Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ

ރައީސް ނަޝީދު ލަންކާއަށް ވަޑައިގެންފި

އެމަނިކުފާނު ލަންކާއަށް ވަޑައިގެންފައި ވަނީ އާދިއްތަ ދުވަހު

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ, ރާއްޖެ އެމްވީ | 29 ޖެނުއަރީ 2017 | އާދީއްތަ 08:33
ކުރީގެ ރައީސް މުހައްމަދު ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު

އިނގިރޭސި ވިލާތުން ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލަންކާއަށް ވަޑައިގަންނަވައިފިއެވެ.

އެމަނިކުފާނު ލަންކާއަށް ވަޑައިގެންފައި ވަނީ އާދިއްތަ ދުވަހު ހެނދުނު އެވެ.

Advertisement - newsAdvertisement

މިދަތުރުފުޅާ ގުޅޭ ގޮތުން އެމްޑީޕީން ރަސްމީކޮށް އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނެތެވެ.

އެމްޑީޕީގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި، ރައީސް ނަޝީދު ކޮލަމްބޯއަށް ވަޑައިގަންނަވަނީ ރާއްޖޭގެ މަޝްރަހާބެހޭ ގޮތުންނާއި އެމްޑީޕީގެ ކަންކަމާ ގުޅޭ ގޮތުން، ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރުންނާއި އެޑްވައިޒަރީ ކޮމިޓީއާ ބައްދަލު ކުރެއްވުމަށެވެ.

ނަމަވެސް މި ބައްދަލުވުމުގެ ރަސްމީ އެޖެންޑާގައި ހިމެނިފައިވާ ކަންކަމެއް އަދި އެނގިވަޑައިނުގަންނަވާ ކަމަށް ވެސް، ރާއްޖެއެމްވީއާ ވާހަކަ ދެއްކެވި އެމްޑީޕީގެ އޮފިޝަލް ވިދާޅުވި އެވެ.

ރައީސް ނަޝީދު ލަންކާއަށް ވަޑައިގަންނަވާތީ، އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް ވަނީ ލަންކާއަށް ގޮސްފަ އެވެ.

އެމްޑީޕީގެ އިސް ބޭފުޅުންނާ ބައްދަލުކުރެއްވުމުގެ އިތުރަށް، ރައީސް ނަޝީދު އެމްޑީޕީގެ އާންމު މެމްބަރުނާއި ސަޕޯޓަރުންނާ ވެސް ބައްދަލުކުރައްވާނެ ކަމަށާއި އެ ބައްދަލުކުރެއްވުން އޮންނާނީ ފެބްރުއަރީ 2 ގައި ކަމަށް ވެސް މައުލޫމާތު ވަނީ ލިބިފަ އެވެ.

މި ސަރުކާރުން ޓެރަރިޒަމްގެ ދައުވާކޮށް 13 އަހަރަށް ޖަލަށް ހުކުމްކޮށްފައިވާ ރައީސް ނަޝީދު އިނގިރޭސި ވިލާތަށް ވަޑައިގެންނެވިތާ މިހާރު ވަނީ އަހަރެއް ފުރިފަ އެވެ. އިނގިރޭސި ވިލާތުގައި ހުންނެވުމަށް ފަހު މީގެ ކުރިން ވެސް އެ މަނިކުފާނު ވަނީ ލަންކާއަށް ވަޑައިގެންފަ އެވެ.

ޖަލު ހުކުމެއްގައި ހުންނެވި ނަމަވެސް، އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ރައީސް ނަޝީދު ލަންކާ އަށް ވަޑައިގަންނަވާ ވާހަކަ އާއި ދިވެހިންނާ ބައްދަލުކުރައްވާ ވާހަކަ އެމްޑީޕީން ދޮގުކުރެއެވެ. އެ ޕާޓީގެ ޗެއާޕާޗަންގެ ނައިމު އަލީ ނިޔާޒް ވިދާޅުވީ ރައީސް ނަޝީދު ލަންކާ އަށް ވަޑައިގަންނަވާ ނަމަ އެކަން ރައީސް ނަޝީދުގެ އޮފީހުން ހާމަކުރާނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި

ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 މެއި
ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ
20251 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟
20242 އަހަރު ކުރިން
މީހުން

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން
20224 އަހަރު ކުރިން
ރިޕޯޓު

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"
20215 އަހަރު ކުރިން
ރިޕޯޓު

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި
20197 އަހަރު ކުރިން
ރާއްޖެ

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު