Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްއެމްޕީއާރުސީ

އެސްއޯއެފުން 165 މިލިޔަން ރުފިޔާ ހޯދަން ކުރާ ދައުވާގެ މައްސަލަ އަލުން ކޯޓަށް ވައްދައިފި

މައްސަލަ އަލުން ކޯޓަށް ވެއްދީ އަންގާރަ ދުވަހު

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 8 ފެބުރުއަރީ 2017 | ބުދަ 17:13
އެމްއެމްޕީއާރުސީ އޮފީސް

އެމްއެމްޕީއާރުސީ އޮފީސް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތާ ގުޅުން އޮތް ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފް ކުންފުނިން 165 މިލިއަނެއްހާ ރުފިޔާ ހޯދަން އެމްއެމްޕީއާރުސީން ސިވިލް ކޯޓުގައި ދައުވާ ކުރި މައްސަލަ ކޯޓުން ބޭރު ކޮށްލުމުން އަނެއްކާ ވެސް އެ މައްސަލަ ކޯޓަށް ވައްދައިފިއެވެ.

އެސްއޯއެފްއާ ދެކޮޅަށް އެމްއެމްޕީއާރުސީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ކޯޓުން ބޭރު ކޮށްލާފައި ވަނީ ހޯމަ ދުވަހުއެވެ. އަދި މައްސަލަ ކޯޓުން ބޭރު ކޮށްލީ އެ ދުވަހުގެ އަޑުއެހުމަށް އެމްއެމްޕީއާރުސީން ހާޒިރު ނުވުމުން ކަމަށް ކޯޓުން ބުނެފައިވެއެވެ،

Advertisement - newsAdvertisement

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އެމްއެމްޕީއާރުސީގެ ވަކީލް ވިދާޅުވީ މައްސަލަ އަލުން ކޯޓަށް ވައްދާފައި ވަނީ އަންގާރަ ދުވަހު ކަމަށެވެ. އަދި އަންނަ ހަފްތާ ތެރޭގައި މައްސަލައިގެ ޑިސްޕިއުޓް މަރުހަލާ ފެށިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވަކީލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މައްސަލަ ކުރިއަށް ދާނެ ގޮތެއް އެނގޭނީ ޑިސްޕިއުޓް މަރުހަލާ ނިމުމުން ކަމަށެވެ. އެގޮތުން މައްސަލަ އަލުން ފަށާނީ ނުވަތަ މައްސަލައިގެ ޝަރީޢަތް ފަށާނީތޯ ނިިންމަވާނީ ގާޒީ ކަމަށް ވަކީލް ވިދާޅުވިއެވެ.

މި މައްސަލަ ކޯޓުން ބޭރު ކޮށްލުމާ ގުޅިގެން އެމްއެމްޕީއާރުސީގެ އޮފިޝަލަކު ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ސިވިލް ކޯޓުން މައްސަލަ ބޭރުކޮށްލީ އެ ކުންފުނިން ހާޒިރު ނުވެގެން ކަމަށް ބުނި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ. އެގޮތުން އޮފިޝަލް ވިދާޅުވީ މައްސަލަ ހޯމަ ދުވަހަށް ކޯޓުގައި ތާވަލް ކޮށްފައިވާކަން އެނގިފައި ނުވާ ކަމަށާއި އަދި މައްސަލައިގެ ޗިޓް ވެސް އެ އޮފީހަށް ލިބިފައި ނުވާ ކަމަށެވެ. އެހެން ކަަމުން މައްސަލައިގެ ޗިޓް ނުލިބި ކޯޓަށް ހާޒިރުވާން ނޭނގޭނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެސްއޯއެފްއާ ދެކޮޅަށް އެމްއެމްޕީއާރުސީން ދައުވާ ކުރާ މައްސަލައިގެ ބަޔާންތައް ބަދަލު ކޮށް ނިމިފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ.

އެސްއޯއެފް ކުންފުންޏަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ގާތްގުޅުމެއް އޮންނަ، އަދި ހިބަޅިދޫ މައްސަލަ އާއި އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން އިންޓަޕޯލް މެދުވެރިކޮށް ހޯދަން އިއުލާނުކޮށްފައިވާ މުހައްމަދު އައްލާމް ލަތީފް(މޮހޯ)ގެ ހިއްސާ އޮތް ކުންފުންޏެކެވެ. ފަޅުތަކާއި ފަޅުރަށްތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ 1.22 ބިލިއަނަށް ވުރެގިނަ ރުފިޔާ އެސްއޯއެފް މެދުވެރިކޮށް އެކި ފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާކޮށްފައި ވެއެވެ.

އެމްއެމްޕީއާރުސީން ދައުވާ ކޮށްފައިވަނީ އެ ދެ ކުންފުނީގެ ދެމެދުގައި ހެދިފައި އޮތް އެއްބަސްވުމުގެ ދަށުން އެމްއެމްޕީއާރުސީއަށްލިބެންޖެހޭ 10.3 މިލިއަން ޑޮލަރު (158 މިލިއަން ރުފިޔާ) އާއި އެމްއެމްޕީއާރުސީން އެސްއޯއެފަށް ދޫކުރި ހަތަރު ލައްކަ ޑޮލަރު(6.1 މިލިއަން ރުފިޔާ) އެކީ އެއްފަހަރާ ހޯދުމަށެވެ. އަދި އެ ދެ ކުންފުނީގެ ދެމެދުގައި އޮތް އެއްބަސްވުން އުވާލަން ވެސްދައުވާގައި އެމްއެމްޕީއާރުސީން އެދިފައި ވެއެވެ.

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު