Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހުޅުމާލޭ ޖަލު ކަރަންޓީން އުވާލުން

ހުޅުމާލޭ ޖަލުން ޕޮޒިޓިވްވި މީހުން ރަނގަޅުވެ، ޖަލު އާންމު ޙާލަތަށް!

ހޮނިހިރު ދުވަހުން ފެށިގެން ޖަލު އާންމު ޙާލަތައް ގެނެވިފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 10 އޮކްޓޯބަރު 2020 | ހޮނިހިރު 06:52
ހުޅުމާލޭ ޖަލުގެ އޮފިސަރުންތަކެއް- ހުޅުމާލޭ ޖަލުން ޕޮޒިޓިވް ކޭސްތަކެއް ފެނުމާއެކު ގިނަ އޮފިސަރުންނާއި ޤައިދީންގެ ސާމްޕަލް އޭރު ނަގާފައިވޭ

ހުޅުމާލޭ ޖަލުގެ އޮފިސަރުންތަކެއް- ހުޅުމާލޭ ޖަލުން ޕޮޒިޓިވް ކޭސްތަކެއް ފެނުމާއެކު ގިނަ އޮފިސަރުންނާއި ޤައިދީންގެ ސާމްޕަލް އޭރު ނަގާފައިވޭ

ހުޅުމާލޭ ޖަލުން ޕޮޒިޓިވްވި އެންމެން ރަނގަޅުވެ، ޖަލު އާންމު ޙާލަތަށް ގެނެސްފިއެވެ.

އެކަމާ ގުޅޭގޮތުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުޙައްމަދު ފުޅު ހޮނިހިރު ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހުޅުމާލޭ ޖަލުން ކޮވިޑަށް ޕޮޒިޓިވްވި ޤައިދީނާއި ބަންދު މީހުން ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. އަދި އެއާއެކު ޖަލުގައި އޮތް ކަރަންޓީނު މުއްދަތު ނިމުމަކަށް އައުމުން ހޮނިހިރު ދުވަހުން ފެށިގެން ޖަލު އާންމު ޙާލަތައް ގެނެވިފައިވާކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

ކޮމިޝަނަރުގެ ޓްވީޓުގައި ވަނީ މި ޙާލަތުން އަރައިގަތުމަށް މަސައްކަތް ކޮށްދެއްވި އޮފިސަރުންނަށާއި އެކި ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

ހުޅުމާލޭ ޖަލުން ޕޮޒިޓިވްވި މީހުންނާ ގުޅޭގޮތުން ކަރެކްޝަނުން އާއްމު ކޮށްފައިވާ ބަޔާނެއްގައި ބުނީ، ޕޮޒިޓިވްވި ހަ މީހުންގެ ތެރެއިން ފަސް މީހުންނަކީ އިމިގްރޭޝަން ޤާނޫނާ ޚިލާފުވެގެން ފުރުވާލެވެންދެން ބައިތިއްބާފައި ތިބި ފަސް ބިދޭސީންނާއި، ހުޅުމާލެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއެއް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާފައިވާ ކަމަށެވެ. އަދި އެއާ ގުޅިގެން ނެގުނު ސާމްޕަލްތަކަށްފަހު އިތުރު ޤައިދީންނާއި ބަންދު މީހުން ޕޮޒިޓިވްވެފައިވެއެވެ.

ހުޅުމާލޭ ޖަލުގައި ކޮވިޑް ވައިރަސް ވަދެފައި ކަމަށް ބެލެވެނީ އަލަށް ގެނެވުނު ބިދޭސީންގެ ފަރާތުން ކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ. އަދި ކޮވިޑު ކޭސްތަކެއް ފެނުމާއި ގުޅިގެން ގިނަ އޮފިސަރުންނާއި، ނަރުހުންގެ އިތުރުން ޤައިދީންގެ ސާމްޕަލް އޭރު ނަގާފައިވެއެވެ.

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

ހުޅުމާލޭަގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ވަޒީފާ ހޯދަދޭނަން: މިނިސްޓަރ ސައީދު

18 ފެބުރުއަރީ 2017
ހުޅުމާލޭަގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ވަޒީފާ ހޯދަދޭނަން: މިނިސްޓަރ ސައީދު
16 ފެބުރުއަރީ 2017

ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު

16 ފެބުރުއަރީ 2017
ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު
08 ފެބުރުއަރީ 2017

ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް

08 ފެބުރުއަރީ 2017
ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
25 ޖެނުއަރީ 2017

އައްސޭރި ޖަލުގެ ޕެރިމީޓަރ ސާފުކޮށްފި

25 ޖެނުއަރީ 2017
އައްސޭރި ޖަލުގެ ޕެރިމީޓަރ ސާފުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު