Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވަޒީފާއިން ވަކިކުރީ ގޯސްކޮށް

އިބްތިހާލްގެ މައްސަލައިގައި ޝުޒާދު ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށް ހައިކޯޓުން ވެސް ކަނޑައަޅައިފި

އެގޮތައް ނިންމެވީ ތިން ފަނޑިޔާރުންގެ އިއްތިފާގުން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 1 މާރިޗު 2017 | ބުދަ 02:11
ހައިކޯޓް: ޓްރައިބިއުނަލްގެ ނިންމުމަށް ވަނީ ތާއީދުކޮށްފައި

ހައިކޯޓް: ޓްރައިބިއުނަލްގެ ނިންމުމަށް ވަނީ ތާއީދުކޮށްފައި

އިބްތިހާލުގެ މަރުގެ މައްސަލައިގައި، ވ. އަތޮޅު ފެމެލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރުގައި މަސައްކަތް ކުރަމުން ދިޔަ ކައުންސިލަރު އަހުމަދު ޝުޒާދު ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށް ވަޒީފާއާ ބެހޭ ޓްރިބިއުނަލް އިން ނިންމި ނިންމުމަށް ހައިކޯޓުން ވެސް ތާއީދު ކޮށްފިއެވެ.

ހައިކޯޓުން އެ މައްސަލަ އެގޮތަށް ނިންމާފައިވަނީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެ މައްސަލަ ބެއްލެވި ފަނޑިޔާރުންނަކީ ފަނޑިޔާރު އަލީ ސަމީރާއި، އަބްދުﷲ ހަމީދުގެ އިތުރުން އަބްދުއްރައޫފް އިބްރާހީމެވެ. މައްސަލަ ދައުލަތުން އިސްތިއުނާފު ކުރުމުން މައްސަލަ ބެލުމަށްފަހު، ޓްރައިބިއުނަލްގެ ނިންމުމަށް ތާއީދުކޮށް ހައިކޯޓުން އަންގާރަ ދުވަހު ކުރި ހުކުމްގައި ބުނެފައި ވަނީ ޝުޒާދު ވަޒީފާއިން ވަކިކުރީ އިބްތިހާލްގެ ރައްކާތެރިކަން ޔަގީންކުރުމުގައި ވ. އަތޮޅު ފެމެލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި އިހުމާލުވެ، އެފަދަ ކަންކަމުގައި އަމަލުކުރަން އޮންނަ އުސޫލާއެއްގޮތަށް އަމަލުނުކުރި ކަމުގެ ތުހުމަތުގައި ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް ހަވާލުކުރި މަސައްކަތަށް އޭނާ އިހުމާލުވެފައިވާ ކަމަށް ކަނޑައެޅޭނީ އޭނާއާ ހަވާލުކޮށްފައިވާ މަސައްކަތަކީ ކޮބައިކަން އެނގިގެންނާއި އަދި އޭނާ ޚިލާފުވީ އެފަދަ ކަންކަމުގައި އަމަލު ކުރުމަށް ޖެންޑާ މިނިސްޓްރީން ކަނޑައަޅާފައިވާ ކޮން އުސޫލަކާކަން ޝަރީއަތަށް ސާބިތުވާ ހާލަތުގައި ކަމަށް އެ ހުކުމްގައި ވެއެވެ.

ވަޒީފާގެ ބަޔާނެއް ދީފައިނުވާ ކަމަށް ޝުޒާދު ބުނާއިރު، އެފަދަ މައްސަލައެއް ދިމާވުމުން ފެމެލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރުގައި މަސައްކަތްކުރާ ކައުންސިލަރުން އަމަލުކުރަންޖެހޭ ސްޓޭންޑަޑް ޕްރޮސީޖާ އަކީ ކޮބައިކަން ސާފުކޮށްދިނުމަށް ދައުލަތަށް ދިން ފުރުސަތުގައި އެއްވެސް ލިޔުމެއް ހުށަހަޅާފައިނުވާ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.

އިބްތިހާލްގެ މަރާ ގުޅިގެން އިހުމާލުވި ކަމަށް ތުހުމަތުކުރެވޭ ދައުލަތުގެ ފަސް މުވައްޒަފެއްގެ މައްޗަށް ވަނީ ދައުވާ އުފުލައިފަ އެވެ. އޭގެތެރޭގައި ޝުޒާދު ވެސް ހިމެނެއެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި

30 ޖެނުއަރީ 2017
 މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު