Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސިޔާސީ ޕާޓީތައް ގުޅުން

އަލުން މިސްޓޭކެއް ނަހަދާނަން، އެކޮޅުކޮޅުން އެލުވި ނަމަވެސް މި ސަރުކާރަށް އާނއެކޭ ނުބުނާނަން: ޤާސިމް

"ރައްޔިތުން ފެލާލަންތަ ޔާމީން އަބްދުއް ޤައްޔޫމަށް ވޯޓުދޭންޖެހެނީ، ނޫނު ނުޖެހޭނެ ދޭކަށް"

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 24 މާރިޗު 2017 | ހުކުރު 23:37
ގާސިމް އިބްރާހިިމް، ރައީސް މައުމޫނާއެކުގައި - ޤާސިމް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާދުވިދާޅުވެފަ

ގާސިމް އިބްރާހިިމް، ރައީސް މައުމޫނާއެކުގައި - ޤާސިމް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާދުވިދާޅުވެފަ

އެކޮޅުކޮޅުން އެލުވި ނަމަވެސް އަނިޔާވެރިކަމަށް އާނއެކޭ ނުބުނާނެ ކަމަށާއި، ސަބްސިޑީސްތައް ކަނޑާލާ ރައްޔިތުން ފޭލާލުމަށް ޔާމީން އަބްދުއް ޤައްޔޫމަށް ވޯޓުދޭންނުޖެހޭ ކަމަށް ވިދާޅުވެ، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ސިޔާސީ ޕާޓީތައް ގުޅިގެން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޤާސިމް އިބްރާހިމް ވިދާޅުވީ ދިވެހި ރައްޔިތުންނަށް އޭނާ ދަރަނިވެރިވެފައިވާ ކަަމަށެވެ. އެހެންކަމުން އެ ރައްޔިތުންނަށްޓަކައި މަސައްކަތްކުރުމަށް ނިކުމެ ހުންނެވި ކަމަށް ޤާސިމް ވިދާޅުވި އެވެ. އަދި ވިދާޅުވީ "ފުނޑު ފުނޑުކޮށްލި ނަމަވެސް، އެކޮޅުކޮޅުން އެލުވާލި ނަމަވެސް އަނިޔާވެރިކަމަށް ދެން އާނއެކޭ ނުބުނާނެ" ކަމަށެވެ. އެގޮތުން އެއްވެސް އިންސާނަކަށް އަނިޔާލިބުމަށް ނޭދޭ ކަމަށް ޤާސިމް ވިދާޅުވި އެވެ.

Advertisement - newsAdvertisement

ޤާސިމް ވިދާޅުވީ، ކާޑުގެ އަގު ބޮޑުކޮށް، ކަރަންޓުގެ އަގު ބޮޑުކޮށް، ހުރިހާ އެއްޗެއްގެ އަގު ބޮޑުކުރާއިރު، ދައުލަތުގެ ބަޖެޓުގައި ފަސް ބިލިއަން ލިބުނު އިރުވެސް ރައީސް މައުމޫނުގެ ވެރިކަމުގައި ރައްޔިތުންނަށް ކާޑުގެ ސަބްސިޑީ ދެއްވާފައިވާ ކަމަށެވެ. އަދި ކުރީގެ ސަރުކާރުތަކުން ފެނުގެ ސަބްސިޑީ ވެސް ދީފައިވާ ކަމަށާއި، ނަމަވެސް މިއަދުގެ ބަޖެޓު 26 ބިލިއަން ރުފިޔާއަށް އަރާއިރު އެ ފައިސާ ކޮބައިތޯ ޤާސިމް ވަނީ ސުވާލު އުފައްދަވާފަ އެވެ.

"ބަލަ ރައްޔިތުން ފެލާލަންވީތަ، އެކަން ކުރަންތަ، ރައްޔިތުން ފެލާލަންތަ ޔާމީން އަބްދުއް ޤައްޔޫމަށް ވޯޓުދޭންޖެހެނީ. ނޫން. ނުޖެހޭނެ ދޭކަށް. ކޮބައިތޯ އިންސާފު" ޤާސިމް އިބްރާހިމް ވިދާޅުވި އެވެ.

އިތުރަށް ވާހަކަދައްކަވަމުން ޤާސިމް އިބްރާހިމް ވިދާޅުވީ ކުރިން ހެދި މިސްޓޭކް ދެން ތަކުރާރުނުކުރާނެ ކަމަށާއި، ސިޔާސީ ޕާޓީތައް ތިބޭނީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށެވެ. އަދި މާޒީވެ ދިޔަ ދުވަސްތަކުން އިބުރަތް ހާސިލްކުރެވެއްޖެކަމަށާއި، މޫމިނެއްގެ ގަޔަށް އެއް ހަރަކުން ދެ ފަހަރު ކައްޓެއް ނުޖަހާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

"އަހަރެމެން ދެން އެ މިސްޓޭކެއް ނަހަދާނަން އިރާދަކުރެއްވިއްޔާ. އަހަރެމެން އެކަތިގަނޑެއްގެ ގޮތުގައި، އެއް އުއްމަތެއްގެ ގޮތުގައި، އެއް ދީނެއްގެ ގޮތުގައި، އެއް ރައްޔިތެއްގެ ގޮތުގައި އަޅުގަނޑުމެން މަސައްކަތްކުރާނީ. އެއް ޤައުމެއްގެ ގޮތުގައި ބާއްވައިގެން އެކުވެރިކަމާއެކު އަޅުގަނޑުމެން މަސައްކަތްކުރާނީ" ގާސިމް ވިދާޅުވި އެވެ.

ޤާސިމް ވަނީ، ޕާޓީތަކުން ވަކިވި މެމްބަރުން އަނބުރާ ޕާޓީތަކަށް ގުޅުމަށް ގޮވަލައްވާ ގޮވާލުން ތަކުރާރުކުރައްވާފަ އެވެ. އެގޮތުން ގާސިމް ވިދާޅުވީ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި މެމްބަރުން މަސައްކަތްކުރަންޖެހޭ ކަމަށާއި، ރައްޔިތުންނަށް ނޫނެކޭ ބުނާ މެމްބަރުންނަށް ރައްޔިތުންވެސް ނޫނެކޭ ބުނާނެ ކަމަށެވެ. އަދި މެމްބަރުން އަނބުރާ ޕާޓީތަކާއި ގުޅިއްޖެ ނަމަ ހުރިހާ ކަމެއް ހައްލުވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ، ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕުގެ މެމްބަރުން ވަރަށް ރަނގަޅަށް ވިސްނަންޖެހޭ ކަމަށާއި، ޕީޕީއެމްގައި އެ މެމްބަރުން ތިބި ނަމަވެސް ކުރިއަށް އޮތް ދައުރުގައި އެ މެމްބަރުންނަށް ވޯޓެއް އަދި ތާއީދެއް ވެސް ނުލިބޭނެ ކަމަށެވެ. އަދި ރައްޔިތުންގެ ތާއީދު ލިބޭނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރާ މަސައްކަތުގައި ބައިވެރިވެގެން ކަމަށް ގާސިމް ވިދާޅުވި އެވެ.

"ކޮންބަޔަކު ވޯޓުލާނެކަމަށްތޯ ޔާމީން އަބްދުއް ޤައްޔުމްގެ ސައިޑްގައި ތިޔަ ތިއްބެވީ. ނުލާނެ ޔާމީން އަބއްދުއް ޤައްޔޫމްގެ ސައިޑްގައި ތިބި މީހުންނެއް ތިޔަ މެމްބަރުންނަށް އަލުން ވޯޓެއް. އަޅުގަނޑުމެންގެ ފަޅިޔަށް އަންނަންވީ" ގާސިމް ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނަމޫނާ ދޯނީގެ ދަތުރު އަލުން ކުރަން ޖެހިފައިވާތީ ހިތާމަކުރަން: ސޯބެ

ނަމޫނާ ދޯނީގެ ދަތުރު އަލުން ކުރަން ޖެހިފައިވާތީ ހިތާމަކުރަން: ސޯބެ

02 މެއި 2017
މޭޑޭގައި ނުކުތް ހާލަތު ބަދަލެއް ނުވޭ، އަލުން ސަފުތައް ރުކުރުވާލަންޖެހޭ: އަމީން

މޭޑޭގައި ނުކުތް ހާލަތު ބަދަލެއް ނުވޭ، އަލުން ސަފުތައް ރުކުރުވާލަންޖެހޭ: އަމީން

01 މެއި 2017
 ސްކޫލުތަކުގެ ކިޔެވުން ފެށޭތީ، ފްލޫ ކްލިނިކް އަލުން އައިޖީއެމްއެޗަށް ބަދަލު ކުރަނީ

ސްކޫލުތަކުގެ ކިޔެވުން ފެށޭތީ، ފްލޫ ކްލިނިކް އަލުން އައިޖީއެމްއެޗަށް ބަދަލު ކުރަނީ

23 މާރިޗު 2017
އިންސާނީ ޙައްޤުތައް ޤާއިމްކޮށް، ކޮމަންވެލްތާއި އަލުން ގުޅެންޖެހޭ: ރައީސް ނަޝީދު

އިންސާނީ ޙައްޤުތައް ޤާއިމްކޮށް، ކޮމަންވެލްތާއި އަލުން ގުޅެންޖެހޭ: ރައީސް ނަޝީދު

13 މާރިޗު 2017
އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު

އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު

21 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު