Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލީހުގެ ސީޓިންގ އެރޭންޖްމަންޓް

ދިރާސާ ބުރަވަނީ ސިޔާސީ ޕާޓީތައް ވަކިވަކިން މެމްބަރުން ތަޅުމުގައި ތިއްބަވާ ގޮތަށް

ރިޔާސީ ނިޒާމު އޮންނަ 45 ގައުމެއްގެ ޤާނޫނު ހަދާ މަޖިލީހުގައި މެމްބަރުން ތިއްބަވާ ގޮތް މިދިރާސާގައި ހިމެނޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 5 އޮކްޓޯބަރު 2020 | ހޯމަ 07:10
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރާ މާލަމުގައި މެމްބަރުން އިށީންދެވަޑައިގަންނަވާ ތަރުތީބު ބަދަލު ކުރުމަށް އެކަމާއި ގުޅޭގޮތުން ކުރި ދިރާސާއިން ބުރަވެފައިވަނީ ރިޔާސީ ނިޒާމު އޮންނަ ގިނަ ގައުމުތަކުގެ ޤާނޫނު ހަދާ މަޖިލިސް ތަކުގައި މެމްބަރުން އިށީންދެ ވަޑައިގަންނަވާ ތަރުތީބު ހުރީ ޕާޓީތައް ވަކިވަކިން މަޖިލީހުގެ ސީޓިންގ އެރޭންޖްމަންޓް ހުންނަ ގޮތަށެވެ.

މެމްބަރުން އިށީންދެވަޑައިގަންނަވާ ތަރުތީބަށް ބަދަލު ގެނައުމުގެ ކަންކަން ދިރާސާކޮށް ގޮތެއް ނިންމުމަށް އެދި މަޖިލީހުގެ އިދާރާއިން ވަނީ އާންމު ކޮމިޓީއަށް ސިޓީއެއް ފޮނުވާފައެވެ. މިކަމާއި ގުޅޭގޮތުން ކޮމިޓީން ގޮތެއް ނިންމުމާ ހަމަައަށް ދިޔުމުގެ ކުރިން ދުނިޔޭގައި ރިޔާސީ ނިޒާމު އޮންނަ ގައުމުތަކުގެ ޤާނޫނު ހަދާ މަޖިލިސްތަކުގައި ސީޓިންގ އެރޭންޖްމަންޓް ހުންނަ ގޮތުގެ ދިރާސާއެއް ހެދުމަށް އިދާރީ މުވައްޒަފުންގެ ކިބައިން އެކޮމިޓީގެ މުގައްރިރު ހަސަން ލަތީފު ވަނީ އެދިވަޑައިގަންފައި އެވެ.

Advertisement - newsAdvertisement

މި ދިރާސާ ވަނީ އާންމު ކޮމިޓީން އާދިއްތަ ދުވަހު ކުރިޔަށްދިޔަ ބައްދަލުވުމަށް ހުށަހަޅާފައެވެ. އަދި މިކަމާމެދު މަޖިލީހުން އަމަލުކުރުމަށް ކޮމިޓީއަށް ފެންނަ ގޮތްތަކުގެ މައްޗަށް ކޮމިޓީގައި ވަނީ ބަހުސް ކުރިޔަށް ގެންގޮސްފައެވެ.

ދިރާސާ ކޮމިޓީއަށް ހުށަހަޅުއްވަމުން ހަސަން ލަތީފް ވިދާޅުވީ ރިޔާސީ ނިޒާމު އޮންނަ 45 ގައުމެއްގެ ޤާނޫނު ހަދާ މަޖިލީހުގައި މެމްބަރުން ތިއްބަވާ ގޮތް މިދިރާސާގައި ހިމެނޭ ކަމަށެވެ. މިގައުމުތަކުގައި މެމްބަރުން އިށީންދެވަޑައިގެން ތިއްބަވާ ތަރުތީބަށް ބަލާއިރު ގިނަ ގައުމުތަކުގެ ތަރުތީބު ހަމަޖެހިފައިވަނީ މެމްބަރުން އިންތިޚާބުވެފައިވާ ޕާޓީތައް ނިސްބަތްވާ ގޮތަށް އިށީންދެވަޑައިގެން ތިއްބަވާ ގޮތަށް ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

އެގޮތުން މިގައުމުތަކުގައި މަޖިލީހުގެ ރައީސްގެ ކަނާތްފަރާތުން ތިއްބަވަނީ ވެރިކަން ކުރާ ޕާޓީއަށް ނިސްބަތްވާ މެމްބަރުން ކަމަށާއި އަދި ވާތް ފަރާތުގައި ތިއްބަވަނީ އިދިކޮޅު ޕާޓީތަކުގެ މެމްބަރުން ކަމަށާއި އަދި އިދިކޮޅު މެމްބަރުންގެ ފަހަތުގައި އަމިއްލަ މެމްބަރުން ތިއްބަވާ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

މެމްބަރުން ނިސްބަތްވާ ދާއިރާތަކުގެ ތަރުތީބުން މަޖިލީހުގައި މެމްބަރުން އިށީންދެވަޑައިގަންނަވާ ގޮތަށް ރިޔާސީ ނިޒާމެއް އޮތް ގައުމެއްގައި އޮތް ހަމައެކަނި ގައުމަކީ ފިލިޕީންސް ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

މިހާތަނަށް އައިއިރު ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި މެމްބަރުން އިށީންދެވަޑައިގެން ތިއްބަވާފައިވަނީ އެންމެ ކުރިއްސުރެވެސް މެމްބަރުން އިށީންދެވަޑައިގެން ތިއްބަވާ ގޮތަށް ދާއިރާތަކުގެ ތަރުތީބުންނެވެ. މި ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި މެމްބަރުން އިށީންދެވަޑައިގަންނަވާ ތަރުތީބަށް މިހާތަނަށް އައިއިރު ބަދަލު އައިސްފައިނުވަނީ އެކަމާއި މެދު ބަހުސްތަކެއް ނުކުރެވި އަދި ޤާނޫނަކުން ވެސް އެފަދަ ގޮތަކަށް ބަޔާންކޮށްފައި ނުވާތީ ކަމަށް ދެކޭ ކަމަށެވެ.

އަދި މާލޭގެ ދާއިރާތަކުގެ މެމްބަރުން ކުރީގައި ތިއްބެވުމަށްފަހު އުތުރުން ދެކުނުގެ އަތޮޅުތަކަށް ތަރުތީބުވާގޮތަށް މެމްބަރުން އިށީންދެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވަނީ ކޮންކަމެއްގެ މައްޗަށް ބިނާކޮށް ކުރިކަމެއް ކަމެއް އެއްވެސް ލިޔުމަކުން ފެންނަން ނެތް ކަމަށް ދިރާސާގައި ވަނީ ފާހަގަކޮށްފައެވެ.

އަދި ރައްޔިތުންގެ މަޖިލީހުގައި މިހާރު މެމްބަރުން މަސައްކަތް ކުރައްވަނީ އެ މެމްބަރަކު ނިސްބަތްވެވަޑައިގަންނަވާ ޕާޓީގެ ވިސްނުމާއި އެއްގޮތަށް ކަމަށްވާއިރު ޕާޓީތައް ވަކިވަކިން އިށީންދިގެން ތިބޭނަމަ އެމަސައްކަތް ފުޅާދާއިރާއެއްގައި ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް ދިރާސާގައި ބަޔާންކޮށްފައިވެ އެވެ.

މިތަރުތީބަށް ބަދަލު ގެނައުމަށް ޤާނޫނީ ގޮތުން ހުރަހެއް ނެތްކަމަށާއި އެއްވެސް ޤާނޫނަކަށް ބަދަލު ގެންނަން ނުޖެހޭ ކަމަށް ދިރާސާގައި ވަނީ ފާހަގަކޮށްފައެވެ. މިކަން ކުރުމަށް ގަވާއިދަށް ކުދިކުދި ބަދަލުތަކެއް ގެނެސްގެން މިކަން ހަމަޖެހިގެންދާނެ ކަމަށް ދިރާސާގައި ވަނީ ބަޔާންކޮށްފައެވެ.

މިކަމާއި ގުޅޭގޮތުން ކޮމިޓީގައި މެމްބަރުން ވަނީ މައިގަނޑު ދެ ގޮތަކަށް ޚިޔާލު ފާޅުކުރައްވާފައެވެ. ފުރަތަމަ ގޮތަކީ ހ،ށ ތަރުތީބުން ގޮނޑިތައް ހުންނަ ގޮތަށް ތަރުތީބު ކުރުމެވެ. އެގޮތަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެމްބަރ މުހައްމަދު ޝާހިދެވެ. ކޮމިޓީގެ ނައިބު މުގައްރިރު އަދި ތޮއްޑޫ ދާއިރާގެ މެމްބަރ ހަސަން ޝިޔާން ވަނީ ޕާޓީތައް ވަކިވަކިން ތިބޭ ގޮތަށް ހުށަހަޅުއްވާފައެވެ. އެގޮތަށް މެމްބަރުން ތިއްބަވާއިރު ޕާޓީގެ ޕީޖީގެ ލީޑަރާއި ޑެޕިޔުޓީ ޕީޖީ ލީޑަރު ކުރީގައި ތިބޭ ގޮތަށް އެއަށްފަހު ފަހަތުން އަތޮޅުތައް ތަރުތީބުވާ ގޮތަށް އިށީންދެގެން ތިބޭ ގޮތަށް ހަމަޖެއްސުމަށް ހުށަހެޅުއްވިއެވެ. އަދި މިގޮތަށް ތިބޭ ތިބުން ނިންމާނީ އެޕާޓީއަކުން ކަމަށް ވެސް ޝިޔާން ހުށަހެޅުއްވިއެވެ.

ކޮމިޓީގެ ބައްދަލުވުން އާދިއްތަ ދުވަހު ނިންމާލީ ކޮމިޓީގައި މެމްބަރުން ފާޅުކުރެއްވި ޚިޔާލުތަކުގެ މައްޗަށް ބިނާކޮށް ޑްރާފްޓް ރިޕޯޓެއް އެކުލަވާލުމަށެވެ. އަދި އެއަށްފަހު ކޮމިޓީގެ ބައްދަލުވުމެއް ބާއްވާ ކޮމިޓީން ގޮތްތަކެއް ނިންމުމަށެވެ.

ހޯމަ ދުވަހުގެ މެންދުރު 14:00 ކޮމިޓީގެ ބައްދަލުވުމެއް މިކަމާމެދު ގޮތެއް ނިންމުމަށް ވަނީ އެޖެންޑާ ކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސިޔާސީ މިނިވަންކަން ހޯދުމަށް ރައްޔިތުން ތެދުވަން ވެއްޖެ:ޑރ ޖަމީލް

ސިޔާސީ މިނިވަންކަން ހޯދުމަށް ރައްޔިތުން ތެދުވަން ވެއްޖެ:ޑރ ޖަމީލް

09 ފެބުރުއަރީ 2017
ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

03 ފެބުރުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ޖެނުއަރީ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
20251 އަހަރު ކުރިން
އިސްލާމް

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
20224 އަހަރު ކުރިން
ރިޕޯޓު

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި
20215 އަހަރު ކުރިން
ރާއްޖެ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް
20197 އަހަރު ކުރިން
ކުޅިވަރު

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!
20188 އަހަރު ކުރިން
ރާއްޖެ

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު