Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19 - ގއ. މާމެންދޫގެ ހާލަތު

މާމެންދޫން ޕޮޒިޓިވްވި އާއިލާގައި ހައި ރިސްކު ދެމަފިރިން ހިމެނޭ: ކައުންސިލް ރައީސް

25 ސެޕްޓެމްބަރު 2020 | ހުކުރު 17:22

އާއިލާގައި ހިމެނެނީ ޖުމްލަ 7 މެންބަރުން

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 25 ސެޕްޓެމްބަރު 2020 | ހުކުރު 17:22
ގއ. މާމެންދޫގައި ކަރަންޓީނުކޮށްފައިވާ ސަރަހައްދެއް

ގއ. މާމެންދޫގައި ކަރަންޓީނުކޮށްފައިވާ ސަރަހައްދެއް

ގއ. މާމެންދޫން ކޮވިޑް-19 އަށް ޕޮޒިޓިވްވި އާއިލާގައި އުމުރުން ދުވަސްވީ ހައި ރިސްކު ދެމަފިރިން ހިމެނޭ ކަމަށް އެރަށު ކައުންސިލްގެ ރައީސް މުހައްމަދު ޒަޢީމް ވިދާޅުވެއްޖެއެވެ.

މި މަހުގެ 13 ވަނަ ދުވަހު މާލެއިން މާމެންދޫއަށް ބަދަލުވި އާއިލާގައި ހިމެނެނީ ޖުމްލަ 7 މެންބަރުންނެވެ. އޭގެތެރެއިން ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ 5 މެންބަރުންނެވެ.

Advertisement - newsAdvertisement

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މާމެންދޫ ކައުންސިލްގެ ރައީސް ވިދާޅުވީ، އެ އާއިލާގެ މީހުން ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ މާލެއިން ރަށަށް ގޮސް ކަރަންޓީނުގެ މުއްދަތުގައި ކޮވިޑްގެ އަލާމާތްތަކެއް އުޅޭ ކަމަށް ބުނެ ހެދި ޓެސްޓުތަކުގެ ނަތީޖާ ލިބުމުން ކަމަށެވެ. އޭނާ ވިދާޅުވީ މި އާއިލާގެ ތެރެއިން އެންމެ ދޮށްޓަށް ތިބި ފަސް މީހުން ކޮވިޑަށް ޕޮޒިޓިވްވި އިރު، އެ އާއިލާގައި އުމުރުން 4 އަހަރު އަހަރުގެ ކުއްޖަކާއި 2 މަސް ނުފުރޭ ތުއްތު ކުއްޖަކު ވެސް ކަރަންޓީނުގައި އެގޭގައި ތިބި ކަމަށެވެ.

ޒަޢީމް ވިދާޅުވީ ތުއްތު ދެކުދިންނަށް ވެސް މިހާރު ކޮންމެވެސް ވަރެއްގެ އުނދަގޫތަކެއް ވަމުންދާކަމުގެ މައުލޫމާތު ކައުންސިލަށް ލިބިފައިވާ ކަމަށާއި އެއާއެކު ވީއެންމެ އަވަހަށް އެ ދެކުދިން ޓެސްޓު ކުރުމުގެ މަސައްކަތް ކުރުމަށް ކަމާބެހޭ އިދާރާތަކާއި ގުޅިގެން ކުރިއަށްދާ ކަމަށެވެ.

ޒަޢީމް ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވި އާއިލާ އެއްކޮށް ގއ. ވިލިނގިލީ ކޮވިޑް ފެސިލިޓީއަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ ކަންކަން ވެސް މިހާރު ކުރަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ ހައި ރިސްކު ދެމަފިރިންގެ ހާލު އެހާ ރަނގަޅު ނޫން އިރު، ވީއެންމެ އަވަހަށް އެފަރާތްތައް ވިލިނގިލި ކޮވިޑް ފެސިލިޓީއަށް ގެންދިއުމަކީ މިހާރުން މިހާރަށް ވެސް ކުރުން ވަރަށް މުހިންމު ކަމެއް ކަމަށެވެ.

މާމެންދޫ އުމުރުން ދުވަސްވީ ދެމަފިރިންގެ ތެރެއިން އަންހެން މީހާއަކީ 63 އަހަރުގެ މީހެކެވެ. އަދި ފިރިހެން މީހާގެ އުމުރަކީ 76 އަހަރެވެ.

މިކަމާ ގުޅިގެން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ގއ. ވިލިނގިލީ ހޮސްޕިޓަލްގެ މެނޭޖަރ ޝަރީފް އަހުމަދު ވިދާޅުވީ މާމެންދޫން ޕޮޒިޓިވްވި އާއިލާ ވީއެންމެ އަވަހަށް އެރަށު ކޮވިޑް ފެސިލިޓީއަށް ބަދަލު ކުރުމަށް އެޗްޕީއޭ އާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން މިރޭގެ ވަގުތެއްގައި ނޫންނަމަ މާދަމާ ހެނދުނު އެންމެ ލަސްވެގެން ވެސް އެ އާއިލާ ބަދަލު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވިލިނގިލީ ކޮވިޑް ފެސިލިޓީގައި މިހާރު ވެސް އަންނަނީ އުމުރުން ދުވަސްވީ ދެމަފިރިންނާއި އިތުރު މީހަކަށް ފަރުވާ ދެމުންނެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ

01 ފެބުރުއަރީ 2017
ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ
30 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
26 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް
24 ޖެނުއަރީ 2017

ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި

24 ޖެނުއަރީ 2017
ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި
22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
20 ޖެނުއަރީ 2017

ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

20 ޖެނުއަރީ 2017
ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި
15 ޖެނުއަރީ 2017

ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި

15 ޖެނުއަރީ 2017
ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް