Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޓީސީސީގެ މަހާ ޖައްރާފު

މިހާރު މަހާ ޖައްރާފުގެ ހުރިހާ ފަޅުވެރިންނަކީ ދިވެހިން

7 އޮކްޓޯބަރު 2020 | ބުދަ 18:06

17 ފަޅުވެރިން ތިބޭނެ

އަލީ ސަމާޚް
އަލީ ސަމާޚް | 7 އޮކްޓޯބަރު 2020 | ބުދަ 18:06
މަހާ ޖައްރާފްގެ ފަޅުވެރިންނަށް ދިވެހިން ހަމަޖެއްސުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން

މަހާ ޖައްރާފްގެ ފަޅުވެރިންނަށް ދިވެހިން ހަމަޖެއްސުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން (އެމްޓީސީސި) ގެ ޑްރެޖާ މަހާ ޖައްރާފުގެ ހުރިހާ ފަޅުވެރިން 07 އޮކްޓޯބަރ 2020 ވަނަ ދުވަހު ދިވެހިންނަށް ބަދަލުކޮށްފިއެވެ.

2017 ވަނަ އަހަރު އެމްޓީސީސީއިން ރާއްޖެ ގެނައި މަހާ ޖައްރާފަކީ މި ސަރަހައްދުގައިވެސް އޮތް އެންމެ ބޮޑު އެއް ޑްރެޖަރެވެ. އެމްޓީސީސީން ބުނި ގޮތުގައި ބިދޭސީ ފަޅުވެރިންނާއިއެކު މަސައްކަތް ފެށި މަހާޖައްރާފުގައި ބުދަ ދުވަހުން ފެށިގެން މަސައްކަތް ކުރާނީ 17 ދިވެހިންނެވެ. އެއީ ބޯޓުގެ ކެޕްޓަން، ދެ ޗީފް އޮފިސަރުން، ޗީފް އިންޖިނިއަރު، ސެކަންޑް އިންޖިނިއަރު، 4 ޕައިޕް އޮޕަރޭޓަރުންނާއި އިލެކްޓްރޯ ޓެކްނިކަލް އޮފިސަރުގެ އިތުރުން ކްރޫއިންނާއި ކައްކާއިންނެވެ.

Advertisement - newsAdvertisement

އެމްޓީސީސީން ބުނީ، މަހާ ޖައްރާފުގެ ފަޅުވެރިން ދިވެހިންނަށް ބަދަލުކުރުމުގެ ގޮތުން 2018 ވަނަ އަހަރުން ފެށިގެން ބޯޓުގައި ތިބި ބިދޭސީ ފަޅުވެރިންގެ އިލްމާއި ތަޖުރިބާގެ އެންމެ ފުރިހަމަ ބޭނުން ހިފާ އެ މީހުންގެ ގާތުން ދިވެހި ފަޅުވެރިންނަށް ބޭނުންވާ ތަމްރީން ދީފައިވާނެ ކަމަށެވެ. މަހާ ޖައްރާފްގައި މި ވަގުތު މަސައްކަތް ކުރާ ދިވެހި މުވައްޒަފުންނަކީ މަސައްކަތަށް ގާބިލް މުވައްޒަފުންކަމުގެ ޔަގީީންކަންދޭ އެމްޓީސީސީން ދެއެެވެ.

އެ ކުންފުނިން ބުނީ، މަހާ ޖައްރާފުގައި ދިވެހި ފަޅުވެރިން ބައިތިއްބަން ނިންމި ނިންމުމުގެ ސަބަބުން ބިދޭސީ ފަޅުވެރިންގެ މުސާރައިގެ ގޮތުގައި ދިވެހި ރާއްޖޭއިން ބޭރުވާ ފައިސާ ރާއްޖޭގައި ހިފެހެއްޓި، ދިވެހިންނަށް އިތުރު ވަޒީފާގެ ފުރުސަތުތަކެއް ފަހިވެ އެކަމުގެ ހެޔޮ އަސަރު ރާއްޖޭގެ އިގްތިސާދަށް ކުރާނެ ކަމަށެވެ.

ދިގުމިނުގައި 92.95 މީޓަރު އަދި ފުޅާ މިނުގައި 16.25 މީޓަރު ހުންނަ އައިއެޗްސީގެ އީޒީ ޑްރެޖް ސީރީޒްގެ ހޮޕާ ސަކްޝަން ޑްރެޖާ، މަހާ ޖައްރާފަކީ 50 މީޓަރު އަޑިން ވެލި ނެގުމުގެ ގާބިލްކަން ލިބިފައިވާ އުޅަނދެކެވެ. މިއުޅަނދަށް އެއްފަހަރާ 3,700 ކިއުބިކް މީޓަރުގެ ވެލި ބަރުކުރެވެއެވެ. މަހާ ޖައްރާފް ޑިޒައިން ކޮށްފައިވަނީ ބާރު ދުވުލީގައިވެސް ތެލުގެ ހަރަދު ކުޑަވާނެފަދަ ޓެކޮނޮލޮޖީއާ އެކުގައެވެ. އެ އުޅަނދަކީ ތިމާވެއްޓަށް ގެއްލުން ނުލިބޭ ފަދަ ގޮތަކަށް ބިން ހިއްކުމުގެ ގާބިލްކަން ލިބިފައިވާ އުޅަނދެކެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު

11 ފެބުރުއަރީ 2017
އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު
09 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި

09 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި
08 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް

08 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް
08 ފެބުރުއަރީ 2017

މިއަދުވެސް ދިވެހިން ތަހަމަލްކުރަމުން މިގެންދަނީ ބަގާވާތުގެ ހިތި ނަތީޖާ: މާރިޔާ

08 ފެބުރުއަރީ 2017
މިއަދުވެސް ދިވެހިން ތަހަމަލްކުރަމުން މިގެންދަނީ ބަގާވާތުގެ ހިތި ނަތީޖާ: މާރިޔާ
06 ފެބުރުއަރީ 2017

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް
02 ފެބުރުއަރީ 2017

ރައީސް ނަޝީދު ލަންކާގައި ދިރިއުޅުންވާ ދިވެހިންނާ ބައްދަލުކުރައްވާފި

02 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި ދިރިއުޅުންވާ ދިވެހިންނާ ބައްދަލުކުރައްވާފި
31 ޖެނުއަރީ 2017

ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި

31 ޖެނުއަރީ 2017
ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް