Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިޔާސީ ދުނިޔެ

ޖަމީލަށް ވޭނަކަށް ނުވާ އެއްވެސް ވެރިކަމެއް ނެތް: ނިޒާރު

10 އޮކްޓޯބަރު 2020 | ހޮނިހިރު 18:53

ޖަމީލަކީ ސިޔާސީ ހަޔާތުގައި އެއްތަނެއްގައި ފައި ހަރުނުލާ މީހެއް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 10 އޮކްޓޯބަރު 2020 | ހޮނިހިރު 18:53
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރު

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރު

ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަޙްމަދަށް ވޭނަކަށް ނުވާ އެއްވެސް ވެރިކަމެއް ނެތް ކަމަށާއި އެންމެ ބުއްދިވެރިވާނީ އެ ވޭނުގައި ނޫޅުއްވާ އަމިއްލަ މަސައްކަތް ކުރެއްވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީ ސިޔާސީ ދުނިޔެ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނިޒާރު ވިދާޅުވީ ރައީސް ޔާމިންގެ ނައިބް ރައިސްއަކަށް ވަޑައިގެންނެވުމުން ވޭނަކަށް ވެވަޑައިގެން ނައިބް ރައީސް ކަމުން ބޭރުކޮށްލި ކަމަށާއި ރައީސް މައުމޫނާއި އެކު ވެސް މަސައްކަތް ނުކުރެއްވިގެން ދުރަށް ޖެހިވަޑައިގެންނެވި ކަމަށެވެ.

Advertisement - newsAdvertisement

އެމްޑީޕީ އަށް ވެރިކަން ލިބޭ ކޮންމެ ފަހަރަކު ދިރިއުޅުން ވޭނަކަށްވާ ކަމަށް ޖަމީލު ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވައި، ނިޒާރު ވިދާޅުވީ އެންމެ ފުރަތަމަ ދިވެހި ގައުމީ ޕާޓީއާއި އެކު މަސައްކަތް ކުރެއްވި ނަމަވެސް އެކަންވެސް ވޭނަކަށް ވެގެން އެކަމުން ދުރަށް ޖެހިވަޑައިގެންނެވި އިރު ޖުމްހޫރީ ޕާޓީ އަދި ޕީޕީއެމްއާއި އެކުވެސް ނޫޅެވިގެން ވޭނަކަށް ވެގެން ދުރަށް ވަޑައިގެންނެވި ކަމަށެވެ.

އަދި މި ވެރިކަން ގެންނަން ވެސް މަސައްކަތް ކުރެއްވުމަށްފަހު އަނެއްކާވެސް، މި ވެރިކަން ވެސް ގޯސްވެ ވޭނަކަށްވެ އަނެއް ފަހަރަށް ޖަމީލް ހިޔާލު ބަދަލު ކުރެއްވިތަން ދިވެހި ރައްޔިތުންނަށް ފެނިގެންދިޔަ ކަމަށް ނިޒާރު ވިދާޅުވިއެވެ.

މިއީ އެމްޑީޕީގެ މައްސަލައެއް ނޫން ކަމަށާއި މައްސަލަ އަކީ ޖަމީލް ކަންކަމާއި މެދު ވިސްނާގޮތް ގޯސްވެވުމުން ކަަމަށް ވެސް ނިޒާރު ވިދާޅުވިއެވެ.

އެހެންކަމުން ޖަމީލަކީ ސިޔާސީ ހަޔާތުގައި އެއްތަނެއްގައި ފައި ހަރުނުލާ މީހެއް ކަމަށާއި ރަނގަޅަށްދާ ކޮންމެ ކަމެއްގައި ވެސް ޖަމީލް މަސައްކަތް ކުރައްވަނީ އެކަންތައް ގޯސް ކުރައްވަން ކަމަށް ނިޒާރު ވިދާޅުވިއެވެ.

އަދި ފާއިތުވި އެއްވެސް ވެރި ކަމަކީ ޖަމީލަށް ރަނގަޅު ވެރިކަމަކަށް ނުވާއިރު، ސިޔާސީ ބޭފުޅަކަށްވެ ހުރެ ދައްކަވާ ވާހަކަތައް ވެސް އެ ދައްކާ އެއް ޒާތަކަށް ދައްކަވަން އެނގިވަޑައިގަންނަވަން ޖެހޭނެ ކަމަށް ނިޒާރު ވިދާޅުވިއެވެ.

ޖަމީލު ހޮނިހިރު ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލައްކަ ދުވަހު އުޒުރު ދެއްކިއްޖެ ކަމަށާއި ދިވެހިންނަށް ދެ ފިކުރުގެ ތަފާތު މިހާރު ސާފުވެފައިވާ ކަމަށެވެ. އެގޮތުން އެމްޑީޕީ އަށް ވެރިކަން ލިބޭ ކޮންމެ ފަހަރަކު އުޅޭ ގޮތުން މިނިވަންކަން ގެއްލި، ދަރަނި ބޮޑުވެ، ދިރިއުޅުން ވޭނަކަށްވާ ކަމަށް ޖަމީލު ވިދާޅުވިއެވެ.

މިހާރުގެ ސަރުކާރު ގެންނަވަން މަސައްކަތް ކުރައްވެމަށްފަހު، މިހާރު ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާ ޖަމީލަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކުރުމަށް ވެސް ވަރަށް އިސްކޮށް އުޅުއްވި ބޭފުޅެކެވެ.

އެގޮތުން އޭރުގެ ސަރުކާރުގެ ކޮރަޕްޝަނާއި ވައްކަމުގެ ވާހަކަތައް ރައްޔިތުންނާއި ހަމައަށް ޖަމީލު ވަނީ ވަރަށް ސާފުކޮށް ތިލަ ކޮށްދެއްވާފައެވެ.

ނަމަވެސް މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ލިބުނު ނާކާމިޔާބީއާއެކު ޖަމީލު ވަނީ އޭރު އޭނާ ހުންނެވި ޖުމްހޫރީ ޕާޓީން ވެސް ދުރަށް ޖެހިވަޑައިގެން މި ސަރުކާރަށް ފާޑު ވިދާޅުވާން ފައްޓަވާފައެވެ.

އަދި މިހާރުގެ އިދިކޮޅު ފަރާތްތަކާއެކު ޖަމީލު މަސައްކަތް ކުރައްވަން ފެއްޓެވިއިރު، ކުރީގެ ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ވެސް އެންމެ އިސްކޮށް ހުންނަވަނީ ޖަމީލެވެ.

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

3

އީރާނާ ދެކޮޅަށް ފަނާކުރަނިވި 'ބޮންތަކުގެ މައި ބޮން' ބޭނުންކުރަން ޓްރަމްޕް ވިސްނަވަނީ

4

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

5

"ދަ އައިލެންޑް ފެކްޓްރީ" އިން އުފައްދާ ޓޫނާ ޖާރކީ، ރާއްޖޭގެ އެކި ރަށްރަށުގެ ބާޒާރުތަކަށް ނެރެފި

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު
30 ޖެނުއަރީ 2017

ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން

30 ޖެނުއަރީ 2017
ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން
29 ޖެނުއަރީ 2017

އިންޒާރު: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެ!

29 ޖެނުއަރީ 2017
އިންޒާރު: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެ!
29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް