Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެޗްއާރުސީއެމްގެ ރިޕޯޓް

ކޮމިޝަނުން ކުރާ ބައެއް ތަހުގީގުތަކަށް އެއްބާރުލުން ނުލިބޭ: އެޗްއާރުސީއެމް

13 މާރިޗު 2017 | ހޯމަ 15:02

އެޗްއާރުސީއެމް އިން ނެރޭ އަމުރުތަކަށް ތަބާ ނުވާ ފަރާތްތަކާ މެދު ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނަން

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 13 މާރިޗު 2017 | ހޯމަ 15:02
އެޗްއާރުސީއެމްގެ އަހަރީ ރިޕޯޓް ނެރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

އެޗްއާރުސީއެމްގެ އަހަރީ ރިޕޯޓް ނެރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރުސީއެމް) އިން ކުރިއަށް ގެންދާ ބައެއް ތަހުގީގުތަކަށް ދައުލަތުގެ މުއައްސަސާތަކާއި އަމިއްލަ ކުންފުނިތަކާ އަދި އަމިއްލަ ފަރުދުންގެ އެއްބާރުލުން ނުލިބޭ ކަމަށާއި އެހެން ކަމުން ކުރިއަށް އޮތްތަނުގައި އެޗްއާރުސީއެމްގެ ތަހުގީގުތަކަށް އެއްބާރުލުން ނުދޭ ފަރާތްތަށް އެޗްއާރުސީއެމްގެ ގާނޫނުގެ ދަށުން އަމުރު ނެރެގެން ކޮމިޝަނަށް ހާޒިރުކޮށްގެން މައްސަލަތަކުގެ ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް އެޗްއާރުސީއެމް އިން ބުނެފިއެވެ.

އެޗްއާރުސީއެމްގެ އަހަރީ ރިޕޯޓް ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޗްއާރުސީއެމްގެ ނައިބް ރައީސް ޝިފާގް މުފީދު ވިދާޅުވީ ކޮމިޝަން އަށް ހުށަހެޅޭ މައްސަލަތައް އިތުރުވިޔަ ނުދީ އަދި ހުށަހެޅޭ މައްސަލަތައް އަވަސް ކަމާއެކު ތަހުގީގު ކުރުމަށްޓަކައި ފިޔަވަޅުތަކެއް އެޅުމަަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ދައުލަތުގެ މުއައްސަސާތަކުގައި ތިއްބަވާ މީހުންނާ އަދި އެހެން ވެސް ފަރާތްތަކުގެ ތެެރެއިން ކޮމިޝަންގެ ތަހުގީގަށް އެއްބާރުލުން ނުދޭ ފަރާތްތައް ކޮމިޝަންގެ ގާނޫނުގައިވާ ގޮތުގެ މަތިން އަމުރު ނެރެގެން ކޮމިޝަނަށް ހާޒިރުކޮށްގެން ވެސް މައްސަލަތައް ތަހުގީގު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ޝިފާގް ވިދާޅުވީ ކޮމިޝަނުން ކުރިއަށް ގެންދާ ތަހުގީގުތަކަށް ހުރަސްއަޅައި ފަރާތްކާ މެދު ފިޔަވަޅު އެޅުމުގައި އެއްވެސް މީހަކަށް ބެލުމެއް ނޯންނާނެ ކަމަށާއި ކޮމިޝަންގެ ތަހުގީގަށް އެއްބާރުލުން ނުދޭ ހުރިހާ ފަރާތްތައް ވެސް ގާނޫނުގައިވާ ގޮތުގެ މަތިން އަމުރު ނެގެން ކޮމިޝަނަށް ހާޒިރު ކުރާނެ ކަމަށެވެ.

ޝިފާގް ވިދާޅުވީ މައްސަލައެއްގެ ތަހުގީގަށް ކޮމިޝަނަށް ހާޒިރު ވުމަށް އަންގާ ނެރޭ އަމުތަކަށް ތަބާ ނުވެއްޖެ ނަމަ އެ އަމުރަކަށް ތަބާނުވި ފަރާތަކާ ދޭތެރޭ އެޗްއާރުސީއެމްގެ ގާނޫނުގެ ދަށުން އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ކޮމިޝަނުން ކުރުމުންދާ ތަހުގީގުތަކާއި ކޮމިޝަނުން ކުރަމުން ގެންދާ މަސައްކަތްތައް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދެވޭނީ އެޗްއާރުސީއެމްގެ ގާނޫނު ފުރިހަމަ އަށް ތަންފީޒް ކޮށްގެން ކަމަށާއި އެޗްއާރުސީއެމްގެ ގާނޫނު ތަންފީޒް ކުރުމަށްޓައި ކުރަން ޖެހުނު ކޮންމެ ކަމެއް ވެސް ކުރާނެ ކަމަށް ޝިފާގް ވިދާޅުވިއެވެ. އަދި ކޮމިޝަންގެ ގާނޫނު ތަންފީޒް ކުރުމަށް އެއްވެސް ވަރަކަަށް ފަހަތަށް ނުޖެހޭނެ ކަމަށް ވެސް ޝިފާގް ވިދާޅުވިއެވެ.

އެޗްއާރުސީއެމްގެ ނައިބް ރައީސް ވިދާޅުވީ ކޮމިޝަނުން ކުރިއަށް ގެންދާ ބައެއް ތަހުގީގުތަކަށާއި އަދި ހުށަހެޅޭ ބައެއް މައްސަލަތަކަށް ބައެއް ފަރާތްތަކުން އެއްބާރުލުން ނުދިނުމުގެ ސަބަބަުން ކޮމިޝަނުން ބައެއް މައއްސަލަތައް ނިންމާއިރު އެ މައްސަލައެއްގެ މުޢާލާތް ކެނޑޭ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެޗްއާރުސީއެމް އަށް މައްސަލަ ހުށަހަޅާ ބައެއް ފަރާތްތަކަށް ފޫނުބެދޭ ވަރުގެ ބޮޑެތި ގެއްލުންތައް ލިބެމުންދާ ކަމަށާއި އެކަން ހުއްޓުމަކަށް ގެނައުމަށް މިއަހަރު ތެރޭ ކޮމިޝަނުން ހަރުކަށި ފިޔަވަޅުތަކެއް އަޅާނެ ކަމަށް ޝިފާގް ވިދާޅުވިއެވެ. އަދި އެކަމަށްޓަކައި އަޅާ އެންމެ ފުރަތަމަ ފިޔަވަޅަކީ ކޮމިޝަނަށް އެއްބާރުލުން ނުދޭ ފަރާތްތައް އަމުރު ނެރެގެން ކޮމިޝަންގެ ތަހުގީގަށް ހާޒިރު ކުރުން ކަމަށް ޝިފާގް ވިދާޅުވިއެވެ.

މީގެ އިތުރުން ޝިފާގް ވިދާޅުވީ މިހާރު މުޖުތަމައުގައި ހުރި މައްސަލަތަކުގެ ތެރެއިން ހާއްސަ ސަމާލު ކަމެއް ދޭން ޖެހޭ މައްސަލަތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ކުޑަކުދިން މައްސަލަތަކާއި ގައިދީންގެ މައްސަލަތަކާ އަދި ސިއްޙީ ފަރުވާއާ ގުޅުންހުރި މައްސަލަތައް ހިމެނޭ ކަމަށް ޝިފާގް ވިދާޅުވިއެވެ. އަދި އެ މައްސަލަތަކަށް މިއަހަރު ތެރޭ ވަރަށް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށް ޝިފާގް ވިދާޅުވިއެވެ. އަދި ވިދާޅުވީ ކުޑަކުންދިންގެ ހައްގުތައް ހިމާޔަތް ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތައް ހަރަދަނާކޮށް ކުޑަކުންދިންގެ ހައްގުތައް ހިމާޔަތް ކުރުމަށްޓަކައި މިހާރު ރައްޔިތުންގެ މަޖިލީހުގައި އޮތް ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރުމުގެ ބިލް މަޖިލީހުން ވަރަށް އަވަހަށް ފާސްކުރަން ޖެހޭ ކަމަށާއި އެކަން ކޮށްދިނުމަށް އެދޭ ކމަށް ޝިފާގް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ

06 ފެބުރުއަރީ 2017
އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ
05 ފެބުރުއަރީ 2017

އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!

05 ފެބުރުއަރީ 2017
އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!
01 ފެބުރުއަރީ 2017

އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!

01 ފެބުރުއަރީ 2017
އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
24 ޖެނުއަރީ 2017

އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

24 ޖެނުއަރީ 2017
އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
19 ޖެނުއަރީ 2017

ބްރޯޑްކާސްޓިން ކޮމިޝަނުން އެންމެ މަގްބޫލް ޗެނަލާއި އެންމެ މަގްބޫލް ޕްރެސެންޓަރު ހޮވަނީ!

19 ޖެނުއަރީ 2017
ބްރޯޑްކާސްޓިން ކޮމިޝަނުން އެންމެ މަގްބޫލް ޗެނަލާއި އެންމެ މަގްބޫލް ޕްރެސެންޓަރު ހޮވަނީ!
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް