Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒްކުރުން

ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒްކުރި މައްސަލާގައި ސުޕްރީމް ކޯޓުން މިއަދު ގޮތެއް ނިންމަނީ!

8 އޮކްޓޯބަރު 2020 | ބުރާސްފަތި 05:36

އެންމެފަހުން ބޭއްވި އަޑުއެހުމުގައި ވަނީ، ދެފަރާތުން ހުލާސާ ބަޔާން އިއްވައި އަޑުއެހުންތައް ވަނީ ނިންމާލާފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 8 އޮކްޓޯބަރު 2020 | ބުރާސްފަތި 05:36
ކުރީގެ ރައީސް ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒްކުރި މައްސަލާގައި ސުޕްރީމް ކޯޓުން އެންމެފަހުން ބޭއްވި އަޑުއެހުމުގެ ތެރެއިން މަންޒަރެއް

ކުރީގެ ރައީސް ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒްކުރި މައްސަލާގައި ސުޕްރީމް ކޯޓުން އެންމެފަހުން ބޭއްވި އަޑުއެހުމުގެ ތެރެއިން މަންޒަރެއް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ބޭންކް އެކައުންޓުތައް ފްރީޒް ކޮށްފައިވާތީ، ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައިވާ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ބުރާސްފަތި ދުވަހަށް ތާވަލްކޮށްފިއެވެ.

ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރުމުގެ އަމުރާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފް މައްސަލައިގެ ޝަރީއަތުގެ އަޑުއެހުން ސުޕްރީމް ކޯޓުގައި ތާވަލުކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ 13:00 އަށެވެ.

Advertisement - newsAdvertisement

މިދިޔަ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު، މި މައްސަލާގައި ބޭއްވި އެންމެފަހު އަޑުއެހުމުގައި ދައުލަތުގެ ފަރާތުންނާއި ރައީސް ޔާމީންގެ ފަރާތުން ހުލާސާ ބަޔާން އިއްވުމަށްފަހު އަޑުއެހުންތައް ވަނީ ނިންމާލާފައެވެ. އެހެންކަމުން، މި މައްސަލާގައި ފަނޑިޔާރުން އިތުރުކަމެއް ސާފުކުރަން ނެތްނަމަ، ބުރާސްފަތި ދުވަހުގެ ޝަރީއަތުގެ އަޑުއެހުމަކީ ހުކުމް ކުރުމަށް ބޭއްވޭ ޝަރީތުގެ މަޖިލީހެވެ.

އެންމެފަހުން ބޭއްވި އަޑުއެހުމުގައި، ދައުލަތުން ދައްކާ ވާހަކަތަކުގައި ދެކޮޅު ޖައްސަން ތަންކޮޅެއް އުނދަގޫ ވާކަމަށް މި މައްސަލަ ބައްލަވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އިސްފަނޑިޔާރު ހުސްނުއް ސުއޫދު ވިދާޅުވިއެވެ. އަދި ފަނޑިޔާރުންގެ ބެންޗުން ވަނީ ދައުލަތުގެ ވަކީލުންނަށް މި މައްސަލާގައި ގިނަ ސުވާލުތަކެއް އަމާޒުކުރައްވާފައެވެ.

އެގޮތުން ފަނޑިޔާރު ސުއޫދު ވިދާޅުވީ، ރައީސް ޔާމީންގެ 8 އެކައުންޓުގައި ހުރީ ޝައްކު ކުރެވޭ އަދި ތުހުމަތު ކުރެވޭ ފައިސާއޭ، ދައުލަތުން ވިދާޅުވާއިރު، އެ 8 އެކައުންޓް ފްރީޒް ކުރުމުގެ އަމުރު ހައިކޯޓުން ބާތިލްކުރުމުން، އޭގެ ފަހުން އަމުރަކަށް އެދިވަޑައިގެންނެވީ، އެތަނުން އެންމެ އެކައުންޓެއް ފްރީޒްކުރަން ކަމަށެވެ. އަދި ދެންހުރި އެކައުންޓައްތައް ފްރީޒް ކުރަން އެދިވަޑައިނުގެންނެވި ނަމަވެސް، އެ 8 އެކައުންޓްގައި ހުރި ފައިސާއަކީ ތުހުމަތުގެ ފައިސާ ކަމަށް ސުޕްރީމް ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ވިދާޅުވާ ކަމަށެވެ.

ފަނޑިޔާރުގެ ސުވާލަށް ޖަވާބުދެއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ، ދެންހުރި އެކައުންޓްތައް ފްރީޒްކުރަން ބޭނުންވިނަމަވެސް، މޮނީޓަރިންގ އަމުރެއްނެތި އެކައުންޓް ފްރީޒް ނުކުރެވޭނެ ކަމަށް ހައިކޯޓުން ނިންމާފައިވާ ކަމަށެވެ. އަދި އިސްލާމިކް ބޭންކް އެކައުންޓުގައި ހުރި ފައިސާ ފްރީޒް ކުރަން ކްރިމިނަލް ކޯޓުން އަމުރެއް ނެރުނީ، އެ އެކައުންޓުގައި ހުރި ފައިސާގެ މައްސަލައެއް މައުލޫއީ ގޮތެއްގައި ކުރިއަށް ގެންގޮސް އެ ކޯޓުން ސާބިތުވާކަމަށް ނިންމާފައިވާ މައްސަލައަކަށްވާތީ އެކަމުގެ މައްޗަށް ރިއާޔަތްކޮށް ކަމަށެވެ.

އޭގެއިތުރުން، ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުން ބާތިލް ކުރުމުން، 8 އެކައުންޓް ފްރީޒް ކުރަން އެދެނީ ރައީސްގެ މަގާމުގައި ހުންނެވި ދުވަސްވަރު މުސާރައާ ނުބައްދަލު ގިނަ އަދަދެއްގެ ފައިސާ ރައީސް ޔާމީންގެ އެކައުންޓައް ވަދެފައިވާތީ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. އަދި މިހާރުވެސް ބައެއް މައްސަލަތުގެ ތަހުގީގު ކުރިއަށްދާތީ، ހައިކޯޓުގެ ނިންމުން ބަދަލުކޮށް ދިނުމަށް ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރެއްވީ ކަމަށް ވިދާޅުވިއެވެ.

ދައުލަތުގެ ވަކީލު އިތުރަށް ވިދާޅުވީ، ރައީސް ޔާމީންގެ އެކައުންޓްތަކަށް ވަދެފައިވާ ފައިސާއަކީ، ކުށްކޮށްގެން ހޯދާފައިވާ ފައިސާކަމަށް ތުހުމަތު ކުރެވޭތީ، ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒް ނުކޮށްފިނަމަ، އެ ފައިސާ ދައުލަތަށް އަނބުރާ ހޯދުމަށް ދަތިތަކެއް ކުރިމަތިވެ، ގެއްލުމަކީ ގަބޫލު ކުރެވޭ ކަމެއް ކަމަށެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައިގެ ތެރެއިން އެ ކޯޓުން ވަނީ މި މައްސަލައަށް ވަކިގޮތެއް ޝަރީއަތުން ކަނޑައެޅެންދެން ރައީސް ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒް ކުރުމަށް ވަގުތީ އަމުރެއް ނެރެފައެވެ.

ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ރައީސް ޔާމީންގެ އެކައުންޓުތައް ފްރީޒް ކޮށްފައިވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު 13 ގައެވެ. ކްރިމިނަލް ކޯޓުގެ އަމުރު ހައިކޯޓުން ބާތިލް ކޮށްފައިވަނީ 31 މާރޗު 2019 ގައެވެ. އެއާއެކު، އެ އަހަރުގެ މެއި މަހުގެ 13 ވަނަ ދުވަހު މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަމުން ދައުލަތުން ބުނެފައި ވަނީ، ހައިކޯޓުން ކުރި ހުކުމް ބާތިލް ކުރުމަށް އެދިލައްވާ ކަމަށާއި ރައީސް ޔާމީންގެ އެކައުންޓުގައި ހުރި ފައިސާ ދޫވެއްޖެނަމަ ދައުލަތުން ލިބޭ ފައިސާ ގެއްލިދާނެ ކަމަށް ބެލެވޭ ކަމަށެވެ.

އެގޮތުން ފައިސަލާ ކުރެވޭ ހުކުމެއް ނެރެވެންދެން އެމަނިކުފާނުގެ ނަންފުޅުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަދި މޮރިޝަސް ކޮމާރޝަލް ބޭންކް (އެމްސީބީ) ގައި ހުޅުވާފައިވާ 8 އެކައުންޓުން މުއާމަލާތް ކުރެވޭ ގޮތް ހުއްޓުވުމަށް އެދިލައްވާ ކަމަށް ދައުލަތުން ފާހަގަ ކޮށްފައިވެއެވެ.

މި މައްސަލައިގައި ރައީސް ޔާމީންގެ ދިފާއީ ވަކީލުން ވިދާޅުވެފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ބެލުމުގެ ދަށުގައި ހުރި ފައިސާއަކީ ގެއްލިގެން ދާނެ ފައިސާއެއް ކަމަށް ނުބެލެވޭ ކަމަށާއި އެހެން ކަމުން ހައިކޯޓުގެ އަމުރަށް ތާއީދު ކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ރައީސް ޔާމީންގެ އެކައުންޓުތައް ފްރީޒް ކުރަން ކޯޓުން އަމުރު ކުރީ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނަވައިގެން ގާނޫނާ ހިލާފަށް މާލީ މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ. އެގޮތުން ޔާމީންގެ އެކައުންޓުތައް ފްރީޒް ކޮށްފައިވާކަން ފުލުހުން ހާމަކޮށްފައި ވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު 14 ވަނަ ދުވަހުއެވެ. އޭރު އެމަނިކުފާނުގެ އެކައުންޓްތަކުގައި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހުރި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް