Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކަރަންޓީނުގައި ތިބޭ މީހުން އަމަލުކުރަން ޖެހޭ އުސޫލ

ޝާހިދަށް ހުއްދަ ދިން ޚާއްސަ އުސޫލުގެ ދަށުން އާންމު ފަރާތްތަކަށްވެސް ހުއްދަ ދީފައިވާނެ: ޑރ ނަޒްލާ

އާންމު ފަރާތްތަކަށްވެސް ބައެއް ކަންކަމުގައި ކަރަންޓީނުގައި ހުންނައިރު ވަކި އުސޫލުތަކެއްގެ ހުއްދަ ދީފައިވާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 22 ސެޕްޓެމްބަރު 2020 | އަންގާރަ 03:42
އިންޑިއާއިން ރާއްޖޭ ބަޖެޓް ސަޕޯޓުގެ ގޮތުގައި ދިން 250 މިލިއަން ޑޮލަރުގެ އެހީ އާ ހަވާލު ކުރުމުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރ ވާހަކަ ދައްކަވަނީ

އިންޑިއާއިން ރާއްޖޭ ބަޖެޓް ސަޕޯޓުގެ ގޮތުގައި ދިން 250 މިލިއަން ޑޮލަރުގެ އެހީ އާ ހަވާލު ކުރުމުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރ ވާހަކަ ދައްކަވަނީ

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ކަރަންޓީނުގައި ހުންނަވާ އިވެންޓެއްގައި ބައިވެރިވެ ވަޑައިގަންފައިވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވާލާފައިވާ އުސޫލުގެ ތެރެއިން ލިބިދޭ ހުއްދައެއްގެ ދަށުން ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ(އެޗްއީއޯސީ) އިން ބުނެފިއެވެ.

ބޭރަށް ކުރެއްވި ދަތުރަކަށް ފަހު، މިދިޔަ ހުކުރު ދުވަހު އެނބުރި ވަޑައިގެން ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރައްވަމުން ގެންދަވާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ އިންޑިއާއިން ރާއްޖެއަށް 250 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. އެކަމާއި ގުޅިގެން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ހިމެނޭ ގޮތަށް ބައެއް އާންމުންގެ ފާޑުކިޔުންތައް ވަނީ އެޗްޕީއޭއަށާއި ސަރުކާރަށް އަމާޒުވެފައެވެ.

Advertisement - newsAdvertisement

އެޗްއީއޯސީން ހޯމަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ކަރަންޓީނުގައި ހުންނަވާ އިވެންޓްތަކުގައި ބައިވެރިވެ ވަޑައިގެންނަވާފައިވަނީ ކޮން އުސޫލަކުންތޯ އާއި އެއީ ވަކި މީހަކަށް ލިބޭ ވަކި ޚާއްސަ ހުއްދައެއްތޯ ނޫސްވެރިން ވަނީ ސުވާލުކޮށްފައެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ އާންމު ފަރާތްތަކަށް ވެސް ބައެއް ކަންކަމުގައި ކަރަންޓީނުގައި ހުންނައިރު ވަކި އުސޫލުތަކެއްގެ މަތިން ވަކި ކަމަކަށް ނިކުންނަންޖެހޭތީ އެޗްޕީއޭއީން މީގެކުރިން ވެސް ހުއްދަ ދީފައިވާނެ ކަމަށެވެ. އެކަމަށް އެޗްޕީއޭއިން ވަކި ޚާއްސަ އުސޫލުތަކެއް އެކުލަވާލާފައިވާ ކަމަށާއި ޝާހިދަށް ހުއްދަ ދެވުނީ ދައުލަތުގެ ފަރާތުން ކޮންމެހެން އަދާކުރަން ޖެހޭ ޒިންމާ އެއް އަދާކުރުމަށް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ އާންމު ފަރާތްތަކުންވެސް ކުއްލިއަކަށް ހެލްތު އިމަރޖެންސީ އެއް ދިމާވެގެން ނުވަތަ އާއިލާގެ މީހަކަށް ކަމެއް ދިމާވެގެން ޖަނާޒާއަކަށް ދާންޖެހިގެންވެސް އެކަމަށް އެދުމުން ހުއްދަ ދީފައި ހުންނާނެ ކަމަށެވެ.

ޝާހިދު ކަރަންޓީނުގައި ހުންނަވާ އިވެންޓްގައި ބައިވެރިވެވަޑައިގަތުމާއި ގުޅިގެން ފާޑުކިޔުންތައް އަމާޒުވުމުން ފޮރިން މިނިސްޓްރީން ބުނެފައިވަނީ އިންޑިއާއިން ރާއްޖެއަށް 250 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ޝާހިދު ބައިވެރިވެވަޑައިގަތީ އެޗްޕީއޭގެ ޚާއްސަ ހުއްދައެއް ހޯއްދަވައިގެންކަމަށެވެ.

އޭގެ އިތުރުން، މި ހަފްތާއާއި އަންނަ ހަފްތާގައިވެސް މުހިއްމު ބައެއް ބައްދަލުވުންތައް އޮތުމުން، އެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް އެޗްޕީއޭއިން ހުއްދަ ދީފައިވާ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ. މި ބައްދަލުވުންތަކުގައި މިނިސްޓަރ ބައިވެރިވެވަޑައިގަންނަވަނީ އެޗްޕީއޭ ގެ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށް ވެސް މިނިސްޓްރީން މައުލޫމާތު ދެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން  %79 ކުދިން ވަނީ ފާސްވެފައި

ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން %79 ކުދިން ވަނީ ފާސްވެފައި

23 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ޖެނުއަރީ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
20251 އަހަރު ކުރިން
އިސްލާމް

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
20224 އަހަރު ކުރިން
ރިޕޯޓު

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި
20215 އަހަރު ކުރިން
ރާއްޖެ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް
20197 އަހަރު ކުރިން
ކުޅިވަރު

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!
20188 އަހަރު ކުރިން
ރާއްޖެ

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު