Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއިގްތިސާދު

މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ

2016  ވަނަ އަހަރަށް ލަފާކޮށްފައިވާ ކަރަންޓް އެކައުންޓް ޑެފިސިޓަކީ 666.7 މިލިއަން ޑޮލަރު

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 11 ޖެނުއަރީ 2017 | ބުދަ 13:48
އެމްޕީއެލް މުދާ ބަލާ ސަރަހައްދު

އެމްޕީއެލް މުދާ ބަލާ ސަރަހައްދު

މިއަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 21 އިންސައްތަ ބޮޑު ވާނެ ކަމަށް މަރުކަޒީ ބޭންކް މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީން ލަފާކޮށްފި އެވެ.

އެމްއެމްއޭ އިން އާއްމުކޮށްފައިވާ އިގްތިސާދީ މުރާޖާ ރިޕޯޓްގައި ވަނީ، 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އަންދާޒާކުރި ބެލެންސް އޮފް ޕޭމަންޓްސް ހިސާބުތަކަށް ބަލާއިރު، 2017 ވަނަ އަހަރު ކަރަންޓް އެކައުންޓް ޑެފިސިޓް 892.1 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކޮށްފަ އެވެ. މިއީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން 21.6 ޕަސެންޓެވެ.

ނިމިދިޔަ އަހަރު އަހަރަށް ލަފާކޮށްފައިވާ ކަރަންޓް އެކައުންޓް ޑެފިސިޓަކީ 666.7 މިލިއަން ޑޮލަރެވެ. މިއީ އުފެއްދުންތެރިކަމުގެ ނިސްބަތުން 17.7 އިންސައްތަ އެވެ.

ރާއްޖޭގެ އިގްތިސާދު ބިނާވެފައިވާ ގޮތުން ކެއިން ބުއިމަށާއި އާއްމުކޮށް ބޭނުންވާ ހުރިހާ ތަކެތި ބޭނުންކުރަނީ އިމްޕޯޓު ކޮށްގެންނެވެ.

އެމްއެމްއޭއިން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން 2016 ރާއްޖޭގެ އެކްސްޕޯޓް ކޮށްގެން ލިބުނު އާމްދަނީ ވަނީ 38 އިންސައްތަ ދައްވެފަ އެވެ.

މިއީ ގާތްގަނޑަކަށް 7.8 މިލިއަން ޑޮލަރުގެ ދައްވުމެކެވެ.

ޑޮމެސްޓިކް އެކްސްޕޯޓް ދައްވެފައިވާ މައިގަނޑު ސަބަބަކީ ގަނޑު ކުރި ކަޅުބިލަ މަހާއި ފިނިކުރި ކަންނެލި އެކްސްޕޯޓް ކޮށްގެން ލިބުނު އާމްދަނީ ދައްވުން ކަމަށް އެމްއެމްއޭ އިން ހާމަކުރެ އެވެ. މި މުއްދަތުގައި ރާއްޖޭއަށް 17.6 މިލިއަން ޑޮލަރުގެ މުދާ ވަނީ އިމްޕޯޓް ކޮށްފައެވެ.

އިތުރަށް ކިޔާލަން

02 ޖެނުއަރީ 2018

ޔޭޔޭ ކޮފީ ޕްރޮމޯޝަންގެ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނަސީބުވެރިން ހޮވައިފި

02 ޖެނުއަރީ 2018
ޔޭޔޭ ކޮފީ ޕްރޮމޯޝަންގެ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނަސީބުވެރިން ހޮވައިފި
07 ނޮވެމްބަރު 2017

މިއަހަރުގެ މާލީ އެސެޓް ފަސް ބިލިއަން ރުފިޔާ ދަށަށް

07 ނޮވެމްބަރު 2017
މިއަހަރުގެ މާލީ އެސެޓް ފަސް ބިލިއަން ރުފިޔާ ދަށަށް
08 އޯގަސްޓު 2017

ބީއެމްއެލްގެ މިއަހަރުގެ ބޯޑުގައި ޗެއާރޕާސަން ފަރީހާގެ އިތުރުން ދެ ޑައިރެކްޓަކު ނުހިމެނޭ!

08 އޯގަސްޓު 2017
ބީއެމްއެލްގެ މިއަހަރުގެ ބޯޑުގައި ޗެއާރޕާސަން ފަރީހާގެ އިތުރުން ދެ ޑައިރެކްޓަކު ނުހިމެނޭ!
18 ޖޫން 2017

ކުންފުނިތަކުގެ މިދިޔަ އަހަރުގެ އަހަރީ ހިސާބުތަކާއި ރިޕޯޓްތައް ހުށަހެޅުން ޖުލައި 16 އަށް އިތުރުކޮށްފި

18 ޖޫން 2017
ކުންފުނިތަކުގެ މިދިޔަ އަހަރުގެ އަހަރީ ހިސާބުތަކާއި ރިޕޯޓްތައް ހުށަހެޅުން ޖުލައި 16 އަށް އިތުރުކޮށްފި
07 ޖޫން 2017

އިސްލާމިކް ބޭންކުގެ ބޭނުން ނުކުރާ އެކައުންޓްތައް އުވާލަނީ

07 ޖޫން 2017
އިސްލާމިކް ބޭންކުގެ ބޭނުން ނުކުރާ އެކައުންޓްތައް އުވާލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު