Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނޫސްވެރިކަމުގެ އިނާމު

ނޫސްވެރިކަމުގެ އިނާމު: ޖަޖުންގެ ޕެނަލް ކަނޑައަޅައި މަސައްކަތް ހަވާލުކޮށްފި

އުންމީދީ ނޫސްވެރިޔާއަށް 5 ނޫސްވެރިއެއް ވަނީ ކުރިމަތިލާފަ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 26 ސެޕްޓެމްބަރު 2020 | ހޮނިހިރު 08:51
މިދިޔަ އަހަރު ބޭއްވި ނޫސްވެރިކަމުގެ އެވޯރޑްގެ ތެރެއިން އެވޯޑް ލިބުނު ނޫސްވެރިން

މިދިޔަ އަހަރު ބޭއްވި ނޫސްވެރިކަމުގެ އެވޯރޑްގެ ތެރެއިން އެވޯޑް ލިބުނު ނޫސްވެރިން

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކޮންމެ އަހަރަކުވެސް ބާއްވާ ނޫސްވެރިކަމުގެ އިނާމުގެ 2019 އަށް ލިބިފައިވާ ހުށަހެޅުންތައް އިންސާފު ކުރުމަށް ޓަކައި ފަނޑިޔާރުންގެ ޕެނަލެއް ކަނޑައަޅައި އެ ފަރާތްތަކާ އެ މަސައްކަތް ހަވާލުކޮށްފިއެވެ.

ފަނޑިޔާރުންގެ ޕެނަލްގައި ހިމެނިވަޑައިގަންނަވާ 5 ބޭފުޅުންނަކީ ސަރުކާރުގައި 25 އަހަރު ޚިދުމަތް ކުރައްވާފައިވާ އަދި ހާރިޖީ ދާއިރާގައި 18 އަހަރު ހޭދަކުރައްވައިފާ ޢަބްދުالله ނާޝިދާއި، ފޮޓޯ ޖާނަލިސްޓެއްގެ ގޮތުގައި ގިނަ ދުވަސްތަކެއްގައި މަސައްކަތް ކުރައްވައި ތަޖުރިބާ ހޯދާފައިވާ ޢަލީ ނިޝާން އާއި، ޓީވީ މޯލްޑިވްސްގައި ސީނިއަރ އެޑިޓަރެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވައި ބްރޯޑްކާސްޓިންގ ދާއިރާއިން ގިނަ ތަޖުރިބާތަކެއް ހޯދާފައިވާ މުޙައްމަދު އަފްރާހް އާއި، އިނގިރޭސިވިލާތުގެ ދި މޮންޓްފޯޑް ޔުނިވަރސިޓީއިން ފޮޓޯގްރަފީގެ ދާއިރާއިން މާސްޓަރޒް ހާސިލް ކުރައްވައިފައިވާ އަޝްވާ ފަހީމްއެވެ.

Advertisement - newsAdvertisement

އެމްއެމްސީން ބުނީ އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު 11 ދާއިރާއަކަށް 80 ހުށަހެޅުން ހުށަހަޅާފައިވާ ކަމަށެވެ. މި ފަހަރުގެ އިނާމަށް އެމްއެމްސީން ހުޅުވާލާފައިވަނީ އަލަށް 2 ދާއިރާއެއް އިތުރު ކުރުމަށްފަހުއެވެ. މި ފަހަރު އަލަށް އިތުރު ކޮށްފައިވަނީ ތަޙްޤީގީ ނޫސްވެރިކަން ނުވަތަ އިންވެސްޓިގޭޓިވް ޖާރނަލިޒަމް އާއި ތިމާވެއްޓާއި ދެމެހެއްޓެނެވި ތަރައްޤީ މި 2 ދާއިރާއެވެ.

ޕްރިންޓް ނުވަތަ އޮންލައިނާއި ބްރޯޑްކާސްޓިންގގެ ކެޓަގަރީ ވަކިން ކުރިޔަށްގެންދާ ގޮތަށް ހަމަޖެހިފައިވާއިރު އެންމެ ގިނަ ހުށަހެޅުން ހުށަހަޅާފައިވަނީ ޕްރިންޓް ނުވަތަ އޮންލައިން ކެޓަގަރީއަށެވެ. މުޅި ޖުމްލަ އެކެޓަގަރީއަށް 61 ހުށަހެޅުމެއް ހުށަަހަޅާފައިވާއިރު ބްރޯޑްކާސްޓިންގ ކެޓަގަރީއަށް 14 ހުށަހެޅުމެއް ވަނީ ހުށަަހަޅާފައެވެ.

ދާއިރާތަކަށް ބަލާއިރު އެންމެ ގިނަ ނޫސްވެރިން ނަން ހުށަހަޅާފައިވާ ދާއިރާ އަކީ ފީޗަރ ނުވަތަ ރިޕޯޓެވެ. އެދާއިރާއަށް އޮންލައިން ނުވަތަ ޕްރިންޓް ކެޓެގަރީން 24 ހުށަހެޅުމެއް ހުށަހެޅިއިރު ބްރޯޑްކާސްޓިންގ ކެޓަގަރީން 5 ނޫސްވެރިއަކު ވަނީ އެދާއިރާއަށް ކުރިމަތިލާފައެވެ. ދެން އެންމެ ގިނަ ނޫސްވެރިން ކުރިމަތިލާފައިވަނީ އިޖުތިމާއީ ދާއިރާއަށެވެ.

އެ ދާއިރާއަށް އޮންލައިން ނުވަތަ ޕްރިންޓްގެ ކެޓަގަރީން 10 ނޫސްވެރިއަކު ކުރިމަތިލާފައިވާއިރު ބްރޯޑްކާސްޓިންގ ކެޓަގަރީން އެއް ނޫސްވެރިއަކު ވަނީ ކުރިމަތިލާފައެވެ. ތިން ވަނަ އަށް އެންމެ ގިނަ ނޫސްވެރިން ކުރިމަތިލާފައިވަނީ ސިޔާސީ ދާއިރާއަށެވެ. އެދާއިރާއަށް އޮންލައިން ނުވަތަ ޕްރިންޓްގެ ކެޓަގަރީން 6 ނޫސްވެރިއަކު ކުރިމަތިލާފައިވާއިރު ބްރޯޑްކާސްޓިންގ ކެޓަގަރީން 3 ނޫސްވެެރިއަކު ވަނީ ކުރިމަތިލާފައެވެ.

މީގެ އިތުރުން ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާއަށް ބްރޯޑްކާސްޓިންގ ކެޓަގަރީން އެއްވެސް ނޫސްވެރިއަކު ނަން ހުށަހަޅާފައި ނުވާއިރު ޝަރުޢީ އަދި ޤާނޫނީ ދާއިރާއަށް ވެސް ބްރޯޑްކާސްޓިންގ ކެޓަގަރީން އެއްވެސް ނޫސްވެރިއަކު ކުރިމަތިލާފައިނުވެއެވެ. މި ފަހަރު އެންމެ އުންމީދީ ނޫސްވެރިޔާއަށް 5 ނޫސްވެރިއެއް ވަނީ ކުރިމަތިލާފައެވެ. ނޫސްވެރިންގެ އަގު ވަޒަން ކުރުމުގެ ގޮތުން އެމްއެމްސީން އަންނަނީ 2014 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ އިނާމް ދެމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފީއަލީ ކައިރީގައި ފިލްމް މަންޒަރެއް ނެގޭނީ ހުއްދަ ނަގައިގެން ކަމަށް ކަނޑައަޅައިފި

ފީއަލީ ކައިރީގައި ފިލްމް މަންޒަރެއް ނެގޭނީ ހުއްދަ ނަގައިގެން ކަމަށް ކަނޑައަޅައިފި

14 މާރިޗު 2017
އިބްތިހާލްގެ މައްސަލައިގައި ޝުޒާދު ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށް ހައިކޯޓުން ވެސް ކަނޑައަޅައިފި

އިބްތިހާލްގެ މައްސަލައިގައި ޝުޒާދު ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށް ހައިކޯޓުން ވެސް ކަނޑައަޅައިފި

01 މާރިޗު 2017
ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުން: ބެންކޮކް ދަތުރު، ފައިސާގެ އިނާމު، މަޖުބޫރު!

ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުން: ބެންކޮކް ދަތުރު، ފައިސާގެ އިނާމު، މަޖުބޫރު!

10 ފެބުރުއަރީ 2017
ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

08 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު