Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ޝަމްއޫން ހަމީދު އަށް ކޮމެޓީން ރުހުމެއް ނުދިން!

14 ފެބުރުއަރީ 2017 | އަންގާރަ 21:02

ކޮމެޓީން ރުހުން ދިނުމަށް ފާސްކޮށްފައިވަނީ އިބްރާހީމް ޝަފީގް، ސޯސަންގެ، ބ. ގޮއިދޫ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 14 ފެބުރުއަރީ 2017 | އަންގާރަ 21:02
ސިވިލް ސާރވިސް ކޮމިޝަން

ސިވިލް ސާރވިސް ކޮމިޝަން

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަށާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަށް ބޭބޭފުޅު ވިދާޅުވާ ދައުލަތުގެ އިއްޒަތްތެރިއެއް ކަމަށްވާ އަބްދުﷲ ހަމީދުގެ ދަރިކަލުން ޝަމްއޫން ހަމީދުއަށް ރުހުންދޭން ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން ނިންމައިފި އެވެ.

ސިވިލް ސާރވިސް ކޮމިޝަން (ސީއެސްސީ)ގައި ހުސްވެފައިވާ މެމްބަރު ކަމަށް ރުހުން ދިނުމަށް މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓިން ފާސްކޮށްފައި ވަނީ އިބްރާހީމް ޝަފީގް، ސޯސަންގެ، ބ. ގޮއިދޫ އަށެވެ.

Advertisement - newsAdvertisement

ސީއެސްސީއަށް މެމްބަރަކު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން ކުރި އިއުލާނަކާ ގުޅިގެން ކުރިމަތިލި ފަރާތްތަކުގެ ތެރެއިން މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން އިންޓަވިއުކޮށް މާކްސް ދީފައިވަނީ އަށް ފަރާތަކަށެވެ. އެ އަށް މީހުންގެ ތެރެއިން 83.6 މާކްސް ލިބިގެން އެ ކޮމެޓީން ރުހުން ދިނުމަށް ފާސްކޮށްފައިވާއިރު، އަނެއް ހަތް މީހުންނަށް ލިބިފައިވަނީ 75 މާކްސްއަށްވުރެ ދަށުންނެވެ.

ކޮމެޓީން ރުހުން ދިނުމަށް ފާސްވާކަމަށް ނިންމަނީ 75 އިން މަތިން މާކްސް ލިބިގެންނެވެ.

ސީއެސްސީގެ މެމްބަރު ކަމަށް ކުރިމަތިލެއްވި ފަރާތްތަކާއި ލިބިލެއްވި މާކްސް:

  1. އިބްރާހީމް ޝަފީގް، ސޯސަންގެ/ ބ. ގޮއިދޫ އަށް ލިބިލައްވާފައިވަނީ 83.6 މާކްސް
  2. ޝަމްއޫން ހަމީދު، ހ. މީނާޒު/ކ. މާލެ އަށް ލިބިލައްވާފައިވަނީ 69.6 މާކްސް
  3. މަރިޔަމް ނާޒިމް މއ. އެރިޒޯނާ/ކ. މާލެ އަށް ލިބިލައްވާފައިވަނީ 67.2 މާކްސް
  4. އަހުމަދު މޫސާ، ހ. އަމްސާވިލާ/ކ. މާލެ އަށް ލިބިލައްވާފައިވަނީ 67.1 މާކްސް
  5. ފާތުމަތު ނިއުމާ، ގ. ހިމާލިޔާގެ/ކ. މާލެ އަށް ލިބިލައްވާފައިވަނީ 66.8 މާކްސް
  6. އަލީ މުހައްމަދު މަނިކު ދަފްތަރު ރސ 1851، އަށް ލިބިލައްވާފައިވަނީ 63.9 މާކްސް
  7. އިބްރާހީމް ސަލީމް ނޫރާނީގެ/ށ. މަރޮށި އަށް ލިބިލައްވާފައިވަނީ 63.2 މާކްސް
  8. މަރިޔަމް ސައީދާ އިބްރާހީމް، މ. ކޮކާހަނދުވަރު/ކ. މާލެ އަށް ލިބިލައްވާފައިވަނީ 61.4 މާކްސް

ކޮމެޓީން ވަކިގޮތެއް ނިންމި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ނެގޭ ވޯޓުން ބަދަލުކުރުމުގެ ބާރު މަޖިލީހަށް ލިބިގެން ވެއެވެ. އެހެންކަމުން މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން އިންޓަވިއުކޮށް އެންމެ މަތިން މާކްސް ލިބިފައިވާ ތަރުތީބަށް ރިއާޔަތްކޮށް އެ އަށް ނަންފުޅަށް ހުރުން އޮތްތޯ މަޖިލީހުން ވޯޓަށް އެހޭނެ އެވެ. ނަމަވެސް ވޯޓްގައި ބައިވެރިވެވަޑައިގަންނަވާ މެމްބަރުންގެ އަޣްލަބިއްތު، ފުތަރަމަ ލިބިލައްވާ ނަންފުޅަކީ މަޖިލީހުގެ ރުހުން ލިބޭ ނަންފުޅަށް ވެގެންދާނެ އެވެ.

އެންމެ މަތިން ޝަފީގް ކިޔާ ބޭފުޅަކަށް މާކްސް ލިބިލައްވާފައިވާއިރު، ދެވަނައަށް އެންމެ މަތިން މާކް ލިބިލައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އާއިލީ ބޭފުޅެއް ކަމަށްވާ ދައުލަތުގެ އިއްޒަތްތެރިއެއް ކަމަށްވާ ކުރީގެ އެޓޯލްސް މިނިސްޓަރު އަލްމަރްހޫމް އަބްދުﷲ ހަމީދުގެ ދަރިކަލުން ޝަމްއޫން ހަމީދު އެވެ.

ސިވިލް ސާރވިސް ކޮމިޝަނަކީ ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެކެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

13 މެއި 2017

ފަނޑިޔާރު އަލީ ހަމީދު ކްރިމިނަލް ކޯޓަށް ހާޒިރުނުކުރުމަށް ނިންމައިފި

13 މެއި 2017
ފަނޑިޔާރު އަލީ ހަމީދު ކްރިމިނަލް ކޯޓަށް ހާޒިރުނުކުރުމަށް ނިންމައިފި
10 މެއި 2017

ކުޑަކަމުދާތަކެތި ނުދިން ކަމަށް ބުނެ ހާމިދުގެ މައްޗަށް ކުރި ދައުވާގެ ޝަރީއަތް ފަށަނީ

10 މެއި 2017
ކުޑަކަމުދާތަކެތި ނުދިން ކަމަށް ބުނެ ހާމިދުގެ މައްޗަށް ކުރި ދައުވާގެ ޝަރީއަތް ފަށަނީ
04 މެއި 2017

އިންތިހާބު ކަވަރުކުރަން ރާއްޖެ ޓީވީއަށް ފުރުސަތެއް ނުދިން!

04 މެއި 2017
އިންތިހާބު ކަވަރުކުރަން ރާއްޖެ ޓީވީއަށް ފުރުސަތެއް ނުދިން!
03 މެއި 2017

ފޯންގެ ޕިންކޮޑް ނުދިން މައްސަލާގައި ރިޔާޒްގެ މައްޗަށް ހިންގާ ޝަރީޢަތުގެ އަޑުއެހުމެއް މިއަދު

03 މެއި 2017
ފޯންގެ ޕިންކޮޑް ނުދިން މައްސަލާގައި ރިޔާޒްގެ މައްޗަށް ހިންގާ ޝަރީޢަތުގެ އަޑުއެހުމެއް މިއަދު
11 އެޕްރީލު 2017

އެތައް އަހަރަކަށް ފަހު މާލިއްޔަތު ކޮމެޓީން ރިޔާޒް ރަޝީދު ވަކިކޮށްފި

11 އެޕްރީލު 2017
އެތައް އަހަރަކަށް ފަހު މާލިއްޔަތު ކޮމެޓީން ރިޔާޒް ރަޝީދު ވަކިކޮށްފި
02 މާރިޗު 2017

މަޖިލިސް ގަވާއިދު އިސްލާހު ކުރާ ކޮމެޓީން ކުރިއަށް ނުދާތީ މެންބަރު މާރިއާ ފާޑު ވިދާޅުވެއްޖެ

02 މާރިޗު 2017
މަޖިލިސް ގަވާއިދު އިސްލާހު ކުރާ ކޮމެޓީން ކުރިއަށް ނުދާތީ މެންބަރު މާރިއާ ފާޑު ވިދާޅުވެއްޖެ
27 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނާރޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރަން ހުށަހެޅި އަދަދަށް ވުރެ ބޮޑުކޮށް ކޮމެޓީން ފާސްކޮށްފި

27 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނާރޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރަން ހުށަހެޅި އަދަދަށް ވުރެ ބޮޑުކޮށް ކޮމެޓީން ފާސްކޮށްފި
23 ފެބުރުއަރީ 2017

ބޮޑުކުރި އެލަވަންސް ފުލުހުންނަށް ނުދިން މައްސަލަ މަޖިލީހަށް!

23 ފެބުރުއަރީ 2017
ބޮޑުކުރި އެލަވަންސް ފުލުހުންނަށް ނުދިން މައްސަލަ މަޖިލީހަށް!
12 ފެބުރުއަރީ 2017

ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރަށް ކޮމެޓީން ރުހުންދީފި

12 ފެބުރުއަރީ 2017
ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރަށް ކޮމެޓީން ރުހުންދީފި
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް