Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރުން

ރައީސް ޔާމީންގެ އެކައުންޓުތައް ފްރީޒްކުރި މައްސަލައިގައި ފުލުހުން ޖަވާބުދާރީވުމަށް އިތުރު އަޑުއެހުމެއް ބޭއްވުމަށް ނިންމައިފި

14 ސެޕްޓެމްބަރު 2020 | ހޯމަ 08:30

އެކައުންޓުތައް ފްރީޒްކޮށްފައި ވަނީ 13 ޑިސެމްބަރު 2018 ގައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 14 ސެޕްޓެމްބަރު 2020 | ހޯމަ 08:30
ރައީސް ޔާމީންގެ ބޭންކް އެކައުންޓުތައް ފްރީޒް ކުރި މައްސަލައިގެ ސުޕްރީމް ކޯޓުގައި މިއަދު ކުރިއަށް ދިޔަ އަޑުއެހުމެއްގެ މަންޒަރެއް

ރައީސް ޔާމީންގެ ބޭންކް އެކައުންޓުތައް ފްރީޒް ކުރި މައްސަލައިގެ ސުޕްރީމް ކޯޓުގައި މިއަދު ކުރިއަށް ދިޔަ އަޑުއެހުމެއްގެ މަންޒަރެއް

މަނީ ލޯންޑަރިންގ ކުށް ސާބިތުވެ، ޖަލު ހުކުމެެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ބޭންކް އެކައުންޓުތައް ފްރީޒް ކޮށްފައިވާތީ، ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައިވާ މައްސަލައާއި ގުޅިގެން ފަނޑިޔާރުންގެ ސުވާލުތަކަށް ފުލުހުންގެ ފަރާތުން ޖަވާބު ދެއްވުމަށް އިތުރު އަޑުއެހުމެއް ބޭއްވުމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.

ހޯމަ ދުވަހު ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމަކީ، ރައީސް ޔާމީންގެ ބޭންކު އެކައުންޓްތައް ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު، ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން، އެއަމުރު ބާތިލް ކުރުމުން ދައުލަތުގެ ފަރާތުން ހުށަހެޅި މައްސަލައެކެވެ.

Advertisement - newsAdvertisement

ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މިމައްސަލައިގެ ތެރެއިން ސުޕްރީމް ކޯޓުން ވަނީ މިމައްސަލައަށް ވަކިގޮތެއް ޝަރީއަތުން ކަނޑައެޅެންދެން ރައީސް ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒް ކުރުމަށް ވަގުތީ އަމުރެއް ނެރެފަ އެވެ.

ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒްކުރި މައްސަލާގައި ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުން އަޑުއެހުމެއް ބާއްވައިގެން ކުރިއަށް ގެންދަވާ މިއީ ފުރަތަމަ އަޑުއެހުމެވެ.

ރައީސް ޔާމީންގެ އެކައުންޓުތައް ފްރީޒް ކުރަން ކޯޓުން އަމުރު ކުރީ ރައީސްކަމުގައި ހުންނަވައިގެން ގާނޫނާ ހިލާފަށް މާލީ މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ. އެގޮތުން ޔާމީންގެ އެކައުންޓުތައް ފްރީޒް ކޮށްފައިވާކަން ފުލުހުން ހާމަކޮށްފައި ވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު 14 ވަނަ ދުވަހުއެވެ. އޭރު އެމަނިކުފާނުގެ އެކައުންޓްތަކުގައި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހުރި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ރައީސް ޔާމީންގެ އެކައުންޓުތައް ފްރީޒް ކޮށްފައިވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު 13ގަ އެވެ. ކްރިމިނަލް ކޯޓުގެ މިއަމުރު ހައިކޯޓުން ބާތިލް ކޮށްފައިވަނީ 31 މާރޗު 2019ގަ އެވެ.

އެއާއެކު، އެ އަހަރުގެ މެއި މަހުގެ 13 ވަނަ ދުވަހު މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަމުން ދައުލަތުން ބުނެފައި ވަނީ، ހައިކޯޓުން ކުރި ހުކުމް ބާތިލް ކުރުމަށް އެދިލައްވާ ކަމަށާއި ރައީސް ޔާމީންގެ އެކައުންޓުގައި ހުރި ފައިސާ ދޫވެއްޖެނަމަ ދައުލަތުން ލިބޭ ފައިސާ ގެއްލިދާނެ ކަމަށް ބެލެވޭ ކަމަށެވެ. އެގޮތުން ފައިސަލާ ކުރެވޭ ހުކުމެއް ނެރެވެންދެން އެމަނިކުފާނުގެ ނަންފުޅުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަދި މޮރިޝަސް ކޮމާރޝަލް ބޭންކް (އެމްސީބީ)ގައި ހުޅުވާފައިވާ 8 އެކައުންޓުން މުއާމަލާތް ކުރެވޭ ގޮތް ހުއްޓުވުމަށް އެދިލައްވާ ކަމަށް ދައުލަތުން ފާހަގަ ކޮށްފައިވެއެވެ.

މި މައްސަލައިގައި ރައީސް ޔާމީންގެ ދިފާއީ ވަކީލުން ވިދާޅުވެފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ)ގެ ބެލުމުގެ ދަށުގައި ހުރި ފައިސާއަކީ ގެއްލިގެން ދާނެ ފައިސާއެއް ކަމަށް ނުބެލެވޭ ކަމަށާއި އެހެން ކަމުން ހައިކޯޓުގެ އަމުރަށް ތާއީދު ކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މިމައްސަލާގައި ހޯމަ ދުވަހުގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ހުސްނުއްސޫދު ވަނީ ދައުލަތުގެ ވަކީލުންނާއި އަދި މިމައްސަލަ ތަހުގީގުކުރާ ފުލުސް އޮފިސަރުންނާއި ގިނަ ސުވާލުތަކެއް ކުރިމަތި ކުރުވާފަ އެވެ.

ފަނޑިޔާރު ސުއޫދު ވިދާޅުވީ، ރައީސް ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒް ކުރަން އެދިފައިވާނީ 1 މިލިއަން ޑޮލަރުގެ މަނީ ލޯންޑަރިންގެ މައްސަލައެއްގައި ކަމަށް، އެއަމުރު ހޯދުމަށް ދަށު ކޯޓަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކުން އެނގޭއިރު، މީހެއްގެ މުޅި މިލްކިއްޔާތު ނުވަތަ އެމީހެއްގެ ހުރިހާ އެކައުންޓެއް ފްރީޒްކޮށް، އެމީހަކު ދިރުއުޅުމަށް ބޭނުންވާ ޒަރޫރީ ކަންކަން ކުރުމާއި ޚަރަދުތައް ކުރުމަށް ލިބެންޖެހޭ އޭނާގެ ހުރިހާ ހައްގެއް ހިފެހެއްޓިދާނެތޯ ދައުލަތާއި ފުލުހުންގެ ތަހުގީގު ޓީމަށް ސުވާލު އަމާޒު ކުރައްވާފަ އެވެ. މީގެއިތުރުން ވެސް ގިނަ ސުވާލުތަކެއް ފަނޑިޔާރު ސުއޫދު ކުރެއްވި އެވެ.

މިމައްސަލަ ތަހުގީގު ކުރާ ފުލުސް އޮފިސަރަށް ރަނގަޅަށް ޖަވާބު ދެއްވަން ތައްޔާރު ވެވިފައިނުވާތީ، އިތުރު އަޑުއެހުމެއް ބޭއްވުމަށް ރިޔާސަތުން ވަނީ ނިންމާފަ އެވެ. ނަމަވެސް އަޑުއެހުން ބާއްވާނެ ވަކި ދުވަހެއް އިއުލާން ކުރައްވާފައެއް ނުވެއެވެ.

ރައީސް ޔާމީން ވެސް ވިދާޅުވަނީ އެސްކްރޯ އެކައުންޓަށް ޖަމާކުރި 1 މިލިއަން ޑޮލަރު އެކައުންޓުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ބެލުމުގެ ދަށުގައި ހުރިިއިރު، އަދި އެމަނިކުފާނުގެ އެކައުންޓްތަކުގައި އެތައް ބައިވަރު ފައިސާއެއް ހުއްޓައި ހުރިހާ އެކައުންޓެއް ފްރީޒް ކުރުމަކީ ގާނޫނުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެމަނިކުފާނަކީ ސިޔާސީ ޕާޓީއެއް ހިންގާ، ސިޔާސީ ހަރަކާތް ހިންގާ ބޭފުޅެއް ކަމަށާއި އަދި 1993 ވަނަ އަހަރުން ފެށިގެން އަމިއްލަ ގެދޮރު ކުއްޔަށް ދޫކޮށްގެން ލިބޭ ފައިސާވެސް އެކައުންޓަށް ވަންނަމުންދާނެ ކަމަށެވެ.

ރައީސް ޔާމީންގެ އެކައުންޓުތައް ފްރީޒް ކުރަން ކޯޓުން އަމުރު ކުރީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައިގެން ގާނޫނާ ހިލާފަށް މާލީ މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ. އެގޮތުން ޔާމީންގެ އެކައުންޓުތައް ފްރީޒް ކޮށްފައިވާކަން ފުލުހުން ހާމަކޮށްފައި ވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު 14 ވަނަ ދުވަހުއެވެ. އޭރު އެމަނިކުފާނުގެ އެކައުންޓްގައި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހުރި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް