Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 އިނގިރޭސިވިލާތުގެ ހާލަތު

އިނގިރޭސިވިލާތުގައި ސެލްފް-އައިސޮލޭޓް އަމުރާ ހިލާފުވާ މީހުން 12،000 ޑޮލަރުން ޖޫރިމަނާކުރަނީ

ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވާން ފެށުމާއެކު ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އައު ފިޔަވަޅުތަކެއް ވަނީ އަޅާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 20 ސެޕްޓެމްބަރު 2020 | އާދީއްތަ 04:24
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޯރިސް ޖޯންސަން

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޯރިސް ޖޯންސަން

ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ނުވަތަ ޑައިރެކްޓް ކޮންޓެކްޓުން އަމިއްލައަށް އެކަހެރިވާން އަންގާ އަމުރާ ޙިލާފުވެއްޖެނަމަ، 10،000 ޕައުންޑް (12،914 އެމެރިކާ ޑޮލަރު) އާ ހަމައަށް ޖޫރިމަނާކުރެވޭ ގޮތަށް ގަވައިދަށް ބަދަލު ގެނެސްފިއެވެ.

އިނގިރޭސިވިލާތުގައި ކޮވިޑް ޖެހިގެން ރިޕޯޓްކުރާ މީހުންގެ އަދަދު އިތުރުވާން ފެށުމާއެކު، ބަލިން ރައްކާތެރިވާން އެ ގައުމުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމަށް ވަނީ ނިންމާފައެވެ. މި ފިޔަވަޅުތަކާ ގުޅޭގޮތުން އެ ގައުމުގެ ބޮޑުވަޒީރު ބޯރިސް ޖޯންސަން ވިދާޅުވީ މި ގަވާއިދަށް އަމަލުކުރަން ފަށާނީ ސެޕްޓެމްބަރު މަހުގެ 28 ގައި ކަމަށެވެ.

މި ގަވާއިދާ ފުރަތަމަ ފަހަރަށް ޚިލާފުވާ މީހަކު ޖޫރިމަނާކުރާނީ 1000 ޕައުންޑުންނެވެ. އެއަށްފަހު ތަކުރާރުކުރާނަމަ 10،000 ޕައުންޑާ ހަމައަށް ޖޫރިމަނާކުރާނެއެވެ. މީގެ އިތުރުން މުވައްޒަފުން އައިސޮލޭޝަނަށް ދިއުން މަނާކޮށް ވަޒީފާގެ ބިރުދައްކާ ވިޔަފާރިތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރެވޭނެއެވެ. އައިސޮލޭޝަނަށް ދާ ފަރާތަކީ މަދުން އާމްދަނީ ލިބޭ ފަރާތެއް ކަމުގައިވަނީނަމަ، 500 ޕައުންޑުގެ އެހީއެއް ލިބޭނެއެވެ.

މިހާރު އަމަލުކުރަމުން އަންނަ ގަވާއިދުގެ ދަށުން ކޮވިޑް-19 ގެ އަލާމާތްތައް ފެންނަން ފަށާތާ މަދުވެގެން 10 ދުވަސް ވަންދެން އެމީހަކު ގޭގައި ހުންނަންޖެހޭނެއެވެ. އަދި އެމީހަކު އުޅޭ ގެއެއްގައި ދިރިއުޅޭ މީހުން 14 ދުވަސްވަންދެން ގެއިން ނުނިކުމެ ގޭގައި މަޑުކުރަން ޖެހޭނެއެވެ.

މިހާތަނަށް އައިއިރު އަމިއްލައަށް އެކަހެރިވާން އަންގާފައިވަނީ އިނގިރޭސިވިލާތަށް "ހައި-ރިސްކް" ގައުމުތަކުން އެތެރެވާ ފަތުރުވެރިން އެކަންޏެވެ. އެހެންނަމަވެސް މިހާރު ކޭސްތައް އިތުރުވާން ފެށުމާއެކު ކޭސްތައް ގިނަ ސަރަހައްދުތަކުގައި މި ގަވާއިދުތަކާއި އެއްގޮތަށް މީހުން އަމަލުކުރޭތޯ ފުލުހުން ބަލަމުން ގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ކޭސްތައް އިތުރުވާން ފެށުމާއެކު ދެވަނަ ލޮކްޑައުން އަކަށް ދިޔުމަށް ޖޯންސަންއަށް ކުރިމަތިކުރުވާ ޕްރެޝަރ ވަނީ ބޮޑުވެފައެވެ. އެގޮތުން އެ ގައުމުގެ ސައިންސްވެރިން ވަނީ ދެ ހަފުތާގެ މުއްދަތަށް ލޮކްޑައުން ކުރުމަށް ޖޯންސަން އަށް ބާރު އަޅަމުންނެވެ. މީޑިޔާ ރިޕޯޓްތައް ބުނާގޮތުން ލޮކްޑައުންއަކަށް ދިއުން ގާތީ، އޮކްޓޯބަރ މަހު ފަހުކޮޅު ޗުއްޓީއަށް ދިޔުމުންނެވެ.

އިތުރަށް ކިޔާލަން

21 މެއި 2020

ސްރީލަންކާގައި ކާފިއުގެ އަމުރާއި ޚިލާފުވެގެން ހައްޔަރުކުރި މީހުންގެ އަދަދު 61،000ށް ވުރެ މައްޗަށް!

21 މެއި 2020
ސްރީލަންކާގައި ކާފިއުގެ އަމުރާއި ޚިލާފުވެގެން ހައްޔަރުކުރި މީހުންގެ އަދަދު 61،000ށް ވުރެ މައްޗަށް!
05 މެއި 2020

ކާފިއުގެ އަމުރާ ޚިލާފުވެގެން ސްރީލަންކާގަ ސާޅީސް ހާހަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފި

05 މެއި 2020
ކާފިއުގެ އަމުރާ ޚިލާފުވެގެން ސްރީލަންކާގަ ސާޅީސް ހާހަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފި
02 މެއި 2020

އިނގިރޭސިވިލާތުގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދުތައް އިޓަލީ އާ އަރާ ހަމަކުރަނީ

02 މެއި 2020
އިނގިރޭސިވިލާތުގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދުތައް އިޓަލީ އާ އަރާ ހަމަކުރަނީ
13 ފެބުރުއަރީ 2020

އިނގިރޭސިވިލާތުގައި ސޯޝަލް މީޑިއާގެ ޒަރީއާއިން ޞައްޙަނޫން މަޢުލޫމާތު ފަތުރާ މީހުންނަށް ފިޔަވަޅު އަޅަނީ

13 ފެބުރުއަރީ 2020
އިނގިރޭސިވިލާތުގައި ސޯޝަލް މީޑިއާގެ ޒަރީއާއިން ޞައްޙަނޫން މަޢުލޫމާތު ފަތުރާ މީހުންނަށް ފިޔަވަޅު އަޅަނީ
14 ޑިސެމްބަރު 2019

ބޯރިސްގެ ކާމިޔާބީއާ މެދު ނުރުހުން ފާޅުކޮށް އިނގިރޭސިވިލާތުގައި މުޒާހަރާ ކުރަނީ

14 ޑިސެމްބަރު 2019
ބޯރިސްގެ ކާމިޔާބީއާ މެދު ނުރުހުން ފާޅުކޮށް އިނގިރޭސިވިލާތުގައި މުޒާހަރާ ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު