Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަންޑުފޮށި ލަންކާއަށް

ރާއްޖެޓީވީގެ އަބުރު ފަންޑުފޮށި ލަންކާއަށް!

ލަންކާގައި ތިބި ގިނަ އަދަދެއްގެ ދިވެހިން ރާއްޖެޓީވީގެ ފަންޑަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދަނީ އެދެމުން

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 18 އެޕްރީލު 2017 | އަންގާރަ 14:21
ރާއްޖެޓީވީއަށް އެހީވުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދަނީ ފަންޑުފޮށި ބަހައްޓަމުން

ރާއްޖެޓީވީއަށް އެހީވުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދަނީ ފަންޑުފޮށި ބަހައްޓަމުން

ރައީސް އަބްދުﷲ ޔާމީންގެ އަބުރާ ބެހުނު ކޮންޓެންޓެއް ބްރޯޑްކާސްޓް ކުރި ކަމަށް ބުނެ ބްރޯޑްކާސްޓިންގ ކޮމިޝަނުން އަމިއްލައަށް އިސްނަގައިގެން ބެލި މައްސަލައެއްގައި އެއް މިލިއަން ރުފިޔާއިން ރާއްޖެޓީ ޖޫރިމަނާ ކުރުމާ ގުޅިގެން އެ ފައިސާ ދެއްކުމަށް ރައްޔިތުންނަށް ފުރުސަތު ދިނުމުގެ ގޮތުން ރާއްޖެ ޓީވީން ހުޅުވި "އަބުރުފުޅު ފަންޑު" ފޮށި ލަންކާގައި ވެސް ބަހައްޓަން ނިންމައިފިއެވެ.

ރާއްޖެޓީވީގެ ބިޒްނަސް ޑިވެލޮޕްމެންޓް މެނޭޖަރު ސިމާނާ އިސްމާއިލްފުޅު ވިދާޅުވީ، ފަންޑު ފޮއްޓެއް ލަންކާގައި ބެހެއްޓުމަށް ނިންމީ ލަންކާގައި ތިބި ގިނަ އަދަދެއްގެ ދިވެހިން ރާއްޖެޓީވީގެ މި ފަންޑަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވެގެން އެދެމުންދާތީ ކަމަށެވެ.

Advertisement - newsAdvertisement

ސިމާނާ ވިދާޅުވީ، އެއްމިލިއަން ރުފިޔާއަކީ ބޮޑު އަދަދެއް ކަމަށާއި، އެދަދު ހަމަކުރުމަށް ރާއްޖެޓީވީގެ ފަރާތުން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އެހެންކަމުން ކޮންމެ ބޭފުޅަކު ވެސް އެބޭފުޅަކަށް ވެވުނު މިންވަރަކުން އެހީތެރިކަން ފޯރުކޮށްދިނުމަކީ ވަރަށް އެދޭ ކަމެއް ކަމަށް ސިމާނާ ވިދާޅުވިއެވެ. ސިމާނާ ވިދާޅުވީ، ކުރީގެ ޖޫރިމަނާ ދެއްކުމަށް ވެސް ގިނަ ދިވެހި ރައްޔިތުންގެ އެއްބާރުލުން ލިބުނު ކަމަށާއި އެ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި މިފަހަރުވެސް އެފަދަ ބޮޑު ތަރުހީބެއް ލިބޭނެކަމަށް ރާއްޖެޓީވީން އުއްމީދުކުރާ ކަމަށް ސިމާނާ ވިދާޅުވިއެވެ.

ލަންކާގައި ބަހައްޓާ ފަންޑު ފޮށި ހުންނާނީ ނާވަލް ރޯޑް ފޯތްލޭން (4TH) 69/10) ގައި ކަމަށް ރާއްޖެޓީވީން ބުންޏެވެ.

ލަންކާގައި އަބުރު ފަންޑްފޮށި ހުންނަ ލޮކޭޝަން ޓްވިޓާ ފޭސް ބުކް އަދި ސޯޝަލް މީޑިއާގެ ވަސީލަތްތަކުގެ އެހީގައި އެނގިގެންދާނެ ކަމަށް ބިޒްސްނަސް ޑިވެލޮޕްމެންޓް މެނޭޖަރު ސިމާނާ ވިދާޅުވިއެވެ.

އަބުރުފުޅު ފަންޑް ހުޅުވުމުގެ އިތުރުން ރާއްޖެޓީވީން ވަނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބޭއިންސާފުން ކަންކަން ކުރިއަށް ގެންދާ ކަމަށް ގަބޫލުކުރާތީ އެ ކޮމިޝަންގެ މެންބަރުންގެ އިތުބާރު ނެތްކަމަށް ގޮވާލާ ޕެޓިޝަނެއްގައި ވެސް ސޮއިކުރަން ފަށާފައެވެ. މި ޕެޓިޝަނުގައި ގިނަ ބަޔަކު ސޮއިކުރަމުން އަންނަ އިރު ރާއްޖެ ޓީވީގެ ހުރިހާ މުވައްޒަފުން ވެސް މިހާރު ވަނީ މި ޕެޓިޝަނުގައި ސޮއިކޮށްފައެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި

04 ފެބުރުއަރީ 2017
ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
29 ޖެނުއަރީ 2017

ރައީސް ނަޝީދު ލަންކާއަށް ވަޑައިގެންފި

29 ޖެނުއަރީ 2017
ރައީސް ނަޝީދު ލަންކާއަށް ވަޑައިގެންފި
28 ޖެނުއަރީ 2017

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017
ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު