Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 ލެޓިން އެމެރިކާގެ ހާލަތު

ލެޓިން އެމެރިކާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 8 މިލިއަނަށް

11 ސެޕްޓެމްބަރު 2020 | ހުކުރު 18:18

އެސަރަހައްދުގައި ވައިރަސް ފެތުރޭ މިންވަރު ވަނީ ދަށަށް ދާން ފަށާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 11 ސެޕްޓެމްބަރު 2020 | ހުކުރު 18:18
ބްރެޒިލްގައި މާސްކު އަޅައިގެން ހުރި ކުރެހުމެއް ކުރަހާފައި ހުރި ފާރެއް ކައިރިން މީހަކު ހިނގާފައިދަނީ

ބްރެޒިލްގައި މާސްކު އަޅައިގެން ހުރި ކުރެހުމެއް ކުރަހާފައި ހުރި ފާރެއް ކައިރިން މީހަކު ހިނގާފައިދަނީ

ދުނިޔޭގައި އެންމެ ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާ ލެޓިން އެމެރިކާ ސަރަހައްދުގައި ވައިރަސް ޖެހުނު މީހުންގެ އަދަދު 8 މިލިއަނަށް އަރައިފިއެވެ.

މިސަރަހައްދުގެ ބައެއް ގައުމުތަކުގައި ވައިރަސް ފެތުރޭ މިންވަރު ދަށް ކުރެވިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ބުދަ ދުވަހު އެސަރަހައްދުގައި ދުވާލެއްގެ މައްޗަށް ވައިރަސް ޖެހޭ މީހުންގެ އަދަދު ވަނީ އޭގެ ކުރީ ހަތް ދުވަހު ދުވާލެއްގެ މައްޗަށް ވައިރަސް ޖެހިގެން ރިޕޯޓް ކުރި 80،512 ން 67،173 މީހުންނަށް މަދުވެފައެވެ.

ލެޓިން އެމެރިކާ ސަރަހައްދުން އެންމެ ހާލަތު ގޯސް ގައުމަކީ ބްރެޒިލްއެވެ. ބްރެޒިލް އަކީ ތިން ވަނަ އަށް އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހޭ އަދި ދެ ވަނަ އަށް އެންމެ ގިނަ މީހުން މި ބަލީގައި މަރުވެގެން ރިޕޯޓްކުރަމުން އަންނަ ގައުމެވެ. ބްރެޒިލްގައި ވައިރަސް ޖެހުނު މީހުންގެ އަދަދު 4.2 މިލިއަނަށް އަރާފައިވާއިރު މަރުވި މީހުންގެ އަދަދު ވަނީ 128،000ށް ވުރެ މަތިވެފައެވެ.

އެހެންނަމަވެސް ފާއިތުވި ދުވަސްތަކުގައި ބްރެޒިލްގައި ވައިރަސް ޖެހޭ މީހުންގެ އަދަދު ވަނީ ދަށަށް ދާން ފަށާފައެވެ. ބުރާސްފަތި ދުވަހު އެ ގައުމުގައި 40،557 މީހުންނަށް ވަނީ ވައިރަސް ޖެހިފައެވެ.

މީގެއިތުރުން އެވްރެޖް ގޮތެއްގައި ކޭސްތައް ފެންނަ މިންވަރު ޕެރޫ އާއި ކޮލަމްބިއާ އަދި މެކްސިކޯ އިން ވެސް ވަނީ ދަށަށް ގޮސްފައެވެ. މި ގައުމުތަކަކީ ބްރެޒިލް އަށް ފަހު އެ ސަރަހައްދުން އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓް ކުރަމުން އަންނަ ގައުމުތަކެވެ.

މެކްސިކޯ އިން ބުރާސްފަތި ދުވަހު 4857 މީހުންނަށް ވައިރަސް ޖެހިފައިވާއިރު މަރުވެފައިވަނީ 554 މީހުންނެވެ. އެއާއެކު އެ ގައުމުގައި ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 652،364ށް އަރާފައެވެ. އަދި މަރުވި މީހުންގެ އަދަދު ވަނީ 69،649ށް އަރާފައެވެ.

މުޅި ދުނިޔެއިން ނުވަ ލައްކައަށް ވުރެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓް ކުރަމުން އަންނައިރު އެންމެ ގިނަ އިން މީހުން މަރުވެގެން ރިޕޯޓް ކުރަމުން އަންނަނީ އެމެރިކާ، ބްރެޒިލް، އިންޑިޔާ އަދި މެކްސިކޯ އިންނެވެ.

ލެޓިން އެމެރިކާ ސަރަހައްދުގެ ގިނަ ގައުމުތަކެއްގެ ލީޑަރުން ވަނީ ކޮވިޑް-19 އާ ގުޅިގެން އެ ގައުމުތަކުގެ އިގްތިޞާދަށް ވަމުންދާ ގެއްލުމުން ސަލާމަތްވާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައެވެ.

އެސަރަހައްދުގެ ފަތުރުވެރި ކަމަށް އެކަނިވެސް މިއަހަރު 230 ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުމެއް ވާނެކަމަށް ވަނީ ލަފާ ކޮށްފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

05 އެޕްރީލު 2017

ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި

05 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި
22 މާރިޗު 2017

މެޑިޓެރޭނިއަން ކަނޑު ހުރަސްކުރަން އުޅުމުގެ ތެރޭގައި ހާލުގައި ޖެހުނު 6000 މީހުން ސަލާމަތްކޮށްފި

22 މާރިޗު 2017
މެޑިޓެރޭނިއަން ކަނޑު ހުރަސްކުރަން އުޅުމުގެ ތެރޭގައި ހާލުގައި ޖެހުނު 6000 މީހުން ސަލާމަތްކޮށްފި
16 މާރިޗު 2017

ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް

16 މާރިޗު 2017
ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް
15 މާރިޗު 2017

މެޑިޓަރޭނިއަން ކަނޑު ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު

15 މާރިޗު 2017
މެޑިޓަރޭނިއަން ކަނޑު  ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު
18 ފެބުރުއަރީ 2017

ހިޓްލަރު ގެންގުޅު ފޯނެއް އެމެރިކާގައި ނީލަން ކިޔަނީ

18 ފެބުރުއަރީ 2017
ހިޓްލަރު ގެންގުޅު ފޯނެއް އެމެރިކާގައި ނީލަން ކިޔަނީ
25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
17 ޖެނުއަރީ 2017

ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި

17 ޖެނުއަރީ 2017
ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި
16 ޖެނުއަރީ 2017

ބްރެޒިލްގެ އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް

16 ޖެނުއަރީ 2017
ބްރެޒިލްގެ  އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް
14 ޖެނުއަރީ 2017

ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް

14 ޖެނުއަރީ 2017
ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް
07 ޖެނުއަރީ 2017

އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި

07 ޖެނުއަރީ 2017
އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް