Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުއްޑަކުދިނާއި ގުޅޭ މައްސަލަތައް

ކުޑަކުދިންގެ ހައްގުތައް ކަށަވަރު ކުރުމުގައި އިދާރާތަކުން އިހުމާލުވެފައިވާ މައްސަލަތައް ތަހުޤީގު ކުރަނީ

8 އޮކްޓޯބަރު 2020 | ބުރާސްފަތި 14:50

ކޮމިޝަނުން ވަނީ ހަތަރު ޕްރެލިމިނަރީ ރިޕޯޓް އެކުަލަވާލާފައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 8 އޮކްޓޯބަރު 2020 | ބުރާސްފަތި 14:50
ފިޔަވަތި

ފިޔަވަތި

ޤާނޫނީ ނިޒާމުގެ ތެރެއިން ކުޑަކުދިންގެ ހައްގުތައް އެންމެ ފުރިހަމަައަށް ކަށަވަރު ކުރެވޭކަން ވަޒަން ކުރުމަށްޓަކައި ކަމާއި ގުޅޭ ޤާނޫނުތައް ރިވިއު ކުރުމުގެ މަސައްކަތާއި، ދައުލަތުގެ އިދާރާތަކުން އިހުމާލު ވެފައިވާ ކަމަށް ފާހަގަ ކުރެވޭ މައްސަލަތަކާއި ގުޅޭ ތަހުޤީގުގެ މަސައްކަތް ފަށައިފިއެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ކޮމިޝަނުން ބުރާސްފަތި ދުވަހު ނެރެފައިވާ ބަޔާނެއްގައި ވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިން ބައި ތިއްބާ މަރުކަޒުތަކުގެ ހާލަތު ވަޒަންކޮށް، އެމަރުކަޒުގައި އެކުދިންނާއި މެދު އަމަލު ކުރެވެމުންދާ ގޮތްތައް ދެނެގަތުމަށްޓަކައި ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިން ބައިތިއްބާ 5 މަރުކަޒަކަށް 2020 މާރޗް 20ން 2020 އެޕްރީލް 14ށް ޒިޔާރަތް ކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން އެ ކޮމިޝަނުން އެންމެ ފުރަތަމަ ކުޑަކުދިންގެ ހިޔާއަށް ކުރި ޒިޔާރަތުން ފާހަގަ ކުރެވުނު ކަންކަމާއި، ކުޑަކުދިންގެ ހިޔާގައި އިސްލާހު ކުރަން ޖެހޭ ކަންކަން ފާހަގަކޮށް 26 މާރޗް 2016 ގައި ޕްރެލިމިނަރީ ރިޕޯޓެއް ތައްޔާރުކޮށް ރައީސް އާ ހިއްސާ ކުރެވިފައިވާނެ ކަމަށެވެ.

މި ރިޕޯޓްގައި ފާހަގަކޮށްފއިވާ ރިކޮމެންޑޭޝަންތައް ތަންފީޒު ކުުރުމަށްޓަކައި މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސާރވިސަސް އިން ޕްލޭނެއް އެކުލަވާލައި، އެ ޕްލޭނާއި އެއްގޮތަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެއަށްފަހު 12 މާރޗް 20202 އާއި 8 އެޕްރީލް 2020 ދޫނިދޫ އަދި އަތޮޅު ވެހި ކަސްޓޯޑިއަލްއަށާއި، 16 މާރޗް 2020 ގައި އައްސޭރި ޖަލަށް އެ ކޮމިޝަނުން ކުރި ޒިޔާރަތްތުގައިި، އެ މަރުކަޒުގެ ސާފުތާހިރުކަމާއި ތަނުގެ ރައްކައުތެރިކަމާއި، އެތަންތަނުގައި ތިބޭ ކުދިންނަށް ލިބޭ ހިދުމަތްތަކާއި އެތަންތަނުގައި ހުރި ލައިފް/ހެލްތް ރިސްކްތަކާއި އެ މަރުކަޒުގައި ކުދިންނާއިމެދު އަަމަލުކުރެވެމުންދާ އުސޫލުތަކާއިމެދު މައުލޫމާތު އެއްކޮށް، އެ މަރުކަޒުތަކުގައި ރަނގަޅު ކުރަންޖެހޭ ކަންކަން ވަނީ ދެނެގަނެވިފައި ކަމަށެވެ.

އަދި މި ކަންކަމާއި ގުޅިގެން މިހާރުން މިހާރަށް އިސްލާހު ކުރަންޖެހޭ ކަންކަމާއި އެކަންކަން އިސްލާހު ކުރުމަށްޓަކައި ކޮމިޝަނުން ހުށަހަޅާ ހުށަހެޅުންތައް ބަޔާންކޮށް ކޮމިޝަނުން ތައްޔާރު ކޮށްފައިވާ ހަތަރު ޕްރިލިމިނަރީ ރިޕޯޓް 23 ޖޫން 2020 ގަ އާއި 23 ޖުލައި 20202 ގައި ވަނީ ރައީސުލްޖުމްހޫރިއްޔާ އާ ހިއްސާކުރެވިފައި ކަމަށް ބަޔާނުގައި ވެއެވެ.

އަދި 8 ސެޕްޓެމްބަރު 2020 ގައި ރައީސުލްޖުމްހޫރިއްޔާ އާއި ކޮމިޝަނާއި އެކު ބޭއްވުނު ބައްދަލުވުމިުގައި ކުޑަކުދިން ބަލަހައްޓާ މަރުކަޒުތަކުގައި ކުދިންނަށް ލިބެމުންދާ ޚިދުމަތްތަކާއި، އެތަންތަނުގައި ތިބޭ ކުދިންގެ ސަލާމަތާއި ރައްކައުތެރިކަމާއި، އެ މަރުކަޒުތަކުގެ ހާލަތާއި ގުޅޭގޮތުން ކޮމިޝަންގެ ކަންބޮޑުވުންތައް އެމަނިކުފަނާއި ހިއްސާކޮށްފައިވާ ކަމަށެވެ.

ހަމަ އެއާއެކު 14 ސެޕްޓެމްބަރު 2020 ގައި ފިޔަވަތި މަރުކަޒާއި، ދޫނިދޫ ކަސްޓޯޑިއަލް އާއި އައްސޭރި ޖަލާއި ގުޅޭ ޕްރެލިމިނަރީ ރިޕޯޓްތައް އެ ކޮމިޝަންގެ ފަރާތުން ކަމާއި ބެހޭ ހުރިހާ މުއައްސަސާތަކަށް ފޮނުވާފައިވާނެ ކަމަށާއި، އެ ޕްރިލިމިނަރީ ރިޕޯޓްގައި ފިޔަވަތި މަރުކަޒުގައި އިސްލާހު ކުރަންޖެހޭ ކަންކަން ބަޔާންކޮށް 15 ރިކޮމެންޑޭޝަން، ދޫނިދޫ ކަސްޓޯޑިއަލް އާއި އަތޮޅުވެހި ކަސްޓޯޑިއަލްގައި އިސްލާހު ކުރަންޖެހޭ ކަންކަން ބަޔާންކޮށް 11 ރިކޮމެންޑޭޝަން، އަދި އައްސޭރި ޖަލުގައި އިސްލާހު ކުރަންޖެހޭ ކަންކަން ބަޔާންކޮށް 13 ރިކޮމެންޑޭޝަން ކޮމިޝަނުން ހުށަހަޅާފައިވާނެ ކަމަށެވެ.

މީގެ އިތުރުން ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގައި ކަމާއި ބެހޭ މުއައްސަސާތަކުން އަމަލު ކޮށްފައިވާގޮތް ދެނެގަތުމަށްޓަކައި ޖެންޑަރ މިނިސްޓްރީ އާއި ފުލުހަށް ހުށަހެޅޭ މައްްސަލަތަކުގެ ފައިލް އޮޑިޓެއްގެ މަސައްކަތް ކޮމިޝަނުން ކުރަމުންގެންދާ ކަމަށެވެ.

ކޮވިޑް-19 ޕެންޑަމިކްގެ ހާލަތާއި ގުޅިގެން ކޮމިޝަންގެ މަސައްކަތްތައް ހަލުވި ކަމާއެކު ކުރިއަށް ގެންދިއުމަށް ހުރަސްތަކެއް ކުރިމަތުވެގެންދިޔަ ކަމުގައިވިނަމަވެސް ، ކޮމިޝަންގެ އަމާޒަކީ ވީ އެންމެ އަވަހަށް ކޮމިޝަންގެ މަސައްކަތްތައް ފުރިހަމަކޮށް، ކުޑަކުދިންގެ ހައްގުތައް ކަށަވަރު ކޮށްދިނުމަށްޓަކައި ނިޒާމީ ގޮތުން ގެންނަން ޖެހޭ ބަދަލުތަކާއި ކުޑަކުދިންނަށް ޚިދުމަތްތައް ފޯރުކޮށްދޭ މުއައްސަސާތަކުގައި ރަނގަޅު ކުރަންޖެހޭ ކަންކަން ދެނެގަނެ އެކަންކަން އިސްލާހު ކުރެވޭނެ ގޮތްތައް ހުށަހަޅައި، ކޮމިޝަންގެ ހުށަހެޅުންތައް ތަންފީޒު ކުރުމަށް ބާރުއެޅުން ކަމަށް ބަޔާނުގައިވެއެވެ.

ކޮމިޝަނުން ކުރަމުންގެންދާ މަސައްކަތުގައި ހުރިހާ މުއައްސަސާއަކުން ކޮމިޝަނަށް ދެމުންގެންދާ އެއްބާރުލުން ފާހަގަކޮށް ވަނީ ޝުކުރު އަދާކޮށްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

އިންޑިޔާ އިން ރާއްޖެއަށް ތައުރީފު ކުރުމުގައި ގެންގުޅެނީ ވަކި މިންގަނޑެއް!

25 ފެބުރުއަރީ 2017
އިންޑިޔާ އިން ރާއްޖެއަށް ތައުރީފު ކުރުމުގައި ގެންގުޅެނީ ވަކި މިންގަނޑެއް!
23 ފެބުރުއަރީ 2017

ޒައިދުލް އަމީންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެޗްއާރސީއެމްގައި އެދިއްޖެ

23 ފެބުރުއަރީ 2017
ޒައިދުލް އަމީންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެޗްއާރސީއެމްގައި އެދިއްޖެ
11 ފެބުރުއަރީ 2017

އުޅަނދުތައް ޓޯވް ކުރަން ފަށަނީ، ޓޯވް ކުރުމުގައި ލިބޭ ގެއްލުން ކުޑަކުރުމަށް އުޅަނދުގެ ބިއްލޫރިގަނޑު ތަޅާލެވޭނެ: ފުލުހުން

11 ފެބުރުއަރީ 2017
އުޅަނދުތައް ޓޯވް ކުރަން ފަށަނީ، ޓޯވް ކުރުމުގައި ލިބޭ ގެއްލުން ކުޑަކުރުމަށް އުޅަނދުގެ ބިއްލޫރިގަނޑު ތަޅާލެވޭނެ: ފުލުހުން
11 ފެބުރުއަރީ 2017

ޗެއާޕާސަންގެ މަގާމު ހަސަން ލަތީފް ކަށަވަރުކުރައްވައިފި

11 ފެބުރުއަރީ 2017
ޗެއާޕާސަންގެ މަގާމު ހަސަން ލަތީފް ކަށަވަރުކުރައްވައިފި
06 ފެބުރުއަރީ 2017

ސާކް ސަމިޓާ ގުޅިގެން ފުވައްމުލަކުގައި ސެކިއުރިޓީ ބަލަހައްޓަން ބަޔަކާ ހަވާލުކުރުމުގައި ކޮރަޕްޝަނެއްނެތް: އޭސީސީ

06 ފެބުރުއަރީ 2017
ސާކް ސަމިޓާ ގުޅިގެން ފުވައްމުލަކުގައި ސެކިއުރިޓީ ބަލަހައްޓަން ބަޔަކާ ހަވާލުކުރުމުގައި ކޮރަޕްޝަނެއްނެތް: އޭސީސީ
29 ޖެނުއަރީ 2017

ފިޝަރީޒްގެ ސެންޓަރުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

29 ޖެނުއަރީ 2017
ފިޝަރީޒްގެ ސެންޓަރުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
26 ޖެނުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
16 ޖެނުއަރީ 2017

ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި

16 ޖެނުއަރީ 2017
ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް