Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގަސް އެތެރެކުރާ މިންވަރު އިތުރުވުން

ޕެސްޓިސައިޑް ބޭނުން ނުކޮށް ރާއްޖޭގައި ގަސް ނުހެއްދޭ: މިނިސްޓްރީ

4 އޮކްޓޯބަރު 2020 | އާދީއްތަ 20:10

ަގަސްތަކާ ބެހޭ ގިނަ މައުލޫމާތުތައް މިނިސްޓްރީން ދަނީ ފޯރުކޮށްދެމުން

އަމްނާ އިމާދު
އަމްނާ އިމާދު | 4 އޮކްޓޯބަރު 2020 | އާދީއްތަ 20:10
ފަލަސުރުހީ ޕްރޮގްރާމްގެ ތެރެއިން

ފަލަސުރުހީ ޕްރޮގްރާމްގެ ތެރެއިން

ޕެސްޓިސައިޑް ބޭނުން ނުކޮށް ރާއްޖޭގައި ގަސް ނުހެއްދޭ ކަމަށާއި، މަސައްކަތް ކުރަނީ ގަސްހައްދާ ފަރާތްތަކަށް ރަނގަޅު މައުލޫމާތު ފޯރުކޮށްދިނުމަށް ކަަމަށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ބުނެފިއެވެ.

ފަލަސުރުހީ ޕްރޮގްރާމްގައި މިނިސްޓްރީގެ ޑިރެކްޓަރ ޕްލާންޓް އެންޑް ކްރަންޓީން ސެކްޝަން ގާސިދު މުހައްމަދު ވިދާޅުވީ މިދުވަސްވަރު ރާއްޖެއަށް ތަފާތު ވައްތަރުގެ ގަސްތައް އެތެރެ ކުރުން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން މާބަގީޗާ ހައްދާ މީހުންނާއި، ގަހުގެ ވިޔަފާރި ކުރާ މީހުން ވެސް އިތުރުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

ގާސިދު ވިދާޅުވީ ގަސްތަކަށް ޖެހޭ ބައްޔާއި، ގަސްތަކަށް ދޭނެ ފަރުވާއާއި، ގަސް ހައްދާނެ ގޮތްތަކާއި އަދި ގަސްތަކާއި ބެހޭ ގިނަ މައުލޫމާތުތައް މިނިސްޓްރީން ފޯރުކޮށްދެމުންދާ ކަަމަށެވެ. އަދި ގަސްތަކަށް ބޭނުން ކުރާ ގަސްކާނާއާ، ގަސްކާނާ އެތެރެ ކުރާ ފަރާތްތަކުން ވެސް ހޭލުންތެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ގާސިދު ވިދާޅުވިއެވެ.

މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްލައްވާ ގާސިދު ވިދާޅުވީ މީގެ ކުރިން މައުލޫމާތު ފޯރުކޮށްދިނުމުގެ ތަފާތު ޕްރޮގްރާމްތަށް މާލޭގެ އިތުރުން އަތޮޅު ތެރޭގައި ކުރިއަށްދާ ކަމަށެވެ. ނަމަވެސް މިހާރުގެ ހާލަތާއި ގުޅިގެން ފޭސްބުކް، ޓްވިޓަރ މެދުވެރިކޮށް މައުލޫމާތު ހިމެނޭ ޕޯސްޓަރުތަކާއި ވީޑިއޯތައް އާންމު ކުރަމުންދާ ކަމަށް ގާސިދު ވިދާޅުވިއެވެ. ސޯޝަލް މީޑިއާގެ ފްލެޓްފޯމްތަކުން އާންމު ކުރަމުންދާ ސުވާލުތަކަށް ވެސް ޖަވާބުދީ ގަސް އިންދުމަށް ހިތްވަރު ދެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދަނޑުވެރިކަން ކުރާ ފަރާތްތަކަށް މައުލޫމާތު ފޯރުކޮށްދިނުމަށް ޚާއްސަ ހޮޓްލައިންއެއް ގާއިމްކޮށްފައިވާކަން ގާސިދު ފާހަގަކުރެއްވިއެވެ.

ޕެސްޓިސައިޑް ބޭނުން ކުރުމާ ބެހޭ ގޮތުން ގާސިދު ވިދާޅުވީ މިހާރު ފެސްޓިސައިޑް ބޭނުން ނުކޮށް ވެސް ގަސް ނުހެއްދޭ ކަމަށާއި، މި ބޭނުން ކުރުމުގައި ވެސް ދެކޮޅު އޮންނަ ކަމަށެވެ. އެގޮތުން އެބޭނުން ކުރަންވާ ހާލަތްތަކާއި، މިންވަރަށް ބޭނުން ކުރާ ނަމަ ގެއްލުންނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ގާސިދު ވިދާޅުވީ ކުރިއަށް އޮތްތާގައި ޕެސްޓިސައިޑް ކެޓަގަރައިޒް ކުރުމާއި، ދަނޑުވެރިންނަށް މައުލޫމާތު ދޭނެ ގޮތްތަކާއި، ގުދަން ކުރާ ތަންތަނާއި، ވިޔަފާރި ކުރާ ތަންތަން މޮނިޓަރ ކުރެވި އުސޫލުތައް ހެދިގެންދާނެ ކަމަށެވެ.

ދަނޑުވެރިކަމުގެ މިނިސްޓްރީން އަބަދުވެސް މަސައްކަތް ކުރަނީ މީހުންނަށް ޗެލަންޖަކަށް ނުވާނެ ފަދަ ގޮތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށް ގާސިދު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

23 ޖެނުއަރީ 2017
ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
12 ޖެނުއަރީ 2017

އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި

12 ޖެނުއަރީ 2017
އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް