއަކީ ކޮމަންވެލްތުގެ ތާރީޚުގައިވެސް އެ ޖަމާޢަތުން ވަކިވި އޭޝިއާގެ ހަމައެކަނި ޤައުމެވެ.

ކޮމަންވެލްތުގެ އަހަރީ ދުވަހާއި ގުޅިގެން އާދިއްތަ ދުވަހު ރައީސް ނަޝީދު ކުރެއްވި ޓްވީޓްގައި އެމަނިކުފާނު ވަނީ މި ދުވަހުގެ ތަހުނިޔާ، އިނގިރޭސި ރާނީ އަށާއި، ކޮމަންވެލްތުގެ ޤައުމުތަކުގެ ރައްޔިތުންނަށް ފޮނުއްވަވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ރައީސް ނަޝީދުގެ މަައްސަލަައިގަ މިއަހަރު ގޮތެއް ނިންމާނެ: ޖެންސަރ

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ރައީސް ނަޝީދުގެ މަައްސަލަައިގަ މިއަހަރު ގޮތެއް ނިންމާނެ: ޖެންސަރ

07 މާރިޗު 2017
ޙައްޤުތައް ނިގުޅައިގަތުމަށް ޤައުމީ ކަމެކޭ ނުކިޔޭނެ: މައުމޫން ފެކްޝަން

ޙައްޤުތައް ނިގުޅައިގަތުމަށް ޤައުމީ ކަމެކޭ ނުކިޔޭނެ: މައުމޫން ފެކްޝަން

02 މާރިޗު 2017
އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު

އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު

21 ފެބުރުއަރީ 2017
ގައުމަށް އަލުން އެނބުރިވަޑައިގަންނަވާނޭ ކަމަށް އަނެއްކާވެސް ރައީސް ނަޝީދު ވިދާޅުވެއްޖެ

ގައުމަށް އަލުން އެނބުރިވަޑައިގަންނަވާނޭ ކަމަށް އަނެއްކާވެސް ރައީސް ނަޝީދު ވިދާޅުވެއްޖެ

21 ފެބުރުއަރީ 2017
165 މިލިއަން ރުފިޔާ ހޯދަން އެސްއޯއެފްގެ މައްޗަށް ކުރާ ދައުވާގެ ޝަރީޢަތް އަލުން ފަށަނީ

165 މިލިއަން ރުފިޔާ ހޯދަން އެސްއޯއެފްގެ މައްޗަށް ކުރާ ދައުވާގެ ޝަރީޢަތް އަލުން ފަށަނީ

19 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު