Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވާރލްޑް މެންޓަލް ހެލްތް ޑޭ

ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ މީހުންގެ ވިސްނުން: ފަޒްނާ

10 އޮކްޓޯބަރު 2020 | ހޮނިހިރު 17:20

ބަލީގެ ވާހަކަ ދައްކަނީ އަދިވެސް ވަރަށް މަދު މީހުން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 10 އޮކްޓޯބަރު 2020 | ހޮނިހިރު 17:20
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު

ރާއްޖޭގައި ނަފްސާނީ ބަލިތަކާއި ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިވެފައިވާ މިންވަރު އިތުރުވެފައިވީ ނަމަވެސް ބަލީގެ ވާހަކަ ދައްކަނީ އަދިވެސް ވަރަށް މަދު ބައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ނަފްސާނީ ބަލިތަކުގެ ދުވަހުގެ މުނާސަބަތުގައި މޯލްޑިވިއަން ރެޑްކްރެސަންޓުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ވެބިނާގައި ވާހަކަ ދައްކަވަމުން ފަޒްނާ ވިދާޅުވީ ނަފްސާނީ ބަލީގެ ވާހަކަ ދައްކާ އަދި ބައްޔަށް ފަރުވާ ހޯދަނީ މަދު ބައެއް ކަމަށެވެ. އަދި މިގޮތަށް މި ކަންތައް ވަނީ މުޅި މުޖުތަމައު އިން ނަފްސާނީ ބަލިތައް އެންމެ ފުރިހަމަ ގޮތުގައި އަދިވެސް ބަލައި ނުގަންނާތީ ކަމަށާއި ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަން ދިމާވާ އެންމެ ބޮޑުއެއް ގޮންޖެހުމަކީ މުޖުތަމުގެ މީހުންގެ ވިސްނުން ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

އެކަމަނާ އިތުރަށް ވިދާޅުވީ، ނަފްސާނީ ބަލިތަކަކީ އެހެން ބަލިތައް ފަދަ ބަލިތައްކަން ބަލައި ގަންނަން ޖެހޭ ކަމަށާއި، އެހެން ބަލިތަކަށް ފަރުވާ ހޯދޭހެން އިތުބާރާއި އެކު ނަފްސާނީ ބަލިތަކަށް ވެސް ފަރުވާ ހޯދެން ޖެހޭނެ ކަމަށެވެ. މިހާރުވެސް ވަރަށް ގިނަ ފަރާތްތަކުން އެހެން މީހުންނަށް އެނގިދާނެތީ ކްލިނިކަށް ގޮސް ފަރުވާ ހޯދަން ފަސްޖެހޭ ކަމަށާއި އެހެންނަމަވެސް ނަފްސާނީ ބަލިތަކަށް ވެސް މާ ލަސް ނުވަނީސް ފަަރުވާ ހޯދުމަކީ މުހިންމު ކަމެއް ކަމަށް ފަޒްނާ ވިދާޅުވިއެވެ.

ނަފްސާނީ ބަލިތަކަކީ އެހެނިހެން ބަލިތައް ފަދަ ބަލިތައް ކަން ބަލައި ނުގަނެ، ނަފްސާނީ ބަލިތައް ހުންނަ ފަރާތްތަކަށް އެގޮތަށް ވެފައި ވަނީ ވަކި ސަބަބެއްގެ ސަބަބުން ކަމަށް ބުނެ ވާހަކަ ދެއްކުމުން އެފަދަ މީހުންގެ ހައްގަށް އަރައި ގަނެވިގެންދާ ކަމަށް ވެސް ރައީސްގެ އަނބިކަނބަލުން ފާހަގަކުރެއްވިއެވެ.

އެފަދަ ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދި، މާ ބޮޑުވަރު ނުވަނީސް ނުވަތަ މާ ގިނަ ދުވަސް ނުވަނީސް ފަރުވާ ހޯދުމުގެ މުހިންމުކަން ވެސް ފަޒްނާ ފާހަގަކުރެއްވިއެވެ. އަދި ނަފްސާނީ ބަލި ތަހައްމަލު ކުރާ މީހުންގެ އިތުރުން އެމީހުންގެ އެކުވެރިންނާއި އާއިލާހެ މީހުން ވެސް މިފަދަ ބަލިތަކަކީ ވެސް ބައްޔެއްކަން ގާބޫލުކޮށް އެފަރާތްތަކުން ފަރުވާ ހޯދުމަށް ބާރު އެޅުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

ފަޒްނާ ވަނީ ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް މުޖުތަމައުގެ އަޅާލުން ވަރަށް މުހިންމު ކަމަށް ވެސް ވިދާޅުވެފައެވެ. ހާއްސަކޮށް ކޮވިޑް-19 ގެ މި ހާލަތުގައި ނަފްސާނީ ދުޅަހެޔޮކަމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

14 މާރިޗު 2017

މާލެ ކޮންމެ އަވަށެއްގައި ފްލޫ ކްލިނިކެއް ހުޅުވާ އަވަސް ފަރުވާ ދިނުމަށް އެމްޑީޕީން ގޮވާލައިފި

14 މާރިޗު 2017
މާލެ ކޮންމެ އަވަށެއްގައި ފްލޫ ކްލިނިކެއް ހުޅުވާ އަވަސް ފަރުވާ ދިނުމަށް އެމްޑީޕީން ގޮވާލައިފި
13 މާރިޗު 2017

އައިޖީއެމްއެޗަށް އެނގިގެން ރެޔާ ހަމައަށް އެޗް1އެން1 ވައިރަސްއާ ގުޅިގެން އެއްވެސް މީހަކަށް ފަރުވާދީފައެއް ނުވޭ!

13 މާރިޗު 2017
އައިޖީއެމްއެޗަށް އެނގިގެން ރެޔާ ހަމައަށް އެޗް1އެން1 ވައިރަސްއާ ގުޅިގެން އެއްވެސް މީހަކަށް ފަރުވާދީފައެއް ނުވޭ!
12 މާރިޗު 2017

އެއް ދުވަސްތެރޭގައި ކްލިނިކުން 38 ބަލިމީހުންނަށް ފަރުވާދީފި

12 މާރިޗު 2017
އެއް ދުވަސްތެރޭގައި  ކްލިނިކުން 38 ބަލިމީހުންނަށް ފަރުވާދީފި
28 ފެބުރުއަރީ 2017

ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މޯލްޑިކެއަރގައި

28 ފެބުރުއަރީ 2017
ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މޯލްޑިކެއަރގައި
27 ފެބުރުއަރީ 2017

ފަރުވާއަށްފަހު މަހްލޫފް ވަޑައިގެންނެވުމުން އަނބުރާ ޖަލަށް ގެންގޮސްފި

27 ފެބުރުއަރީ 2017
ފަރުވާއަށްފަހު މަހްލޫފް ވަޑައިގެންނެވުމުން އަނބުރާ ޖަލަށް ގެންގޮސްފި
21 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި

21 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި
20 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ

20 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ
18 ފެބުރުއަރީ 2017

ކަރުގައި ރުފިޔާއެއް ތާށިވި ކުއްޖަކަށް ފަރުވާއެއް ނުދެވިފައި!

18 ފެބުރުއަރީ 2017
ކަރުގައި ރުފިޔާއެއް ތާށިވި ކުއްޖަކަށް ފަރުވާއެއް ނުދެވިފައި!
12 ފެބުރުއަރީ 2017

ތޮއްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިސީޔޫގައި ދަނީ ފަރުވާދެމުން: އައިޖީއެމްއެޗް

12 ފެބުރުއަރީ 2017
ތޮއްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިސީޔޫގައި ދަނީ ފަރުވާދެމުން: އައިޖީއެމްއެޗް
10 ފެބުރުއަރީ 2017

އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ

10 ފެބުރުއަރީ 2017
އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް