Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޗެއާޕާސަން އިންތިހާބު

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓްލުން މިއަދު ބާއްވާނީ

ވޯޓުލުން ކުރިއަށް ދަނީ މެންދުރު 2:00 އިން އިރުއޮއްސި 6:00 އަށް

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 10 ފެބުރުއަރީ 2017 | ހުކުރު 00:08
އެމްޑީޕީން މާލޭގައި ކުރިއަށް ގެންދިޔަ ސުލްހަވެރި ހިނގާލުމެއްގެ ތެރެއިން

އެމްޑީޕީން މާލޭގައި ކުރިއަށް ގެންދިޔަ ސުލްހަވެރި ހިނގާލުމެއްގެ ތެރެއިން

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓުލުން ހުކުރު ދުވަހު ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކުރިއަށްދާނެ ކަމަށް އެޕާޓީން ބުނެފިއެވެ.

ދިވެހިރާއްޖޭގެ އެންމެ ބޮޑު އެއް ސިޔާސީ ޕާޓީގެ ޗެއާޕާސަންގެ މަގާމް ހުސްވީ ކުރިން އެމަގާމުގައި ހުންނެވި އަލީ ވަހީދު އިސްތިއުފާ ދެއްވުމުމުނެވެ. އެ މަގާމަށް ކުރިމަތިލައްވާފައި ވަނީ އެމްޑީޕީ ސަރުކާރުގެ ޔޫތު މިނިސްޓަރު އަދި ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންވާ އަލްއުސްތާޒް ހަސަން ލަތީފް އެކަންޏެވެ.

Advertisement - newsAdvertisement

އެމްޑީޕީން ބުނީ ޗެއާޕާސަންގެ އިންތިހާބުގެ ވޯޓުލުން ހުކުރު ދުވަހު މެންދުރު 2:00 އިން އިރުއޮއްސި 6:00 އަށް ކުރިއަށް ދާނެ ކަމަށެވެ. އަތޮޅުތެރޭގެ ރަށްތަކުގައި ވޯޓްލުން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އެމްޑީޕީގެ ހަރުގެތަކުގައެވެ.

މާލޭގައި ދިރިއުޅުންވާ އެޕާޓީގެ މެމްބަރުން ވޯޓްލުމަށް ޖުމްލަ 7 ވޯޓް ފޮށި ވަނީ ބައްޓާފައެވެ.

މާލޭގައި ވޯޓް ފޮށިތަށް ބެހައްޓާފައިވާ ސަރަހައްދުތަށް

  • މާފަންނު ދެކުނު އަދި މެދު ދާއިރާގެ ވޯޓް ފޮށި ބެހެއްޓިފައި ހުންނާނީ މ.ރާޅުފުށި (ޖަވާހިރުމަގު، ކޮރަލް ހޮޓެލް ކުރިމަތި) ގައެވެ.
  • މައްޗަންގޯޅި އުތުރު އަދި ދެކުނު ގެ ވޯޓް ފޮށި ހުންނަނީ ކެފެއިނާ ( އިސްކަންދަރު މަގު) ގައެވެ.
  • ހެންވޭރު އުތުރު، މެދު އަދި ދެނުކު ދާއިރާގެ ވޯޓްފޮށި ބެހެއްޓިފައި ހުންނަނީ ހ. ރަބީއީ މަންޒިލް ( ސޯސަންމަގު) ގައެވެ.
  • މާލޭގައި ދިރިއުޅޭ އައްޑޫ އަދި ފުވައްމުލަކު މެމްބަރުންނަން ހާއްސަކޮށްފައިވާ ވޯޓްފޮށި ބެހެއްޓިފައި ހުންނަނީ އެމްޑީޕީ އޮފީސް ގްރައުންޑު ފްލޯގައެވެ.
  • މާލޭގައި ދިރިއުޅޭ އަތޮޅުތެރޭގެ ރައްޔިތުންނަން ހާއްސަކޮށްގެން ބައްހައްޓާ ވޯޓް ފޮށިތަށް ބެހެއްޓިފައި ހުންނަނީ އެމްޑީޕީ ހަރުގޭގައެވެ.
  • ވިލިމާލޭގައި ވޯޓް ފޮށި ވިލިމާލޭ އެމްޑީޕީ ހަރުގޭގައި ބެހެއްޓުމަށް ނިންމާފައިވާއިރު ހުޅުމާލޭގެ ވޯޓްފޮށި ބެހެއްޓުމަށް ހަމަޖެހިފައި ވަނީ ފިތުރޯނު މަގު ހުންނަ ވޯޓަރސްޕޯޓް ކައިރީގައެވެ.

މީގެ އިތުރުން ސްރީލަންކާގައި ވޯޓްލުން ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ 10/69 އޯލްޑް ނާވަލަ ރޯޑް، ނުގޭގޮޑާގަ އެވެ. މިވަގުތު ސްލީލަންކާގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ޗެއާޕާސަން އިންތިހާބުގެ ވޯޓް ލުމުގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ހަސަން ލަތީފު އެ މަގާމަށް ހޮވިވަޑައިގަންނަވާނީ އެންމެ މަދުވެގެން އެމްޑީޕީގެ މެމްބަރުންގެ ތެރެއިން 5،000 މެމްބަރުންގެ ތާއިދު ލިބުމުންނެވެ.

މެމްބަރުންގެ ތާއިދު ހޯދުމަށް ހަސަން ލަތީފް ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކެމްޕޭއިން ދަތުރުތަށް ކުރައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކައުންސިލް އިންތިހާބުގެ ޕްރައިމަރީގާ 200 ކެންޑިޑޭޓުން ވާދަކުރޭ: ޕީޕީއެމް ޔާމިން ފެކްޝަން

ކައުންސިލް އިންތިހާބުގެ ޕްރައިމަރީގާ 200 ކެންޑިޑޭޓުން ވާދަކުރޭ: ޕީޕީއެމް ޔާމިން ފެކްޝަން

25 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި

ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި

24 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު