Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕީޕީއެމްގެ ކޯޅުންތައް

ސުލޫކީ ކޮމެޓީ ވާނީ ސަސްޕެންޑްކޮށްފައި، ބާތިލްތަނަކުން ނިންމާ ކޮންމެ ނިންމުމެއް ބާތިލްވާނެ: ރައީސް މައުމޫނު

ސައުދަކީ އަދިވެސް ޕީޕީއެމްގެ މެމްބަރެއް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 18 އެޕްރީލު 2017 | އަންގާރަ 16:39
ރައީސް މައުމޫނު ޕީޕީއެމްއިން ވަކިކޮށްފައިވާ ބައެއް މެމްބަރުންނާއެކު

ރައީސް މައުމޫނު ޕީޕީއެމްއިން ވަކިކޮށްފައިވާ ބައެއް މެމްބަރުންނާއެކު

ޕީޕީއެމްގެ ސުލޫކީ ކޮމެޓީއަކީ ސަސްޕެންދްކޮށްފައިވާ ބާތިލް ކޮމެޓީއެއް ކަމަށާއި، ބާތިލް ތަނަކުން ނިންމާ ކޮންމެ ނިންމުމެއް ބާތިލްވާނެ ކަމަށް ޕީޕީއެމްގެ އިންތިހާބީ ރައީސް މައުމޫނު އަބްދުއްޤައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫނު އަންގާރަ ދުވަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، "އެ ބުނާ ސުލުކީ ކޮމެޓީއަކީ، ސަސްޕެންޑްކޮށްފައިވާ ބާތިލް ކޮމެޓީއެއް" ކަމަށެވެ. އަދި ބާތިލްތަނަކުން ނިންމާ ކޮންމެ ނިންމުމެއް ވާނީ ބާތިލް އެއްޗަކަށް ކަމަށާއި، ޤާނޫނީ ހަމައަކީ އެއީކަމަށް ރައީސް މައުމޫނު ވިދާޅުވި އެވެ.

Advertisement - newsAdvertisement

ޕީޕީއެމްގެ މެމްބަރުކަމުން ވިލިގނލި ދައިރާގެ މެމްބަރު ސައުދު ހުސެއިން ވަކިކުރުމަށް ރައީސް އަބްދުﷲ ޔާމީން ފެކްޝަންގެ ސުލޫކީ ކޮމެޓީން ނިންމި ނިންމުމަށް އިޝާރަތްކުރައްވައި ރައީސް މައުމޫނު ވިދާޅުވެފައި ވަނީ، ސައުދަކީ އަދިވެސް ޕީޕީއެމްގެ މެމްބަރެއް ކަމަށެވެ. އަދި ޕީޕީއެމްގެ ރައީސްގެ ހައިސިއްޔަތުން ސައުދުގެ މަސައްކަތް ފާހަގަކުރައްވާ ކަމަށް ރައީސް މައުމޫނު ވިދާޅުވެފައިވެއެވެ.

ޕީޕީއެމްގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ނިންމާ ކޮންމެ ނިންމުމެއް ބާތިލްވާނެކަމަށް ރައީސް މައުމޫނު ވިދާޅުވިއިރު، ޕީޕީއެމްގެ ސުލޫކީ ކޮމެޓީ ވަނީ ރައީސް މައުމޫނުވެސް ޕާޓީން ވަކިކޮށްފަ އެވެ. އެގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމާއި، މެމްބަރު މުހައްމަދު އަމީތާއި، މެމްބަރު އަހުމަދު ފާރިސް މައުމޫނުވެސް ވަނީ ޕާޓީން ވަކިކޮށްފަ އެވެ. އޭގެއިތުރުންވެސް ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔާ ކޮންމެ ފަރާތެއްގެ މައްސަލަތައްވެސް ބަލައި، ޕީޕީއެމް ސުލޫކީ ކޮމެޓީން ގެންދަނީ އެ ފަރާތްތައް ޕާޓީން ވަކިކުރަމުންނެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ތައުލީމުގެ ބިލް ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލް ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި
14 ފެބުރުއަރީ 2017

ޝަމްއޫން ހަމީދު އަށް ކޮމެޓީން ރުހުމެއް ނުދިން!

14 ފެބުރުއަރީ 2017
ޝަމްއޫން ހަމީދު އަށް ކޮމެޓީން ރުހުމެއް ނުދިން!
14 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

14 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި
12 ފެބުރުއަރީ 2017

ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް

12 ފެބުރުއަރީ 2017
 ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް
12 ފެބުރުއަރީ 2017

ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރަށް ކޮމެޓީން ރުހުންދީފި

12 ފެބުރުއަރީ 2017
ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރަށް ކޮމެޓީން ރުހުންދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު