Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންޑިޔާ އާއި ރާއްޖޭގެ ގުޅުން

އިންޑިޔާ އިން ރާއްޖެއަށް ތައުރީފު ކުރުމުގައި ގެންގުޅެނީ ވަކި މިންގަނޑެއް!

އެމްޖޭ އަކްބަރު ރާއްޖެ ވަޑައިގަތީ ތިން ދުވަހެއްގެ ދަތުރަަކަށް

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 25 ފެބުރުއަރީ 2017 | ހޮނިހިރު 00:32
އިންޑިޔާގެ އެކްސްޓާނަލް އެފެޔާޒް މިނިސްޓަރ އެމްޖޭ އަކްބަރު ރައީސާ ބައްދަލުކުރައްވަނީ

އިންޑިޔާގެ އެކްސްޓާނަލް އެފެޔާޒް މިނިސްޓަރ އެމްޖޭ އަކްބަރު ރައީސާ ބައްދަލުކުރައްވަނީ

އިންޑިޔާގެ ސަރުކާރުން ރައީސް ޔާމީންގެ ސަރުކާރަށް ފާޅުގާ ތައުރީފުކޮށް ސަނާކިއުމުގައި ވަކި މިންގަނޑެއް ހިފަހައްޓައިގެން އުޅޭ ކަމަށް އިންޑިޔާގެ ބައެއް މީޑިޔާތަކުން ހާމަކޮށްފި އެވެ.

އިންޑިޔާގެ ނޫހެއް ކަމަށްވާ ދަ އިންޑިޔަން އެކްސްޕްރެސްގާ ވާގޮތުން، އިންޑިޔާގެ އެކްސްޓާނަލް އެފެޔާޒްގެ ސްޓޭޓް މިނިސްޓަރ އެމްޖޭ އަކްބަރާއި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔަމީން ބައްދަލުކުރައްވާ ދެއްކެވި ވާހަކައިގަ ދެގައުމުގެ ގުޅުން ބަދަހި ކުރުމާއި، އިންޑިޔާ ފަސްޓް ޕޮލިސީ އަށް ރާއްޖެއިން އަބަދުވެސް ތާއީދު ކުރާކަން ހާމަކޮށްފައި ވެއެވެ.

Advertisement - newsAdvertisement

އެހެން ނަމަވެސް ބައްދަލުވުމުގައި ދެ ގައުމުން ނެރުނު ބަޔާނުގައި ތަފާތުތަކެއް ހުރިކަން އެ ނޫހުން ވަނީ ފާހަގަކޮށްފަ އެވެ.

އެގޮތުން ރާއްޖޭގެ ސްޓޭޓްމެންޓްގައި މި ސަރުކާރަށް އިންޑިޔާއިން މަރުހަބާ ކިޔާ ގެންގުޅުއްވާ ސިޔާސަތުތަކަށް ތައުރީފުކޮށް، ރައްޔިތުންނަށް ގެނެސްދޭ ތަރައްގީ ފާހަގަކުރައްވާފައިވާ ކަމަށް ބަޔާންކޮށްފައިވާ އިރު އިންޑިޔާގެ އެކްސްޓާނަލް އެފެޔާޒް އިން ނެރުނު ބަޔާނުގައި އެފަދަ އެއްވެސް ކަމެއް ފާހަގަކޮށްފައިނުވާ ކަމަށް ވަނީ ބަޔާންކޮށްފަ އެވެ.

އިންޑިޔާގެ އެކްސްޓާނަލް އެފެޔާޒް އިން ނެރެފައިވާ ސްޓޭޓްމެންޓުގާ ވަނީ އިންޑިޔާގެ ރާއްޖެއަށް ވެދޭ އެހީތެރިކަން ފާހަގަކޮށްފައި ވެއެވެ. އަދި އިންޑިޔާ އިން އަބަދުވެސް ސުލްހަވެރި ހަރުދަނާ ޑިމޮކްރަސީގެ ނިޒާމެއް ގާއިމް ކުރުމަށް ހިއްވަރުދޭނެ ކަމަށް ވަނީ ބަޔާންކޮށްފަ އެވެ.

މީގެ އިތުރުން އިންޑިއަން އެކްސްޕްރެސްގައި ވަނީ، މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ރާއްޖެއަކީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދަރާ މޯދީ ވަޑައިނުގަންނަވާ ހަމައެކަނި ގައުމުގެ ގޮތުގައި ފާހަގަކޮށްފަ އެވެ.

އަވަށްޓެރި އިންޑިއާގެ ޚާރިޖީ އިސް އޮފިޝަލަކު ރާއްޖެއަށް މިފަދަ ދަތުރުފުޅެއް މި ކުރެއްވީ ރައީސް ޔާމީންގެ ސަރުކާރުން ސައުދީ އަރަބިއާ އާއި ޗައިނާއާއެކު ގުޅުން ބަދަހި ކުރަމުންދާ ދަނޑިވަޅެއްގައެވެ.

މިހާރަކަށް އައިސް ރާއްޖެއާ އިންޑިޔާއާ ދެމެދު އޮންނަ ގުޅުމަކީ އެހާ ރަގަޅު ނޫން ގުޅުމެއްކަން ދޭހަވާ ގޮތަށް އިންޑިޔާގެ މީޑިޔާތަކުން ގެނެސްދޭލެއް ވަނީ އިތުރުވެފަ އެވެ.

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި

07 ފެބުރުއަރީ 2017
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި
06 ފެބުރުއަރީ 2017

ސާކް ސަމިޓާ ގުޅިގެން ފުވައްމުލަކުގައި ސެކިއުރިޓީ ބަލަހައްޓަން ބަޔަކާ ހަވާލުކުރުމުގައި ކޮރަޕްޝަނެއްނެތް: އޭސީސީ

06 ފެބުރުއަރީ 2017
ސާކް ސަމިޓާ ގުޅިގެން ފުވައްމުލަކުގައި ސެކިއުރިޓީ ބަލަހައްޓަން ބަޔަކާ ހަވާލުކުރުމުގައި ކޮރަޕްޝަނެއްނެތް: އޭސީސީ
29 ޖެނުއަރީ 2017

ފިޝަރީޒްގެ ސެންޓަރުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

29 ޖެނުއަރީ 2017
ފިޝަރީޒްގެ ސެންޓަރުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
26 ޖެނުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު