Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރިޕޯޓު: މުޙައްމަދު ސައިފް ޒާހިރު

ފްރީސްޓައިލް ކިންގް އިތުރު ކުދިން ތަމްރީނުކުރުމުގެ އަޒުމުގައި

ފްރީސްޓައިލް ކުރަން ސައިފް ފެށީ ސްކޫލް ދައުރުގައި މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ރޮނާލްޑީނިއޯގެ ވީޑިއޯއެއް ފެނިގެން

އަތޫފް އާތިފް
އަތޫފް އާތިފް | 21 ސެޕްޓެމްބަރު 2020 | ހޯމަ 18:36
ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފްރީސްޓައިލާ މުޙައްމަދު ސައިފް ޒާހިރު

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފްރީސްޓައިލާ މުޙައްމަދު ސައިފް ޒާހިރު

މުޙައްމަދު ސައިފް ޒާހިރު، އާންމު ނަމުންނަމަ "ސުޕަމޭން" އަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފްރީސްޓައިލާއެވެ. ފްރީސްޓައިލް ކުރުމަކީ ރާއްޖޭގައި އެހާ އާންމު ކަމަކަށް ނުވި ކަމުގައި ވިޔަސް, މަޑުމަޑުން ފްރީސްޓައިލް ކުރުމަށް ޒުވާނުން އަންނަނީ ޝައުގުވެރިކަން ފާޅުކުރަމުންނެވެ.

ރާއްޖޭގައި ބޭއްވުނު އެންމެ ބޮޑު ފްރީސްޓައިލް މުބާރާތް ދެ ފަހަރު ކާމިޔާބުކުރި ސައިފް "ރާއްޖެ.އެމްވީ" އަށް ދިން ހާއްސަ އިންޓަވިއުއެއްގައި ބުނީ ފްރީސްޓައިލް ކުރަން ފެށުނީ ސްކޫލް ދައުރުގައި މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ރޮނާލްޑީނިއޯގެ ވީޑިއޯއެއް ފެނިގެން، ގާތް އެކުވެރިއެއް ކަމަށްވާ ނަޒީރާ އެކުގައި ކަމަށެވެ. އަދި ފްރީސްޓައިލް ކުރުމަށް ދަސްކުރަން އުޅުނު ދުވަހު، ފުރަތަމަ ދަސްކުރަން އުޅުނު ޓްރިކް ހެދުމުން އެކަން ކުރެވޭނެކަން އެނގުން ކަމަށެވެ. އަދި އޭނާ ފްރީސްޓައިލް ކުރަން ފެށިއިރު ރާއްޖޭގައި ފްރީސްޓައިލް ކުރުމަކީ އާންމު ކަމެއް ނޫން ކަމަށް ސައިފް ބުންޏެވެ.

ރާއްޖޭގައި ފްރީސްޓައިލް ކުރުމަށް ބޭނުންވާ ބައިވަރު ކުދިން އުޅޭކަން ފާހަގަކުރަމުން ސައިފް ބުނީ ފްރީސްޓައިލް ކުރާ ކުދިން ނުފެންނަނީ ރާއްޖޭގައި މި ކުޅިވަރަށް އެއްވެސް ވަރަކަށް އަޅާލެވިފައި ނުވާތީ އާއި، ވާދަވެރި މުބާރާތެއް ނުބާއްވާތީ ކަމަށެވެ. އަދި ވާދަވެރި މުބާރާތެއް ބާއްވާނަމަ ފްރީސްޓައިލް ކުރާނެ ބައިވަރު ކުދިން އެބަތިބި ކަމަށާއި، މިހާރު ފްރީސްޓައިލް މުބާރާތެއް ނުބާއްވާތީ ފްރީސްޓައިލް ކުރާ ޒުވާނުން އެކަމަށް ޝައުގުވެރި ނުވާ ކަމަށް ސައިފް ބުންޏެވެ. ސައިފް އިތުރަށް ބުނީ ފްރީސްޓައިލްގެ ހުނަރު ފުޅާކުރުމަށް އެންމެ މުހިންމީ ވާދަވެރި މުބާރާތްތަކެއް ކަމަށާއި، އޭރުން ރާއްޖޭގެ ފްރީސްޓައިލް ކުރާ ޒުވާނުންވެސް މުސްތަގުބަލުގައި ބޭރުގެ ފްރީސްޓައިލް މުބާރާތްތަކުގައި ވާދަކުރާތަން ފެނިގެންދާނެ ކަމަށެވެ.

ފްރީސްޓައިލް ކޮށްގެން މިހާތަނަށް އައިއިރު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ސައިފް ބުނީ ފްރީސްޓައިލް ކޮށްގެން ލިބުނު އެންމެ ބޮޑު ކާމިޔާބީ އަކީ 2010 ވަނަ އަހަރާއި 2012 ވަނަ އަހަރު ބޭއްވުނު ރެޑްބުލް ސްޓްރީޓް ސްޓައިލް މުބާރާތުން ރާއްޖެއިން އެއްވަނަ ހޯދާ. އެ މުބާރާތުގެ ދެވަނަ ބުރުގައި ވާދަކޮށްލުމުގެ ފުރުސަތު ލިބުން ކަމަށެވެ. އަދި އެ މުބާރާތަކީ ފްރީސްޓައިލްގެ ވޯލްޑް ޗެމްޕިއަންޝިޕް މުބާރާތްކަން ސައިފް ވަނީ ފާހަގަކޮށްފައެވެ. އަދި ފްރީސްޓައިލްގެ ފޯރި އިތުރުކުރުމަށް ސައިފް އިސްނަގައިގެން ކުޅިވަރާ ބެހޭ ވުޒާރާއާއެކު ބޭއްވުނު ފްރީސްޓައިލް މުބާރާތް ކާމިޔާބުކަމާއެކު ނިންމާލެވުން އެއީ ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށްވެސް ސައިފް ބުންޏެވެ.

ސައިފް ބުނީ ރެޑްބުލުން ބޭއްވި މުބާރާތް ކުރިއަށްގެންދާނެ ކަމަށް އޭރު ފްރީސްޓައިލް ކުރަން އުޅުނު ފްރީސްޓައިލާސް އުންމީދުކުރި ކަމަށާއި، އެކަމަކު އެ މުބާރާތް ނުބާއްވަން ރެޑްބުލުން ނިންމިކަން އެނގުމުން ފްރީސްޓައިލް ކުރުމަށް އޭރު އުޅުނު ޒުވާނުންގެ ތެރެއިން ގިނަ ޒުވާނުންތަކެއް އެ ދާއިރާ ދޫކޮށް ދިޔަ ކަމަށެވެ. އަދި މިހާރު ފްރީސްޓައިލް ކުރަމުން އަންނަ ޒުވާނުން ދެކެން އެންމެ ބޭނުންވާ ދުވަހަކީ ރާއްޖޭގައި އިތުރު ފްރީސްޓައިލް މުބާރާތްތަކެއް ބޭއްވުން ކަމަށްވެސް ބުންޏެވެ. އެގޮތުން ބޮޑު މުބާރާތަކަށް ފޯކަސް ކުރުމުގެ ބަދަލުގައި ކުދިކުދި މުބާރާތް ބާއްވައިގެން އެ ކުޅިވަރުގެ ފޯރި އިތުރުކުރެވޭނެކަން ސައިފް ވަނީ ފާހަގަކޮށްފައެވެ. އަދި އޭނާ ވަނީ ފްރީސްޓައިލް ކުރުމަކީ ކުޅިވަރެއް ކަމުގައި ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން ބަލައިގަނެފައިވާ ކަމަށް ބުނެފައެވެ.

ސައިފް ބުނީ ފްރީސްޓައިލް ކުރުމަކީ އޭނާ ވަރަށް ކުރާހިތުން ކުރާ ކަމެއް ކަމަށާއި، މިހާރު މަސައްކަތް ކުރަމުން އަންނަނީ އެކެޑަމީއެއް ހަދައިގެން ކުޑަކުދިންނަށް ފްރީސްޓައިލް ކުރަން ދަސްކޮށްދިނުމަށް ކަމަށެވެ. އަދި މިހާރުވެސް ހަތަރު ވަރަކަށް ކުދިންނަށް ފްރީސްޓައިލް ސެޝަންތަކެއް ނަގައިދެމުން އަންނަ ކަމަށްވެސް ސައިފް ބުންޏެވެ.

ފްރީސްޓައިލް ކުރަން ބޭނުންވާ ކުދިންނަށް ދޭން ބޭނުންވާ ނަސޭހަތަކީ ފްރީސްޓައިލް ކުރުމަކީ ނުވާނެ ކަމެއް ނޫން ކަމަށާއި، ހިތްވަރާއެކު ދަސްކުރުމަށް މަސައްކަތް ކޮށްފިނަމަ އެއީ ވާނެ ކަމަށް ކަމަށް ސައިފް ބުންޏެވެ. އަދި އެއީ ކުރިއެރުން ހޯދޭނެ ދާއިރާއެއް ކަމަށްވެސް ސައިފް ބުންޏެވެ.

ފްރީސްޓައިލް ކުރުމުގެ އިތުރުން ސައިފް އަންނަނީ ޒުވާނުން ބާރުވެރިކުރުމަށް އެތައް މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ބޮޑުބެރު ޖެހުމުގެ ދާއިރާގެ އިތުރުން ހުށަހެޅުމުގެ ދާއިރާއިންވެސް ސައިފް އަންނަނީ ވިދާލަމުންނެވެ. މީގެ އިތުރުން ސައިފް އަކީ ޒުވާނުންގެ މަޖިލީހުގައި މުނިފޫހިފިލުވުމުގެ ދާއިރާ ތަމްސީލު ކުރަމުން އަންނަ މެންބަރެވެ.

އިތުރަށް ކިޔާލަން

11 ޖޫން 2017

ރައީސް ޔާމީންގެ ނަންފުޅުގައި ހާލާ އިތުރުފުޅު ހެއްދެވީތަ؟

11 ޖޫން 2017
ރައީސް ޔާމީންގެ ނަންފުޅުގައި ހާލާ އިތުރުފުޅު ހެއްދެވީތަ؟
23 އެޕްރީލު 2017

އަނެއްކާވެސް ރަހުމު ކުޑަ އިތުރު މަރެއް – ދެން ކާކުބާ؟

23 އެޕްރީލު 2017
އަނެއްކާވެސް ރަހުމު ކުޑަ އިތުރު މަރެއް – ދެން ކާކުބާ؟
01 އެޕްރީލު 2017

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

01 އެޕްރީލު 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!
26 މާރިޗު 2017

އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

26 މާރިޗު 2017
އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް
21 ފެބުރުއަރީ 2017

މެޑަމް ފާތުންގެ މަގުބޫލުކަން އިތުރުވަނީ، ދެން ވާނީ ކިހިނެއް؟

21 ފެބުރުއަރީ 2017
މެޑަމް ފާތުންގެ މަގުބޫލުކަން އިތުރުވަނީ، ދެން ވާނީ ކިހިނެއް؟
13 ފެބުރުއަރީ 2017

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަޒީފާ ދިނުން ސިޔާސީ ގޭމަކަށް!

13 ފެބުރުއަރީ 2017
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަޒީފާ ދިނުން ސިޔާސީ ގޭމަކަށް!
03 ފެބުރުއަރީ 2017

އުމުރު ނުފުރޭ ކުދިން ސައިކަލް ދުއްވުމަކީ ދިމާވާ އެންމެ ބޮޑު ގޮންޖެހުން: ޕޮލިސް

03 ފެބުރުއަރީ 2017
އުމުރު ނުފުރޭ ކުދިން ސައިކަލް ދުއްވުމަކީ ދިމާވާ އެންމެ ބޮޑު ގޮންޖެހުން: ޕޮލިސް
19 ޖެނުއަރީ 2017

މައުމޫނުގެ އޮފް ކަނޑާލަން ޔާމީންގެ އިތުރު މަޅިއެއް!

19 ޖެނުއަރީ 2017
މައުމޫނުގެ އޮފް ކަނޑާލަން ޔާމީންގެ އިތުރު މަޅިއެއް!
17 ޖެނުއަރީ 2017

ޗެސް އަކީ ސަމާލުކަން ދިނުން އިތުރުވެ، ވިސްނުން ރަނގަޅުކޮށްދޭ ކުޅިވަރެއް: ސާރާ ޚާދިމް

17 ޖެނުއަރީ 2017
ޗެސް އަކީ ސަމާލުކަން ދިނުން އިތުރުވެ، ވިސްނުން ރަނގަޅުކޮށްދޭ ކުޅިވަރެއް: ސާރާ ޚާދިމް
15 ޖެނުއަރީ 2017

ސޮވެރިން ބޮންޑް އިތުރުވެ، ދަރަނި އިންތިހާއަށް!

15 ޖެނުއަރީ 2017
ސޮވެރިން ބޮންޑް އިތުރުވެ، ދަރަނި އިންތިހާއަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު