Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ތަކެތީގެ އަގުތައް

މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން

ލޯކަލް މާރުކޭންޓުގައި ރަމަޟާން މަހަށް ވިޔަފާރި ވެރިން އަންނަނީ ތައްޔާރުވަމުން

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 17 މެއި 2017 | ބުދަ 18:17
ލޯކަލް މާރުކޭޓު ތެރޭގައި ވިޔަފާރި ކުރަނީ

ލޯކަލް މާރުކޭޓު ތެރޭގައި ވިޔަފާރި ކުރަނީ

ކޮންމެ ރަމަޟާން މަހަކާއި ދިމާކޮށްވެސް ތަކެތީގެ އަގުތައް މައްޗަށް ދެއެވެ. އާންމުގޮތެއްގައި ތަކެތީގެ އަގުތައް މައްޗަށް ދަނީ، ރަމަޟާން މަހު ކެއުމަށް އެންމެ ގިނައިން ބޭރުން ކުރާ ސާމާނުންނެވެ.

މީގެ އިތުރުން، ފަނި ގިރުމަށް ބޭނުން ކުރާ ސާމާނުންވެސް ތަކެތީގެ އަގުތައް އިތުރުވާނެ ކަމަށް ވިޔަފާރި ކުރާ ފަރާތްތަކުން ބުނެއެވެ. ވިޔަފާރި ކުރާ ފަރާތްތަކުން ވަނީ ވިޔަފާރީތަކަށް ރަމަޟާން މަހު އަންނާނެ ބަދަލުތައްވެސް ހިއްސާކޮށްފައެވެ.

Advertisement - businessAdvertisement

ތަކެތީގެ އަގުތަކަށް އަންނާނެކަމަށް ލަފާ ކުރެވޭ ބަދަލުތަކަށް ބަލާ އިރު ކަރާ ގެ އަގު މިހާރު 15 ރުފިޔާގައި ހުރި ނަމަވެސް ރަމަޟާން މަހު ކަރާ ކިލޯއެއްގެ އަގު 20 ނުވަތަ 25 ރުފިޔާއަށް އުފުލިގެންދާނެ ކަމަށް ތަކެތި ވިއްކާ ފަރާތްތަކުން ބުނެއެވެ.

މީގެ އިތުރުން ދޮންކޭލާއި، ޕެޝަން ފްރުޓްގެ އިތުރުން ތަކުރާރީގެ ބައެއް ބާވަތްތަކުގެ އަގުވެސް ބޮޑު ވާނެ ކަމަށް ވިޔަވާރިވެރިން ބުނެއެވެ. އެހެން ނަމަވެސް ކާށި އަދި ކިއުކަމްބާގެ އަގު ދަށަށްދާނެ ކަމަށް ބައެއް ވިޔަފާރިވެރިން ބުނެއެވެ.

ރަމަޟާންމަހު ބައެއް ތަކެތީގެ އަގު 10 ރުފިޔާއަށް އިތުރުވާނެ ކަމަށް ބައެއް ވިޔަފާރިވެރިން ބުނާ އިރު، ތަކެތީގެ އަގު އުފުލެނީ، ތަކެތި ހޯދުމަށް ކުރިމަތިވާ އުނދަގޫތަކާއި ރަމަޟާން މަހު އޮންނަ ޑިމާންޑުގެ ސަބަބުން ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

ލޯކަލް މާރުކޭޓުގައި ތަކެތީގެ އަގުތައް ހުރި ގޮތައް ބަލާ އިރު މިރުހުގެ އަގު އުޅެނީ 100 ގްރާމް 10 ރުފިޔާ އަށެވެ. ކަރާގެ އަގު 12 ރުފިޔާ 15 ރުފިޔާ އާއި ދެމެދުގެ އަގުތަކެއްގައި އުޅޭ އިރު، ދޮންކެޔޮ އުޅެނީ، ދެ ރުފިޔާ އާއި ފަސް ރުފިޔާ އާއި ދެމެދުގެ އަގުތަކެއްގައެވެ. ފަޅޯ ކިލޯއެއް އުޅެނީ 20 ރުފިޔާއަށެވެ. ބައެއް ފަރާތްތަކުން ފަޅޮލެއް ފަސް ރުފިޔާއަށް ވެސް އަންނަނީ ވިއްކަމުންނެވެ.

މާރުކޭޓުގައި ކިއުކަމްބާ އުޅެނީ، ކިލޯއެއް 45 ރުފިޔާ އަށެވެ. ލުނބޯގެ އަގު ކިލޯއެއް 40 ރުފިޔާއަށް ބޮޑުވި އިރު، ކާށި އުޅެނީ، 10 ރުފިޔާ އާއި 15 ރުފިޔާ އާއި ދެމެދުގެ އަގުތަކެއްގައެވެ. މީގެ އިތުރުން އަލަނާސި ގަނޑެއްގެ އަގު އުޅެނީ ވިހި ރުފިޔާ އާއި 30 ރުފިޔާ އާއި ދެމެދުގައެވެ.

ފުވައްމުލަކުންނާއި، އއ. ތޮއްޑޫގެ އިތުރުން ހުވަދު އަތޮޅުގެ ރަށްތަކުންވެސް ގިނަ ތަކެތި މިފަހަރުގެ ރަމަޟާން މަހަށް ގެންނާނެ ކަމަށް ވިޔަފާރިވެރިން ބުނެއެވެ

ރަމަޟާން މަހާއި ދިމާކޮށް، ފިޔާ، އަލުވި އަދި ބިހުގެ އަގު އުފުލޭނެ ކަމަށް ބައެއް ވިޔަފާރިވެރިން ބުނާ އިރު އަނެއް ބަޔަކުވަނީ މި ތަކެތީގެ އަގަށް މާބޮޑު ބަދަލެއް ނާންނާނެ ކަމަށް ބުނެފައެވެ.

ބާޒާރުމަތީގެ އަގުތަކަށް ބަލާ އިރު ބިސް ކޭހެއްގެ އަގު އުޅެނީ ގާތްގަނޑަކަށް 300 ރުފިޔާ އަށެވެ. އަލުވި ބަސްތާއެއްގެ އަގު 200 ރުފިޔާ އާއި 270 ރުފިޔާ އާއި ދެމެދުގައި ހުރިއިރު ފިޔާ ބަސްތާއެއް އުޅެނީ، 150 ރުފިޔާ އާއި 200 ރުފިޔާ އާއި ދެމެދުގެ އަގުތަކެއްގައެވެ. ރަމަޟާން މަހު ފޮނި އެއްޗެހި ހެދުމަށް ވަރަށް ގިނަ ބަޔަކު ބޭނުން ކުރާ ގެރި ކިރު ދަޅުގެ އަގު އުޅެނީ ކޭހެއް 450 ރުފިޔާ އާއި 580 ރުފިޔާ އާއި ދެމެދުގައެވެ. މަސްދަޅު ކޭހެއް 700 ރުފިޔާ އާއި 750 ރުފިޔާ އާއި ދެމެދުގެ އަގެއްގައި ހުރިއިރު ހިކި މިރުސް އުޅެނީ ކިލޯއެއް 80 ރުފިޔާއަށެވެ.

ބާޒާރުމަތީ ފިހާރަތަކުގެ އަގުތަކަށް ބަލާ އިރު އެންމެ ބޮޑަށް އުފުލިފައިވަނީ ލޮނުމެދުގެއެވެ. ކުރިން ލޮނުމެދު ކުޑަ ބަސްތާއެއް 450 ލިބެން ހުރި އިރު މިހާރު ލޮނުމެދުގެ ބަސްތާއެއްގެ އަގު އުޅެނީ 850 އާއި 900 އާއި ދެމެދުގައެވެ.

ރަމަޟާން މަސް މިމަހުގެ 27 ހުގައި ފެށޭނެ ކަމަށް ބެލެވޭ އިރު ލޯކަލް މާރުކޭޓުގެ ތަކެތި ވިއްކާ ފަރާތްތަކާއި ބާޒާރުމަތީގައި ތަކެތި ވިއްކާ ފަރާތްތަކުންވެސް އަންނަނީ ރަމަޟާން މަހަށް ޚާއްސަކޮށް މުދާ ގެނައުމުގެ މަސައްކަތްތައް ކުރަމުންނެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Click Computers
Acer Travelmate P2

Acer Travelmate P2

i3 • 4GB • 256GB SSD • 14" FHD

Tap

އިތުރަށް ކިޔާލަން

ރަމަޟާން މަހު ބީއެމްއެލްއިން ހިދުމަތްދޭ ގަޑިތައް އާންމުކޮށްފި

ރަމަޟާން މަހު ބީއެމްއެލްއިން ހިދުމަތްދޭ ގަޑިތައް އާންމުކޮށްފި

23 މެއި 2017
ރަމަޟާން މަހު ބީއެމްއެލްއިން ޚިދުމަތްދޭ ވަގުތު އިތުރުކޮށްފި

ރަމަޟާން މަހު ބީއެމްއެލްއިން ޚިދުމަތްދޭ ވަގުތު އިތުރުކޮށްފި

23 މެއި 2017
ވިލާ ގޭހުގެ އަގުހެޔޮކޮށްފި

ވިލާ ގޭހުގެ އަގުހެޔޮކޮށްފި

17 މެއި 2017
ރަޝިއާ އާއި ސައުދީން ތެޔޮ އުފެއްދުން އިތުރު ނުކުރުމުން ތެލުގެ އަގު %2 މައްޗަށް

ރަޝިއާ އާއި ސައުދީން ތެޔޮ އުފެއްދުން އިތުރު ނުކުރުމުން ތެލުގެ އަގު %2 މައްޗަށް

15 މެއި 2017
ސުޕަމާޓް ރަމަޟާން ބާޒާރު ބޮޑެތި ޑިސްކައުންޓް ތަކާއެކު ފަށައިފި

ސުޕަމާޓް ރަމަޟާން ބާޒާރު ބޮޑެތި ޑިސްކައުންޓް ތަކާއެކު ފަށައިފި

24 އެޕްރީލު 2017

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު