Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސާއިން ސުއަރޭޒް ދޫކޮށްލުން

ބާސާއިން ކަންތައް ކުރިގޮތުން ރޮވުނު: ސުއަރޭޒް

9 އޮކްޓޯބަރު 2020 | ހުކުރު 16:16

ބާސާ ދޫކޮށްލަން ޖެހުނު ދުވަސްތަކަކީ އުނދަގޫ ދުވަސްތަކެއް ކަމަށް ސުއަރޭޒް ބުނި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 9 އޮކްޓޯބަރު 2020 | ހުކުރު 16:16
އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް ބާސާއަށް ކުޅުނު ދުވަސްވަރު

އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް ބާސާއަށް ކުޅުނު ދުވަސްވަރު

އެތުލެޓިކޯ މެޑްރިޑަށް ބަދަލުވުމުގެ ކުރިން ބާސެލޯނާއިން ކަންތައް ކުރިގޮތުން ރޮވުނު ކަމަށް އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް ބުނެފިއެވެ.

ބާސާއިން އުމުރުން 33 އަހަރުގެ ސުއަރޭޒް ވިއްކާލީ ސުއަރޭޒްގެ އުމުރު ދޮށިވުމާއި، އެޓީމުގެ ކޯޗު ރޮނާލްޑް ކޫމަނުގެ ޕްލޭނުގައި ސުއަރޭޒް ނުހިމެނޭތީ ކަމަށް މީޑިއާތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ. އަދި ސުއަރޭޒަށް ބާސާއިން ފުރުސަތެއް ނެތްކަން އެންގީ ފޯން ކޯލަކުން ކޫމަން ކަމަށާއި، ކުލަބުގެ މެނޭޖުމަންޓުގެ ފަރާތުން ސުއަރޭޒާ ވާހަކަ ނުދައްކާ ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި ސުއަރޭޒް ބުނީ ބާސާ ދޫކޮށްލަން ޖެހުނު ދުވަސްތަކަކީ އުނދަގޫ ދުވަސްތަކެއް ކަމަށާއި، ބާސާއިން ކަންތައް ކުރިގޮތުން އޭނާއަށް ރޮވުނު ކަމަށެވެ.

ސުއަރޭޒް ވިއްކާލިއިރު ކަންތައްތައް ކުރިގޮތާ ގުޅިގެން މީގެ ކުރިން ބާސާގެ ކެޕްޓަން ލިއޮނަލް މެސީ ވަނީ ނުރުހުން ފާޅުކޮށްފިއެވެ. މެސީ އިންސްޓަގްރާމުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ކުލަބު ދޫކޮށްލިއިރު ސުއަރޭޒަށް ހައްގުވާ ވަރުގެ މަސައްކަތެއް ބާސާއިން އޭނާއަށް ކޮށްދީފައި ނުވާ ކަމަށާއި، ބާސާއިން ސުއަރޭޒް ބޭރުކުރީ ރަނގަޅަށް ނޫން ކަމަށެވެ.

މެސީގެ ވާހަކަތަކަށް އިޝާރާތްކޮށް ސުއަރޭޒް ބުނީ އޭނާގެ ދިފާއުގައި މެސީ ވާހަކަދެއްކުމުން ހައިރާން ނުވާ ކަމަށާއި، އެ ދުވަސްވަރު އޭނާ އުޅުނު ހާލު މެސީއަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށެވެ.

ސުއަރޭޒް ބާސާ ދޫކޮށް ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ބަދަލުވީ ވާދަވެރި އެތުލެޓިކޯ މެޑްރިޑަށެވެ. ރިޕޯޓުތައް ބުނާ ގޮތުން ސުއަރޭޒްގެ ސޮއި ހޯދުމަށް އެތުލެޓިކޯއިން ބާސާއަށް ހަ މިލިޔަން ޔޫރޯ ވަނީ ދައްކާފައެވެ.

ލިވަޕޫލް ދޫކޮށް 2014 ވަނަ އަހަރު 65 މިލިޔަން ޕައުންޑަށް ބާސާއާ ގުޅުނު ފޯވާޑް ހަ ސީޒަނަށްފަހު އެ ކުލަބު ދޫކޮށްލިއިރު، އޭނާ ވަނީ ބާސާއާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން ސުއަރޭޒް ބާސާއަށް ކުޅެދިން 283 މެޗުގައި 198 ލަނޑު ކާމިޔާބުކޮށްފައިވާއިރު، އޭނާ އަކީ ބާސާގެ ތާރީޚުގައި ތިންވަނައަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ. އަދި ސުއަރޭޒް ވަނީ ބާސާއާއެކު 13 ތަށި އުފުލާލާފައެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގު ހަތަރު ފަހަރު އަދި ޔުއެފާ ޗެމްޕިއަންސް ލީގު އެއް ފަހަރު ހިމެނެއެވެ.

އިތުރަށް ކިޔާލަން

17 އޯގަސްޓު 2017

ސުއަރޭޒްއަށް އަނިޔާވެ ބާސާ އަށް އިތުރު ހުރަސްތަކެއް ކުރިމަތިވެއްޖެ

17 އޯގަސްޓު 2017
ސުއަރޭޒްއަށް އަނިޔާވެ ބާސާ އަށް އިތުރު ހުރަސްތަކެއް ކުރިމަތިވެއްޖެ
10 އޯގަސްޓު 2017

ބާސާއިން ކުޓީނިއޯ ގަންނަން ހުށަހެޅި ބިޑަށް ލިވަޕޫލްއިން އިންކާރުކޮށްފި

10 އޯގަސްޓު 2017
ބާސާއިން ކުޓީނިއޯ ގަންނަން ހުށަހެޅި ބިޑަށް ލިވަޕޫލްއިން އިންކާރުކޮށްފި
02 އޯގަސްޓު 2017

ޕީއެސްޖީއަށް ބަދަލުވާން ބާސާއިން ނޭމާ އަށް ހުއްދަދީފި

02 އޯގަސްޓު 2017
ޕީއެސްޖީއަށް ބަދަލުވާން ބާސާއިން ނޭމާ އަށް ހުއްދަދީފި
31 ޖުލައި 2017

ބާސާއިން އޮޒިލްއަށް ބިޑުކުރަން ތައްޔާރުވަނީ

31 ޖުލައި 2017
ބާސާއިން އޮޒިލްއަށް ބިޑުކުރަން ތައްޔާރުވަނީ
30 އެޕްރީލު 2017

ސްޕެނިޝް ލަލީގާ: މާސެލޯގެ ލަނޑުން ރެއާލް މޮޅުވިއިރު، ސުއަރޭޒްގެ ލަނޑުތަކުން ބާސާ ވެސް މޮޅުވެއްޖެ

30 އެޕްރީލު 2017
ސްޕެނިޝް ލަލީގާ: މާސެލޯގެ ލަނޑުން ރެއާލް މޮޅުވިއިރު، ސުއަރޭޒްގެ ލަނޑުތަކުން ބާސާ ވެސް މޮޅުވެއްޖެ
29 އެޕްރީލު 2017

ރާއްޖޭ ފުޓުބޯޅަ ކުރިނާރާނެ ކަންތައްތައް ފެނިއްޖެ: ޓަވަރޭޒް

29 އެޕްރީލު 2017
ރާއްޖޭ ފުޓުބޯޅަ ކުރިނާރާނެ ކަންތައްތައް ފެނިއްޖެ: ޓަވަރޭޒް
25 މާރިޗު 2017

ބާސާ އަށް އިސްކޯ ގެންނަން އިނިއެސްޓާ އަދި ސުއަރޭޒް ބޭނުންވޭ!

25 މާރިޗު 2017
ބާސާ އަށް އިސްކޯ ގެންނަން އިނިއެސްޓާ އަދި ސުއަރޭޒް ބޭނުންވޭ!
11 މާރިޗު 2017

މިއީ ބޭނުންވި ނަތީޖާއެއް ނޫން، ޓީމު ތެރޭގައި ކަންތައްތަކެއް އެބަހުރި: ފެސްކޯ

11 މާރިޗު 2017
މިއީ ބޭނުންވި ނަތީޖާއެއް ނޫން، ޓީމު ތެރޭގައި ކަންތައްތަކެއް އެބަހުރި: ފެސްކޯ
15 ފެބުރުއަރީ 2017

ކޯޗުކަމުން ޝާޒް ވަކިކޮށް ސުޒެއިން ގެނައީ ހާސިލްކުރަން ބޭނުންވާ ކަންތައް ނުވެދާނެތީ: ނަޒީމް

15 ފެބުރުއަރީ 2017
ކޯޗުކަމުން ޝާޒް ވަކިކޮށް ސުޒެއިން ގެނައީ ހާސިލްކުރަން ބޭނުންވާ ކަންތައް ނުވެދާނެތީ: ނަޒީމް
31 ޖެނުއަރީ 2017

ގައުމީ ޓީމުގެ ކަންތައް ބަލަހައްޓާ ކޮމިޓީ ވަނީ އެކުލަވާލެވިފައި: އެފްއޭއެމް

31 ޖެނުއަރީ 2017
ގައުމީ ޓީމުގެ ކަންތައް ބަލަހައްޓާ ކޮމިޓީ ވަނީ އެކުލަވާލެވިފައި: އެފްއޭއެމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް