Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ރާއްޖޭގެ ފަތުރުވެރިކަން

އަހަރުގެ ކުރިއަށް އޮތް ދުވަސްތަކުގައި ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން އަންނާނެކަމަށް ލަފާކުރެވޭ: ޑރ. މައުސޫމް

ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ރޭގެ އަދަދު އިތުރުވެެފައިވާކަން މިނިސްޓަރ ފާހަގަކުރެއްވި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 11 އޮކްޓޯބަރު 2020 | އާދީއްތަ 02:20
މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް

މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް

އަހަރުގެ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން އަންނާނެކަމަށް ލަފާކުރެވޭކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން (ޕާޓާ) އާއި ބީބީސީ ގުޅިގެން ކުރިއަށްގެންދިޔަ ވެބް ސެމިނަރއެއްގައި ވާހަކަދައްކަވަމުން މިނިސްޓަރ މައުސޫމް ވިދާޅުވީ ބޯޑަރު ހުޅުވާލިިފަހުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނަ ކަމަށެވެ. އަދި ޤައުމުތަކުން ކަރަންޓީންގެ އުސޫލުތައް ހަރުކަށި ކުރަމުން ގެންދިއުމުގެ ސަބަބުން ދަތިތައް ކުރިމަތިވަމުން އަންނަކަން ފާހަގަކުރައްވާ މިނިސްޓަރ މައުސޫމް ވިދާޅުވީ ހޯމް ކަރަންޓީންގެ އުސޫލުތައް ޤައުމުތަކުން ނަގައިފިނަމަ އެއީ "ގޭމް ޗޭންޖަރ" އަކަށް ވާނެކަމަށެވެ.

ރާއްޖޭގައި ފަތުރުވެރިން މަޑުކުރާ މުއްދަތު އިތުރުކަން ފާހަގަކޮށް މިނިސްޓަރ މައުސޫމް ވިދާޅުވީ ރާއްޖެއަށް ގިނައިން ފަތުރުވެރިން އަންނަ ޤައުމުތަކުގެ ފަތުރުވެރިން އެވްރެޖްކޮށް، ރާއްޖޭގައި ހޭޭދަކުރާ މުއްދަތު ދެ ހަފުތާއަށް އިތުރުކޮށްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ޑރ. މައުސޫމް ވަނީ ރާއްޖޭގެ 80 ރިސޯޓެއް އަލުން އޮޕަރޭޝަނަށް ގެނެވި 25000 އަށްވުރެ ގިނަ އެނދު އޮޕަރޭޝަނަށް ގެނެވިފައިވާކަންވެސް ފާހަގަކުރައްވާފައެވެ.

ބައެއް ޤައުމުތަކުން ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަކަމަށާއި، އަދި ފްލައިޓްތައްވެސް ބާރު ބޮޑުވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ކުރިއަށް އޮތީ ބިޒީ ދުވަސްތަކަކަށް ވާނެކަމަށް އުއްމީދުކުރާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ މައުސޫމް ވަނީ، ސަރުކާރާއެކު ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުުރާ ފަރާތްތަކުން އެކުގައި ކުރާ ބުރަ މަސައްކަތް ފާހަގަކޮށްފައެވެ. އަދި ރާއްޖެ ޕްރޮމޯޓްކުރުމުގައިވެސް އެ ފަރާތްތަކުގެ ދައުރު ބޮޑުކަން ފާހަގަކޮށް، މިނިސްޓަރ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 އައްޑޫސިޓީގެ މަގުމަތީ ބާޒާރު އޮގަސްޓު 3 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދަން ނިންމައިފި

އައްޑޫސިޓީގެ މަގުމަތީ ބާޒާރު އޮގަސްޓު 3 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދަން ނިންމައިފި

02 އޯގަސްޓު 2017
ކުންފުނިތަކުގެ މިދިޔަ އަހަރުގެ އަހަރީ ހިސާބުތަކާއި ރިޕޯޓްތައް ހުށަހެޅުން ޖުލައި 16 އަށް އިތުރުކޮށްފި

ކުންފުނިތަކުގެ މިދިޔަ އަހަރުގެ އަހަރީ ހިސާބުތަކާއި ރިޕޯޓްތައް ހުށަހެޅުން ޖުލައި 16 އަށް އިތުރުކޮށްފި

18 ޖޫން 2017
ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި އާރުއޯއެލްގެ އިންޓަނެޓްގެ ހިދުމަތަށް ކުރިއެރުންތަކެއް ލިބޭނެ!

ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި އާރުއޯއެލްގެ އިންޓަނެޓްގެ ހިދުމަތަށް ކުރިއެރުންތަކެއް ލިބޭނެ!

10 ޖޫން 2017
މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން

މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން

17 މެއި 2017
ވެލިގާ ހާޑުވެޔަރގެ އަހަރީ ދުވަހާ ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮމޯޝަނުގެ އިނާމް ހަވާލުކޮށްފި

ވެލިގާ ހާޑުވެޔަރގެ އަހަރީ ދުވަހާ ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮމޯޝަނުގެ އިނާމް ހަވާލުކޮށްފި

19 އެޕްރީލު 2017

އަހަރުތަކުން މިއަދު

4 މެއި
މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"
20233 އަހަރު ކުރިން
ރިޕޯޓު

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި
20224 އަހަރު ކުރިން
ރާއްޖެ

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ
20188 އަހަރު ކުރިން
ދުނިޔެ

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު