Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އުލިގަމުގައި އަޅާ 100 އެނދުގެ ސިޓީ ހޮޓާ

އުލިގަމުގައި އަޅާ ސިޓީ ހޮޓަލަކީ އެންމެ ފުރަތަމަ ހިންގާނެ މަޝްރޫތަކުގެ ތެރެއިން މަޝްރޫއުއެއް: މިނިސްޓަރ މައުސޫމް

އެއީ މިސަރުކާރުން ދެން އެންމެ ފުރަތަމަ ހިންގާ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއް މަޝްރޫއު

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 19 ސެޕްޓެމްބަރު 2020 | ހޮނިހިރު 10:22
އުލިގަމު ސިޓީ ހޮޓާ ހިންގުމަށް ކަނޑައަޅާފައިވާ ބިން

އުލިގަމު ސިޓީ ހޮޓާ ހިންގުމަށް ކަނޑައަޅާފައިވާ ބިން

ހއ. އުލިގަމުގައި ތަރައްގީ ކުރުމަށް އެމްޓީޑީސީ އާ ހަވާލުކުރި 100 އެނދުގެ ޓޫރިސްޓް ހޮޓަލުގެ މަޝްރޫއަކީ، ކުރިއަށް އޮތްތަނުގައި މި ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ ތެރެއިން، ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ހިންގާނެ އެއް މަޝްރޫއުކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

އުލިގަމުގައި އެޅުމަށް ހަމަޖެހިފައިވާ 100 އެނދުގެ ހޯޓާ އެޅުމުގެ މަޝްރޫއު ލަސްވާ ސަބަބު އޮޅުން ފިލުވާލުމަށް "ރާއްޖެއެމްވީ" ގުޅުމުން މިނިސްޓަރު މައުސޫމް ވިދާޅުވީ އުލިގަމުގައި 100 އެނދުގެ ހޮޓާ އެޅުމުގެ މަޝްރޫއުއަކީ، މިސަރުކާރުން ކުރިއަށް އޮތްތަނުގައި ހިންގާނެ އަދި އެންމެ އިސްކަމެއް ދެއްވައިގެން ހިންގާ މަޝްރޫއުތަކުގެ ތެރެއިން މަޝްރޫއެއް ކަމަށާއި އޭގެ އިތުރުންވެސް، އުލިގަމަށް އަންނަ ޔޮޓު ފަދަ އުޅަނދުތަކަށް ބޭނުންވާ ހިދްމަތްތައް އިތުރަށް ތަރައްގީ ކުރުމާއި، ބޮޑު ތިލަދުއްމަތީގައި ހަދާފައިވާ އެއަރޕޯޓްތައް އިތުރަށް ތަރައްގީ ކުރުމާއި، އަދި ހަދަމުންދާ އެއަރޕޯޓްތައް ނިންމައި ހުޅުވުމުގެ މަސައްކަތްތައް ވަރަށް ބާރަށް މިސަރުކާރުން ކުރިއަށް ގެންދާ ކަމަށެެވެ.

Advertisement - newsAdvertisement

މީގެ އިތުރުން މިނިސްޓަރު މައުސޫމް ވިދާޅުވީ، އުލިގަމުގައި 100 އެނދުގެ ހޮޓާ އެޅުމުގެ މަޝްރޫއު ވަރަށް އަވަހަށް ފަށައި، އެ މަޝްރޫއުގެ މައުލޫމާތާއި އިތުރު އުފާވެރި ޚަބަރުތައް ކުރިއަށް އޮތް ދުވަސްތަކުގައި ދިވެހި ރައްޔިތުންނަށް ލިބޭނެ ކަމަށެވެ.

ހއ. އުލިގަމުގައި 100 އެނދުގެ ހޮޓަލެއް ތަރައްގީކުރުމަށް އެމްޓީޑީސީ އާއި ހަވާލުކުރިއިރު، ކޮށްފައިވާ އިންވެސްޓްމެންޓް ދެނެގަތުމަށް ކުއަންޓިޓީ ސަރވޭޔަރެއް ހޯދަން ބޭނުންވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން މީގެ އަހަރެއްހާ ދުވަސްކުރިން އިއުލާންކޮށްފައި ވެއެވެ. އެ މަސައްކަތް ނިމި އެތައް ދުވަހެއްް ވީއިރުބވެސް، އެ ހޮޓަލާ ގުޅޭ އިތުރު އެއްވެސް މަސައްކަތެއް ކުރަމުންނުދާ ކަމަށް އުލިގަމު ކައުންސިލުން ބުނެފައި ވެއެވެ.

އުލިގަމުގައި ސިޓީ ހޮޓަލެއް ތަރައްޤީ ކުރުމަށް މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ކޮށްފައިވާ އިންވެސްޓްމަންޓު ދެނެގަތުމަށް ފަހު އެ މަސައްކަތަށް އަލުން ބިޑަށް ހުޅުވާލާނެ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިދިއަ 2019 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ވިދާޅުވެފައި ވެއެވެ. ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެފައިވަނީ، ހަރަދުތަކުގެ ތަފްސީލު ދެނެގަތުމަށް ފަހު، އެތަން ތަރައްޤީކޮށް ހިންގަން، ބިޑް އުސޫލުން ބަޔަކާ ހަވާލުކުރަން ނިންމާފައިވާ ކަމަށާއި، އެ މަސައްކަތް އެންމެ ރަނގަޅަށް ކުރަން ބޭނުންވާނަމަ ޚަރަދުތަކުގެ ތަފްސީލު ދެނެގަތުމަކީ މުހިއްމު ކަމެއް ކަމަށެވެ.

އުލިގަމުގައި 100 ކޮޓަރީގެ ޓޫރިސްޓު ހޮޓަލެއް ތަރައްގީ ކުރުމަށް 27 ފެބްރުއަރީ 2007 ގައި އެމްޓީޑީސީ އާއި ކުރެވުނު އެގްރީމަންޓު، 21 ޖުލައި 2015 ގައި ވަނީ ބާތިލް ކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި

މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި

30 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު