Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕްރޮސެކިއުޓާރ ޖެނެރަލް ހުސައިން ޝަމީމް

ސައްހަ މައުލޫމާތު ހާމަކުރުމަށް މުއައްސަސާތަކުގެ އެއްބާރުލުން މުހިންމު: ޕީޖީ

28 ސެޕްޓެމްބަރު 2020 | ހޯމަ 10:14

މުއައްސަސާތަކުގެ މައުލޫމާތު މިހާރަށްވުރެ ފުޅާކޮށް ފޯރުކޮށްދޭންޖެހޭ

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 28 ސެޕްޓެމްބަރު 2020 | ހޯމަ 10:14
ޕްރޮސެކިއުޓާރ ޖެނެރަލް ހުސައިން ޝަމީމް

ޕްރޮސެކިއުޓާރ ޖެނެރަލް ހުސައިން ޝަމީމް

ސަރުކާރުގެ މުއައްސަސާތަކުން ކުރާ ކަންކަމުގެ ސައްޙަ މައުލޫމާތު ހާމަކުރުމަށް އެ މުއައްސަސާތަކުގެ މައުލޫމާތު މިހާރަށްވުރެ ފުޅާކޮށް ފޯރުކޮށްދޭންޖެހޭ ކަމަށް ޕްރޮސެކިއުޓާރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ދުވަހާ ގުޅިގެން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވީ މީގެ އަހަރުތަކެއް ކުރިން ރާއްޖެ އޮތީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ދާއިރާގައި ޑިމޮކްރެޓިކް އެހެން ގައުމުތަކަށްވުރެ ކުޑަ ތަންކޮޅެއް ފަހަތުގައި ކަމަށާއި ނަމަވެސް 2008 ވަނަ އަހަރަށްފަހު މިދާއިރާއިން ރާއްޖެ ކުރިއަރަމުން އަންނަ ކަމަށެވެ.

Advertisement - newsAdvertisement

ޕީޖީ ޝަމީމް ވިދާޅުވީ، ދައުލަތުގެ ހިންގުމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި މުއައްސަސާތަކުން އެ އިދާރާތަކުގެ ސިޔާސަތުތައް ބައްޓަންކުރަންވާނީ އެތަނަކުން ލިބޭ މައުލޫމާތުތަކެއްގެ މައްޗަށް ކަމަށެވެ. އެގޮތުން އެ އިދާރާތަކުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ތަރައްގީކުރުމުގައި އެ ދާއިރާއަކުން ލިބެންހުރި މައުލޫމާތުގެ ފޯރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ މުހިންމު ކަމެއް ކަމަށެވެ.

ސައްހަ ނޫން މައުލޫމާތުގެ މައްޗަށް ބިނާކޮށް ތަފާތު ވާހަކަތައް ފެތުރުމަކީ އާންމުކޮށް ދިމާވަމުން އަންނަ މައްސަލައެއްކަން ފާހަގަކުރައްވާ ޕީޖީ ވިދާޅުވީ، އެ މައްސަލަތައް ހައްލުކުރެވޭނީ ދައުލަތުގެ މުއައްސަސާތަކުން އެ މުއައްސަސާތަކުގެ މައުލޫމާތު ވީހާވެސް ފަސޭހައިން މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ރައްޔިތުންނަށް ފޯރުކޮށްދީގެން ކަމަށެވެ.

ޕީޖީ ވަނީ މައުލޫމާތު ހޯދާ ލިބިގަތުމުގައި އެމަނިކުފާނު މަސައްކަތް ކުރައްވާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ މަސައްކަތްތައް ރޭވިގެން އެކަންކަން ކުރެވެމުންދާ ގޮތާ ބެހޭ ގޮތުން ވެސް ވާހަކަ ދައްކަވާފައެވެ.

އެގޮތުން މިހާތަނަށް ރާއްޖޭގެ ކޯޓުތަކުގައި ނުބެލި ހުރި މައްސަލަތަކާއި، އެއީ ކޮންކޮން ކުށެއްގެ މައްސަލަތަކެއްކަން ވެސް ބަލާ ހޯދައި، އެ މައުލޫމާތުތައް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ފޯރުކޮށްދެވޭނެ ގޮތަށް ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ކުރައްވާފައިވާ ކަމަށް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

15 މާރިޗު 2017

ބަލިން ރައްކާތެރިވުމަށް ޕަބްލިކް ހެލްތު ލާމަރުކަޒުކޮށް، އަވަސް މައުލޫމާތު ފޯރުކޮށްދޭން ޖެހޭ:ނަޝީދު

15 މާރިޗު 2017
ބަލިން ރައްކާތެރިވުމަށް ޕަބްލިކް ހެލްތު ލާމަރުކަޒުކޮށް، އަވަސް މައުލޫމާތު ފޯރުކޮށްދޭން ޖެހޭ:ނަޝީދު
13 މާރިޗު 2017

ކޮމިޝަނުން ކުރާ ބައެއް ތަހުގީގުތަކަށް އެއްބާރުލުން ނުލިބޭ: އެޗްއާރުސީއެމް

13 މާރިޗު 2017
ކޮމިޝަނުން ކުރާ ބައެއް ތަހުގީގުތަކަށް އެއްބާރުލުން ނުލިބޭ: އެޗްއާރުސީއެމް
13 މާރިޗު 2017

މައުލޫމާތު ނުލިބިގެން މިދިޔަ އަހަރު ހުށަހަޅާފައި ވަނީ 53 މައްސަލަ: އިންފޮމޭޝަން ކޮމިޝަނަރ

13 މާރިޗު 2017
މައުލޫމާތު ނުލިބިގެން މިދިޔަ އަހަރު ހުށަހަޅާފައި ވަނީ 53 މައްސަލަ: އިންފޮމޭޝަން ކޮމިޝަނަރ
14 ފެބުރުއަރީ 2017

ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

14 ފެބުރުއަރީ 2017
ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި
07 ފެބުރުއަރީ 2017

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް