Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދުނިޔޭގެ ޑިމޮކްރަސީގެ ދުވަސް

ކޮވިޑް-19ގެ ސަބަބުން ކުރިން ހިންގި ހަރަކާތްތައް ހިންގުމަށް އެކަށީގެންވާ މާހައުލެއް ނެތް: އިލެކްޝަން

15 ސެޕްޓެމްބަރު 2020 | އަންގާރަ 05:58

ޒަމާނީ ޑިމޮކްރަސީ އަކީ ރައްޔިތުންގެ ބާރު

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 15 ސެޕްޓެމްބަރު 2020 | އަންގާރަ 05:58
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން - މިއީ ރާއްޖޭގެ އިޖްތިމާޢީ ޙަޔާތުގައި، ދުވަހަކުވެސް ތަޖްރިބާ ކޮށްފައިނުވާ ފަދަ، ބިރުވެރި ނުރައްކާތެރި ރޯގާއެއް ކުރިމަތިވެފައިވާ ދުވަސްވަރެއް

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން - މިއީ ރާއްޖޭގެ އިޖްތިމާޢީ ޙަޔާތުގައި، ދުވަހަކުވެސް ތަޖްރިބާ ކޮށްފައިނުވާ ފަދަ، ބިރުވެރި ނުރައްކާތެރި ރޯގާއެއް ކުރިމަތިވެފައިވާ ދުވަސްވަރެއް

ކޮވިޑް-19ގެ ސަބަބުން ކުރިން ހިންގި ޙަރަކާތްތަކެއް ހިންގުމަށްވެސް އެކަށީގެންވާ މާޙައުލެއްނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ދުނިޔޭގެ ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި އިލެކްޝަންސް ކޮމިޝަނުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، މިއަހަރުގެ ޑިމޮކްރެސީ ދުވަސް ކުރިމަތިލާ މިދުވަސްވަރަކީ، ރާއްޖޭގެ އިޖްތިމާޢީ ޙަޔާތުގައި، ދުވަހަކުވެސް ތަޖްރިބާ ކޮށްފައިނުވާ ފަދަ، ބިރުވެރި ނުރައްކާތެރި ރޯގާއެއް ކުރިމަތިވެފައިވާ ދުވަސްވަރެއް ކަމަށެވެ. މި ރޯގާގެ ބަލިމަޑުކަން މުޅި ދުނިޔެ ތަޙައްމަލު ކުރަމުންދާއިރު، ޑިމޮކްރަސީ ދުވަހުގެ މުނާސަބާ ފާހަގަ ކުރުމަށް ކުރިން ހިންގި ޙަރަކާތްތަކެއް ހިންގުމަށްވެސް އެކަށީގެންވާ މާޙައުލެއް ނެތް ކަމަށެވެ.

Advertisement - newsAdvertisement

ޒަމާނީ ޑިމޮކްރަސީ އަކީ ރައްޔިތުންގެ ބާރު ކަމަށާއި ދިވެހިރާއްޖޭގެ އައު ޤާނޫނުއަސާސީން ދިވެހި ރައްޔިތުންނަށް ވަނީ ރައްޔިތުންގެ ބާރުކަށަވަރުކޮށްދީ، އަސާސީ ޙައްޤުތައް ރައްކާތެރިކޮށްދީފަ ކަމަށް މިބަޔާނުގައި ބުނެފައި ވެއެވެ. އަދި ޒަމާނީ ޑިމޮކްރަސީ ނިޒާމެއްގައި، ދައުލަތް ހިންގުމުގައި، ވެރިކަން ކުރުމުގެބާރާއި، އަދުލު އިންސާފު ޤާއިމް ކުރުމުގެ ބާރާއި، ޤާނޫނު ހެދުމުގެ ބާރު ވަކި ކުރެވިފައި އޮންނަންޖެހޭއިރު، ދިވެހިރާއްޖެ ޑިމޮކްރަސީއަށް ކުރާދަތުރުގައި، ތިން ބާރު ވަކި ކުރެވިފައިވާ ރިޔާސީ ނިޒާމުން، ރާއްޖެއިން ދަނީ ވަރަށް މުހިންމު ތަޖްރިބާތަކެއް ކުރަމުން ކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.

މިގޮތުން، ސަރުކާރު ހިންގުމުގެ ބާރާއި އަދި ޤާނޫނުތައް ހެދުމުގެ ބާރުގައި ތިބޭ ފަރާތްތަކަކީ ރައްޔިތުންގެ ތާއީދާއެކު އިންތިޚާބުވެގެން އަންނަ ބައެއް ކަމަށާއި އެހެންކަމުން، ރިޔާސީ އިންތިހާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވައި، މިނިވަންކަމާއެކު، އިންސާފުވެރިގޮތެއްގައި އެމަޤާމުތަކަށް މީހުން އިންތިޚާބުކުރުމުގެ ބުރަ ޒިންމާއަކީ އިލެކްޝަންސް ކޮމިޝަނުން އުފުލަމުން ގެންދާ ޒިންމާއެއް ކަމަށެވެ.

ރާއްޖޭގައި، ބޭއްވޭ އިންތިޚާބުތަކަކީ ނުފޫޒުން އެއްކިބާވެފައިވާ އިންތިޚާބުތަކެއް ކަމުގައިވާންޖެހޭ ކަމަށާއި އަދި އިންތިޚާބުތަކުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ ހުރިހާ އެންމެން ބައިވެރިވުމީ ޤައުމުގެ މުސްތަޤްބަލަށާއި ޑިމޮކްރަސީ ވަރުގަދަ ކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ. އެހެންކަމުން، މިނިވަން އަދުލުވެރި އިންތިޚާބުތައް ޤައުމުގައި ބޭއްވެންޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ބަޔާނުގައި ބުނެފައި ވެއެވެ.

މިނިވަންކަމާއެކު އަމިއްލަ އިޚްތިޔާރުގައި ވޯޓުލުމަކީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ހައްޤެއް ކަމަށާއި ދިމުޤްރާތީ ނިޒާމެއް ހަރުދަނާކަމާއެކު ދެމެހެއްޓުމަށްޓަކައި، ދިމުޤްރާތީ ނިޒާމްގެ އަސާސްތަކަށް އިޙްތިރާމްކުރާ ރައްޔިތުންތަކެއް އުފެއްދުން މުހިންމު ކަމަށް ވެސް މިބަޔާނުގައި ބުނެފައި ވެއވެެ. އަދި ރައްޔިތުންގެ މެދުގައި ކަމާގުޅޭ އެކަށީގެންވާ މަޢުލޫމާތާއި، ހުނަރުތަކާއި، ސިފަތަކާއި ޤަބޫލުކުރުންތައް އަށަގެންނެވުމަށް ކުރަންޖެހޭ މަސައްކަތްތައް ވަރަށް ގިނަ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. ހޭލުންތެރި އަދި ޒިންމާދާރު ރައްޔިތަކު ބިނާކުރުމަށާއި، ކުރިއަށް އޮތް ޖީލުތަކާ ހަމައަށް ޑިމޮކްރަސީ އާއި ތަރައްޤީއާއި ހަމަޖެހުން ވާރުތަކޮށް ދިނުމަށްޓަކައި މިމަސައްކަތް އިތުރަށް ހަރުދަނާވެ ފުޅާވާންޖެހޭ ކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.

އެހެންކަމުން، ލިބިފައިވާ ޑިމޮކްރެސީގެ ފޮނިމީރުކަން ބޭނުންކުރާއިރު، ޙައްޤުތަކާ އެކުއެކީގައި ޒިންމާތަކެއް ވެސް ވާކަން ޤަބޫލު ކުރަންޖެހޭ ކަމަށާއި ތިމާއަށް ލިބޭ ޙައްޤެއް ބޭނުންކުރުމުގައި އަނެކާއަށް ކުރާނޭ އަސަރު ދެނެގަންނަންޖެހޭ ކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ. މުޖްތަމަޢަކީ އެއްބަޔެއްގެ ގޮތުގައި ތަރުބިއްޔަތުވެ، އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމް ކުރުމުގެ ރަނގަޅު ސިފަ މުޖްތަމަޢުގައި އަށަގެންނެވުމަކީ އެންމެންގެ ޒިންމާއެއްކަމުގައި ދެކުމަށްވެސް އިލެކްޝަންސް ކޮމިޝަނުގެ ބަޔާނުގައި ބުނެފައި ވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

އެމްޔޫއޯގެ ފަރާތުން ރ. އަތޮޅުގައި "ދޮރުން ދޮރަށް" ހަރަކާތްތައް ކުރިއަށް ގެންގޮސްފި

24 ފެބުރުއަރީ 2017
އެމްޔޫއޯގެ ފަރާތުން ރ. އަތޮޅުގައި "ދޮރުން ދޮރަށް" ހަރަކާތްތައް ކުރިއަށް ގެންގޮސްފި
22 ފެބުރުއަރީ 2017

ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ

22 ފެބުރުއަރީ 2017
ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ
22 ފެބުރުއަރީ 2017

ފ އަތޮޅުގައި "ބޮޑު ޕްރޮޖެކްޓެއް" ހިންގިޔަސް އެއަތޮޅުގައި ރައްޔިތުން ދިރިއުޅޭނެ: ޑރ ޚަލީލް

22 ފެބުރުއަރީ 2017
ފ އަތޮޅުގައި "ބޮޑު ޕްރޮޖެކްޓެއް" ހިންގިޔަސް އެއަތޮޅުގައި ރައްޔިތުން ދިރިއުޅޭނެ: ޑރ ޚަލީލް
06 ފެބުރުއަރީ 2017

ރ. މަޑުއްވަރީގައި ހިންގި 3 މާރާމާރީއަކާ ގުޅިގެން 7 މީހަކު ހައްޔަރުކޮށްފި

06 ފެބުރުއަރީ 2017
ރ. މަޑުއްވަރީގައި ހިންގި 3 މާރާމާރީއަކާ ގުޅިގެން 7 މީހަކު ހައްޔަރުކޮށްފި
05 ފެބުރުއަރީ 2017

އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ

05 ފެބުރުއަރީ 2017
އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ
02 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!

02 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!
25 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި

25 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް