Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކައުންސިލް އިންތިހާބު

ވޯޓާސް ލިސްޓް އާންމުކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ގައިޑްލައިނާ ޚިލާފަށް، ސޮޔެއް ނުކުރާނަން: އެމްޑީޕީ

މިނިވަން، އިންސާފުވެރި އިންތިހާބުތަކެއްކަން ކަށަވަރުކުރުމަކީ އިލެކްޝަންސް ކޮމިޝަންގެ މަސްއޫލިއްޔަތެއް

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 18 އެޕްރީލު 2017 | އަންގާރަ 18:52
އިލެކްޝަންސް ކޮމިޝަން - ވޯޓާސް ލިސްޓުގައި ސޮއިނުކުރާނެކަމަށް އެމްޑީޕީން ބުނޭ

އިލެކްޝަންސް ކޮމިޝަން - ވޯޓާސް ލިސްޓުގައި ސޮއިނުކުރާނެކަމަށް އެމްޑީޕީން ބުނޭ

ލޯކަލް ކައުންސިލް އިންތިޚާބުގައި، ވޯޓްލާން ރަޖިސްޓްރީ ކޮށްފައިވާ މީހުންގެ ލިސްޓް އާންމުކޮށްފައިވަނީ ސްޕްރީމް ކޯޓުގެ ގައިޑްލައިނާއި ހިލާފަށް ކަމަށާއި، ވޯޓާރަސް ލިސްޓުގައި ސޮޔެ ނުކުރާނެކަމަށް އެމްޑީޕީން ބުނެފި އެވެ.

އިދިކޮޅު އެމްޑީޕީން ވަނީ، ލިސްޓުގައި ހުރި މައްސަލަތައް ފާހަގަކޮށް އިލެކްޝަންސް ކޮމިޝަންގެ ރައީސަށް ސިތީއެއް ފޮނުވާފަ އެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ސުލެއިމާނަށް އެމްދީޕީން ފޮނުވި ސިޓީގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަމުރަކާއެކު ނެރިފައިވާ ގައިޑްލައިންގެ ފަސް ވަނަ ނަމްބަރުގައި ކެނޑިޑޭޓުން ނުވަތަ ކެނޑިޑޭޓުން ކަނޑައަޅާ މަންދޫބުން ސައްހަކަމަށް އެއްބަސްވެ، ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާ ލިސްޓެއް ފިޔަވައި އެހެން ލިސްޓެއް ބޭނުން ނުކުރެވޭނެ ކަމަށެވެ. އަދި އެ ލިސްޓުގައި ނަމާއި އެޑްރެހާއި، އައިޑީކާޑް ނަމްބަރު އޮންނަންޖެހޭނެކަމަށް ބުނެފައިވާކަމަށް އެމްޑީޕީގެ ސިތީގައި ބުނެފައިވެއެވެ.

އެމްޑީޕީން ބުނީ ސްޕްރީމް ކޯޓުގެ ގައިޑްލައިންއިން އެގޮތަށް އަންގާފައިވީނަމަވެސް އިލެކްޝަންސް ކޮމިޝަނުން އެފަދަ ލިސްޓެއް އާންމުކޮށްފައިނުވާކަށެވެ.

އެމްޑީޕީން ބުނީ ދިވެހިރާއްޖޭގައި ބޭއްވޭ އިންތިހާބުތަކަކީ، ނުފޫޒެއް އަދި ކޮރަޕްޝަނެއް ނުހިމެނޭ މިނިވަންކަމާއެކު ރައްޔިތުންނަސް ވޮޓުލުމުގެ ހައްޤު ފުރިހަމައަށް އަދާކުރެވޭގޮތަށް ބޭއްވޭ އިންތިހާބުތަކެއްކަން ކަށަވަރުކުރުމަކީއިލެކްޝަންޝް ކޮމިޝަންގެ މަސްއުލިއްޔަތެއް ކަމަށާއި، އިލެކްޝަންސް ކޮމިޝަންގެ މުސްތަޤީލްކަމާއިމެދު ސުވާލުއުފެދޭނެ ނުވަތަ އުފެދިދާނެ އެއްވެސް ކަމެއް ނުކުރުމަކީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ މައްޗަށް ލާޒިމްވެގެންވާކަމެއް ކަމަށެވެ.

އެހެންކަމުން ޕާޓީގެ ފަރާތުން ކުރިމަތިލާފައިވާ ކެނޑިޑޭޓުންނާއި،ޕާތީއާއި ވޮޓުލާ މީހުންގެ ހައްޤުތައް ހިމާޔަތްކޮށް މިނިވަން އިންސާފުވެރި އިންތިހާބެއް ކަށަވަރުކުރުމަށްޓަކައި ޕާޓީގެ ފަރާތުން އަދާކުރަންޖެހޭ ޒިންމާ ފުރިހަމަގޮތުގައި އަދާކޮށްފައިމެނުވީ ލިސްޓުގައި ސޮއިކުރުމަކީ ޕާތީއަށް ދަތި އުދަނގޫ ކަމެއް ކަމަށެވެ.

އެމްޑީޕީން ބުނެފައިވަނީ، ވޯޓާސް ލިސްޓުގައި ތިބި މީހުންގެ އައީޑި ނަންބަރު އެނގެން ނެތް ކަމަށާއި ވޯޓުލާ މީހުންނަކީ ކޮން ބައެއްކަން ނޭނގޭ ކަމަށެވެ. އަދި އެ ލިސްޓުގައި ސޮއި ކުރި ނަމަވެސް ވެރިފައި ވެގެން އަންނާނީ އެ ލިސްޓު ކަމުގެ ޔަގީން ކަމެއް ނެތް ކަމަށެވެ.

އިތުރަށް ކިޔާލަން

15 މާރިޗު 2017

ހައިކޯޓުގެ އެކިގޮފިތަކަށް ފަނޑިޔާރުން ބަދަލުކުރެވޭ ގޮތް ހަދައިފި

15 މާރިޗު 2017
ހައިކޯޓުގެ އެކިގޮފިތަކަށް ފަނޑިޔާރުން ބަދަލުކުރެވޭ ގޮތް ހަދައިފި
02 މާރިޗު 2017

ޖޭއެސްސީއަށް ހައިކޯޓުގެ ފަނޑިޔާރަކު އައްޔަން ނުކުރެވި ހަމަސް

02 މާރިޗު 2017
ޖޭއެސްސީއަށް ހައިކޯޓުގެ ފަނޑިޔާރަކު އައްޔަން ނުކުރެވި ހަމަސް
26 ފެބުރުއަރީ 2017

ހައިކޯޓުގެ އުތުރު ގޮފި ބަންދު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް: ޑީޖޭއޭ

26 ފެބުރުއަރީ 2017
ހައިކޯޓުގެ އުތުރު ގޮފި ބަންދު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް: ޑީޖޭއޭ
21 ފެބުރުއަރީ 2017

ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ

21 ފެބުރުއަރީ 2017
ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ
19 ފެބުރުއަރީ 2017

ހައިކޯޓުގެ އުތުރު ގޮފި ބަންދުކޮށްފި

19 ފެބުރުއަރީ 2017
ހައިކޯޓުގެ އުތުރު ގޮފި ބަންދުކޮށްފި
19 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ
02 ފެބުރުއަރީ 2017

ސްޕެޝިއަލިސްޓް އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ

02 ފެބުރުއަރީ 2017
ސްޕެޝިއަލިސްޓް  އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް