Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނަފްސާނީ-އިޖްތިމާއީ އެހީތެރިކަން ފޯރުކޮށްދިނުން

ހޯނޑެއްދޫ އާއި މަޑަވެލީގެ ރައްޔިތުންނަށް ނަފްސާނީ އަދި އިޖްތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށައިފި

12 ސެޕްޓެމްބަރު 2020 | ހޮނިހިރު 11:32

މިމަސައްކަތް ކުރަނީ ތިނަދޫގައި ގާއިމްކޮށްފައިވާ ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުން

އަމްނާ އިމާދު
އަމްނާ އިމާދު | 12 ސެޕްޓެމްބަރު 2020 | ހޮނިހިރު 11:32
ގދ.ހޯނޑެއްދޫ، އެރަށުން 38 މީހަކު ކޮވިޑް-19ށް ވަނީ ޕޮޒިޓިވްވެފައި

ގދ.ހޯނޑެއްދޫ، އެރަށުން 38 މީހަކު ކޮވިޑް-19ށް ވަނީ ޕޮޒިޓިވްވެފައި

ކޮވިޑް-19ށް ޕޮޒިޓިވް ގިނަ ކޭސްތަކެއް ގދ. ހޯނޑެއްދޫއިން ފެނުމާއި ގުޅިގެން ގދ. ހޯނޑެއްދޫ އާއި ގދ.މަޑަވެލީގެ ނާޒުކު ހާލަތްތަކުގައިވާ ފަރާތްތަށް ދެނެގަނެ ނަފްސާނީ-އިޖްތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށައިފިއެވެ.

ޖެންޑަރ މިނިސްޓްރީގެ ދަށުން މި މަސައްކަތް ކުރަނީ ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫގައި ގާއިމްކޮށްފައިވާ ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުންނެވެ.

Advertisement - newsAdvertisement

އެގޮތުން ހޯނޑެއްދޫ އަދި މަޑަވެލި ހިމެނޭހެން ދެ ރަށުގައި ތިބި ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުންނާއި ދާންމަތިވެފައިވާ ފަރާތްތަކާއި އެކަނިވެރި މައިންގެ އިތުރުން ފަގީރު ހާލަތުގައި ހިމެނޭ ފަރާތްތަކުގެ މައުލޫމާތު އެއްކޮށް އެ ފަރާތްތަކަށް ގުޅައި ހާލު ބެލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެއެވެ.

ޖެންޑަރ މިނިސްޓްރީން ބުނީ މި މަސައްކަތުގެ ތެރެއިން އެ ދެ ރަށުގެ ކައުންސިލް އިދާރާތަކުން ގޭބިސީ ތަކުގެ ހާލަތު ބަލައި މިނިސްޓްރީގެ ސަމާލު ކަމަށް ގެނެސްފައިވާ އާއިލާތަކުގެ އަސާސީ ބޭނުންތައް ފުއްދުމަށް ވަގުތުން ފޯރުކޮށްދޭންޖެހޭ އެހީގެ ތަކެތި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެހީތެރިކަމާއެކު އެ އާއިލާތަކަށް ފޯރުކޮށްދީފައިވާ ކަމަށެވެ.

މީގެ އިތުރުން ސިއްހީ މިފަދަ ކާރިސާއެއްގައި އެންމެ ހިރާސް ބޮޑު އެއް ބައެއްގެ ގޮތުގައި ކުޑަކުދިން ހިމެނިގެން ދާނެތީ ގދ. ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރަށް މި ދެ ރަށުން ހުށަހެޅިފައިވާ މައްސަލަތަކަށް ޚާއްސަ ސަމާލުކަމެއްދީ ފޯނުން ގުޅައިގެންނާއި ކައުންސިލް އިދާރާގެ އެހީތެރިކަމާއެކު ހާލަތު ބަލައި މޮނިޓަރ ކުރަމުންދާ ކަމަށް މިނިސްޓްރީން ބުނެއެވެ.

ޖެންޑަރ މިނިސްޓްރީން ބުނީ ހޯނޑެއްދޫ އިން ކޮވިޑް-19ގެ ކޭސްތައް ފެންނަމުންދާ މިދަނޑިވަޅުގައި އެ މާހައުލުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ބޭނުންވާ ސައިކޮލޮޖިކަލް ފަސްޓް އެއިޑް އަދި ނަފްސާނީ އިޖްތިމާއީ އެހީތެރިކަން ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގެ އިޖްތިމާއީ ޚިދުމަތްތެރިން ފޯރުކޮށްދެމުންދާ ކަަމަށެވެ.

ލޮކްޑައުންގެ ހާލަތުގައި މިނިސްޓްރީ އިން އިޖްތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގާއިމްކޮށްފައިވާ ހިލޭ ގުޅޭ ނަންބަރު 1421 މި ދެ ރަށަށް ޚާއްސަކޮށް އަލުން ޚިދުމަތް ދޭން ފަށާފައިވާ ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
30 ޖެނުއަރީ 2017

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
25 ޖެނުއަރީ 2017

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

25 ޖެނުއަރީ 2017
ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
14 ޖެނުއަރީ 2017

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް