Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޔޮޓް ޓުއަރސް - އެލައިޑް އިންޝުއަރެންސް

ޖާބިރުގެ ޔޮޓް ޓުއަރސް އާއި އެލައިޑް އިންޝުއަރެންސްގެ މައްސަލަ: ސިވިލް ކޯޓުގެ ހުކުމް ތަންފީޒު ކުރުން ފަސްކޮށްދިނުމަށް އެލައިޑުން އެދެފި

ސިވިލް ކޯޓުގެ ހުކުމް ތަންފީޒު ކުރުން ފަސްކޮށްދިނުމަށް އެލައިޑުން އެދިފައިވާއިރު، ހައިކޯޓުން އެކަމަށް ގޮތެއް ނިންމުމަށްފަހު އަންގަވާނެ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 11 އޮކްޓޯބަރު 2020 | އާދީއްތަ 09:05
މިއަދު ހައިކޯޓުގައި ކުރިއަށް ދިޔަ ޔޮޓް ޓުއަރސް އާއި އެލައިޑް އިންޝުއަރެންސްގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމުގެ ތެރެއިން ނަގާފައިވާ ސްކްރީން ފޮޓޯއެއް

މިއަދު ހައިކޯޓުގައި ކުރިއަށް ދިޔަ ޔޮޓް ޓުއަރސް އާއި އެލައިޑް އިންޝުއަރެންސްގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމުގެ ތެރެއިން ނަގާފައިވާ ސްކްރީން ފޮޓޯއެއް

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއަރސްއަށް 22 މިލިއަން ޑޮލަރު ދެއްކުމަށް އެލައިޑް އިންޝުއަރެންސްގެ މައްޗަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒު ކުރުން ފަސްކޮށްދެއްވުމަށް އެލައިޑުން ހައިކޯޓުގައި އެދިފިއެވެ.

އެލައިޑް އިންޝުއަރެންސް ކުންފުނީގެ މައްޗަށް 22 މިލިއަން ޑޮލަރު ޔޮޓު ޓުއާރސް ކުންފުންޏަށް 6 ދުވަހުގެ ތެރޭގައި ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކުރުމާއި ގުޅިގެން އެލައިޑް ކުންފުނިން ވަނީ ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފް ކޮށްފައެވެ. އެގޮތުން މި މައްސަލައާ ގުޅިގެން އާދިއްތަ ދުވަހު ހައިކޯޓުގައި ބޭއްވި ފުރަތަމަ އަޑުއެހުމުގައި އެލައިޑު އިންޝޫރެންސް ކުންފުނިން މިވަނީ، ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާ މިމަސައްލައަށް ވަކި ގޮތެއް ކަނޑައެޅެންދެން، ސިވިލް ކޯޓުން ކޮށްފައިވާ އެހުކުމް ތަންފީޒު ކުރުން ފަސްކޮށްދިނުމުގެ އަމުރަކަށް އެދިފައެވެ.

Advertisement - newsAdvertisement

އެ ވަގުތީ އަމުރު ނެރެދިނުމާއި ގުޅޭ ގޮތުން އިތުރަށް ތަފްސީލު ދެއްވަމުން އެލައިޑް އިންޝިއަރެންސްގެ ގާނޫނީ ވަކީލުން ވަނީ މިފަދަ ބައެއް މައްސަލަތަކުގައި ހައިކޯޓުންވެސް މީގެކުރިން މިފަދަ އަމުރުތައް ނެރެދެއްވާފައިވާ ކަމަށެވެ. އަދި ރައްދުގައި، ބައެއް ކޯޓުތަކުގެ ނިންމުންތަކަށް ރިއާޔަތްކޮށް ޔޮޓް ޓުއާރސްގެ ގާނޫނީ ވަކީލު ވިދާޅުވީ، ކޮންމެހެން ވަގުތީ އަމުރެއް ނެރެދެންޖެހޭ ސަބަބެއް އޮތް ކަމަށް ނުފެންނަ ކަމަށެވެ.

ހައިކޯޓުގައި މިމައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މުހައްމަދު ނިޔާޒު ވިދާޅުވީ ވަގުތީ އަމުރާ ގުޅޭގޮތުން ދެ ފަރާތުން ދެއްކެވި ވާހަކަތަކަށާއި ޝަރީއަތަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބެލުމަށްފަހު، ފަނޑިޔާރުންގެ ބެންޗުން ވަކި ގޮތެއް ނިންމުމަށްފަހު، ދެފަރާތަށްވެސް އަންގަވާނެ ކަމަށެވެ. މި މައްސަލަ ހައިކޯޓުގައި ބައްލަވަނީ ފަނޑިޔާރު ނިޔާޒުގެ އިތުރުން ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު ހުސައިން ޝަހީދުއެވެ.

މި މައްސަލައާ ގުޅިގެން އެލައިޑުން އިސްތިއުނާފްކުރި ނުކުތާތައް އާދިއްތަ ދުވަހުގެ ޝަރީއަތުގެ އަޑުއެހުމަށް ވަނީ ހުށަހަޅާފައެވެ. ދެން އޮންނަ ޝަރީއަތުގެ އަޑުއެހުމުގައި ފުރަތަމަ ކަމަކަށް ކުރިއަށްދާނީ ޔޮޓް ޓުއާރސް ކުންފުނިން އެލައިޑުން ފާހަގަކުރި ނުކުތާތަކަށް ޖަވާބުދާރީ ވުމެވެ.

މި މައްސަލަަކީ، އިންޝުއަރެންސް ކްލެއިމްގެ ގޮތުގައި ބަދަލު ދޭންޖެހޭ ކަމަށް ނިންމައި، އެލައިޑް އިންޝުއަރެންސް މައްޗަށް، ޔޮޓް ޓުއަރސްއަށް 22 މިލިއަން ޑޮލަރު ދެއްކުމަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމާއި ގުޅިގެން، އެލައިޑް އިންޝުއަރެންސުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާ މައްސަލައެކެވެ. އަދި މިއީ ހައިކޯޓުގައި މި މައްސަލާގައި ބޭއްވި ފުރަތަމަ އަޑުއެހުމެވެ.

ސިވިލް ކޯޓުން މިދިއަ ޖުލައި މަހުގެ 19 ވަނަ ދުވަހު ކޮށްފައިވާ ހުކުމުގައި ވަނީ، އެލައިޑް އިންޝުއަރެންސްގެ ފަޔަރ އިންޝުއަރެންސް ޕޮލިސީގެ ދަށުން، ޔޮޓް ޓުއަރސް ކުންފުނީގެ ފަރާތުން ހިންގަމުން ދިޔަ ރިސޯޓެއް ކަމަށްވާ ހއ. އަލިދޫ ރިސޯޓުން ދައްކަން ޖެހޭ ފައިސާ ދައްކާފައިވަނިކޮށް، 30 އޯގަސްޓް 2014 އިން 15 ސެޕްޓެމްބަރު 2014 އާ ދެމެދު މޫސުން ވަރަށް ބޮޑަށް ގޯސްވެ، ރާޅުބޮޑުވެ، ކުރިމަތިވި ޤުދުރަތީ ޙާދިސާއެއްގައި އެ ރިސޯޓުގެ މޫދު ރޫމްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި އެތަންތަން ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައިވާ ކަމަށެވެ.

އެ ހާދިސާގައި އަލިދޫ ރިސޯޓަށް ލިބިފައިވާ ގެއްލުންތަކަކީ ދެފަރާތުގެ ދެމެދުގައި ސޮއިކުރެވިފައިވާ ފަޔަރ އިންޝުއަރެންސް ޕޮލިސީގެ ދަށުން ރައްކާތެރިކަން ލިބެންޖެހޭ ނުރައްކަލަކުން ވެފައިވާ، ގެއްލުންތަކެއް ކަމަށެވެ. އަދި އެ ގެއްލުންތަކަކީ އެލައިޑް އިންޝުއަރެންސް ކުންފުނިން ދޫކޮށްފައިވާ ފަޔަރ އިންޝުއަރެންސް ޕޮލިސީގެ ދަށުން ޔޮޓް ޓުއަރސްއަށް އިންޝުއަރެންސް ކްލެއިމްގެ ގޮތުގައި ބަދަލު ދޭންޖެހޭ ގެއްލުންތަކެއްކަން ހުށަހެޅިފައިވާ ލިޔެކިޔުންތަކުން ޝަރީއަތަކަށް ސާބިތުވާ ކަމަށެވެ.

އެެހެންކަމުން، އެ ޙާދިސާއާ ގުޅިގެން، އަލިދޫ ރިސޯޓަށް ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި، ޔޮޓް ޓުއަރސް ކުންފުނީގެ ފަރާތުން ހޯދުމަށް އެދިފައިވާ 22،784،837.59 ޑޮލަރަކީ އެ ދެފަރާތުގެ ދެމެދު އެކުލަވާލެވުނު އަލިދޫ ރިސޯޓްގެ ފަޔަރ އިންޝުއަރެންސް ޕޮލިސީގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތީން، އަލިދޫ ރިސޯޓަށް ލިބިފައިވާ ގެއްލުުގެ ބަދަލުގެ ގޮތުގައި އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދޭންޖެހޭ ފައިސާއެއްކަން މަދަނީ މިންގަނޑުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

ސިވިލް ކޯޓުން ކޮށްފައިވާ އެ ހުކުމުގައި ބުނެފައިވަނީ، އެ ފައިސާ ޔޮޓް ޓުއަރސްއަށް ލިބިދިނުމުގެ ގޮތުން، 19 ޖުލައި 2020 ވަނަ ދުވަހުން ފެށިގެން މަދުވެގެން، އެ މަހަކަށް ޖެހޭވަރު، ސިވިލް ކޯޓަށް ފައިސާ ދައްކަމުން ގޮސް، 6 މަސް ދުވަހުގެ ތެރޭގައި. 22،784،837.59 ޑޮލަރު ދައްކާ ހަލާސްކުރުމަށް އެލައިޑް އިންޝުއަރެންސް ކުންފުނީގެ މައްޗަށް އަންގާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި

މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި

11 ފެބުރުއަރީ 2017
ޝާޑުއާއި އިރުތިޝާމްގެ ކައިވެނީގެ ރަން ކިޔައިފި

ޝާޑުއާއި އިރުތިޝާމްގެ ކައިވެނީގެ ރަން ކިޔައިފި

07 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު