Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސީރިޔާ

ސީރިޔާގައި ދިން ކެމިކަލް ހަމަލާ: ސެރިން ގޭސް ނުވަތަ އެފަދަ މާއްދާއެއް ބޭނުންކޮށްފައިވޭ

20 އެޕްރީލު 2017 | ބުރާސްފަތި 11:25

ކެމިކަލް ހަމަލާގެ ރައްދުގައި ސީރިޔާގެ ވައިގެ ބޭސްއަށް 59 ކްރޫސް މިސައިލް ބޭނުންކޮށްގެން އެމެރިކާއިން ވަނީ ހަމަލާ ދީފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 20 އެޕްރީލު 2017 | ބުރާސްފަތި 11:25
ކެެމިކަލް ހަމަލާއާއި ގުޅިގެން ގިނަ އަދަދެއްގެ ކުޑަކުދިން މަރުވި

ކެެމިކަލް ހަމަލާއާއި ގުޅިގެން ގިނަ އަދަދެއްގެ ކުޑަކުދިން މަރުވި

މިމަހު ކުރީކޮޅު ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި ބޭނުންކޮށްފައިވާ ކެމިކަލް ހަތިޔާރަކީ ސެރިން ގޭސް ނުވަތަ އެފަދަ މާއްދާއެއް ކަމަަށް "އޯގަނައިޒޭޝަން ފޯ ދަ ޕްރޮހިބިޝަން އޮފް ކެމިކަލް ވެޕަންސް" (އޯޕީސީޑަބްލިއު) އިން ބުނެފިއެވެ.

ކެމިކަލް ހަތިޔާރާއި ބެހޭ މުއާހަދާ އިމްޕްލިމެންޓް ކުރާ ޖަމާއަތުން ކުރި ޓެސްޓުތަކުން ހާމަވެފައި ވަނީ "އެއްވެސް ޝައްކެތްނެތް މިންވަރަށް"، މިމަހު ކުރީކޮޅު ދިން ކެމިކަލް ހަަމަލާގައި ސެރިން ނަަމަކަށް ކިޔާ ކެމިކަލް ހަތިޔާރެއް ނޫނީ ސެރިން ފަދަ މާއްދާއެއް ބޭނުންކޮށްފައިވާ ކަމަށެވެ. އޯޕީސީޑަބްލިއު ގެ ހެޑް އަހްމަޓް އުޒުމްކު ވިދާޅުވީ އެ ޖަަމާއަތުން ކުރި ތަހުގީގުގައި، ކެމިކަލް ހަމަލާގެ ޝިކާރައަކަށްވި 10 މީހެއްގެ ސާމްޕަލް، ހަތަރު ލެބޯޓްރީއެއްގައި ތަހުލީލު ކޮށްފައިވާ ކަމަށެވެ.

އުޒްމުކް އިތުރަށް ވިދާޅުވީ ހާން ޝެއިހޫންގެ ސަލާމަތީ ކަންކަން ތަންދޭނަމަ ކެމިކަލް ހަމަލާގެ ސަބަބުން ލިބިފައިވާ ގެއްލުން އިތުރަށް ބެލުމަށްޓަކައި ފެކްޓް-ފައިންޑިން މިޝަނެއް ފޮނުވުމަށްވެސް އެ ޖަމާއަތުން ތައްޔާރު ކަމަށެވެ.

ސީރިޔާގެ ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮންނަ ޓައުނެއް ކަމަށްވާ ހާން ޝެއިހޫން ގައި މިމަހު ކުރީކޮޅު ދިން ކެމިކަލް ހަމަލާގައި 87 މީހުން މަރުވެފައިވެއެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްެގެ ކުޑަކުދިންވެސް ހިމެނެއެވެ.

މިހަމަލާއާ ގުޅިގެން ބައިނަލްއަގްވާމީ މުޖުތަމައު އިން އިނގިލި ދިއްކުރަނީ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރަށެވެ. ނަމަވެސް އަސަދުގެ ސަރުކާރުން ބުނަމުން ދަނީ އެފަދަ ހަމަލާއެއް ނުދޭ ކަމަށެވެ.

ކެމިކަލް ހަމަލާގެ ރައްދުގައި ސީރިޔާގެ ވައިގެ ބޭސްއަށް 59 ކްރޫސް މިސައިލް ބޭނުންކޮށްގެން އެމެރިކާއިން ހަމަލާދީފައިވާއިރު، އެމެެރިކާގެ ޑިފެންސް ސެކްރެޓަރީ ޖޭމްސް މެޓިސް ވިދާޅުވީ އެމެރިކާއިން ދިން ހަމަލާގައި ސީރިޔާގައި އޮޕަރޭޓު ކުރާ ޖެޓުތަކުގެ 20 އިން ސައްތަ ހަލާކުވި ކަމަށެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
08 ފެބުރުއަރީ 2017

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި
08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
05 ފެބުރުއަރީ 2017

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
17 ޖެނުއަރީ 2017

ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި

17 ޖެނުއަރީ 2017
ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި
16 ޖެނުއަރީ 2017

ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި

16 ޖެނުއަރީ 2017
ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް