Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަފްޣާނިސްތާނުގައި ދިން ބޮމުގެ ހަމަލާ

އަފްޣާނިސްތާނުގެ ނައިބު ރައީސަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއިން އެމަނިކުފާނު ސަލާމަތްވެވަޑައިގެންފި

މިހަމަލާގައި ވަނީ ހަ މީހަކު މަރުވެ ބާރަ މީހުންނަށް އެކި ވަރުގެ އަނިޔާ ލިބިފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 9 ސެޕްޓެމްބަރު 2020 | ބުދަ 11:47
އަފްޣާނިސްތާންގައި ދިން ބޮމުގެ ހަމަލާގައި ޒަޚަމްވި މީހުންނަށް ފަރުވާދިނުމަށް ގެންދަނީ

އަފްޣާނިސްތާންގައި ދިން ބޮމުގެ ހަމަލާގައި ޒަޚަމްވި މީހުންނަށް ފަރުވާދިނުމަށް ގެންދަނީ

އަފްޣާނިސްތާނުގެ ނައިބު ރައީސް އަމްރުﷲ ސޯލިހަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަކުން އެމަނިކުފާނު ސަލާމަތްވެ ވަޑައިގެންފިއެވެ.

ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ދިން މި ހަމަލާގައި ވަނީ ހަ މީހަކު މަރުވެ ބާރަ މީހުންނަށް އެކި ވަރުގެ އަނިޔާ ލިބިފައެވެ.

ތާލިބާނުން ވަނީ މި ހަމަލާ ދިނުމުގައި އެމީހުންގެ އަތެއް ނުވާކަ މަށް ބުނެފައެވެ. ހަމަލާ ދީފައި މިވަނީ އަފްޣާނިސްތާން ސަރުކާރާއި ތާލިބާނުންނާ ދެމެދުގައި ސުލްހައިގެ ވާހަކަތައް ގަތަރުގެ ވެރި ރަށް ދޯހާގައި ބޭއްވުމަށް ކުޑަތަން ވެފައިވަނިކޮށެވެ.

ހަމަލާއާ ގުޅިގެން ސޯލިހުގެ އޮފީހުން ބުނީ އަފްޣާނިސްތާންގެ ދުޝްމިނުން ސޯލިހަށް އަމާޒުކޮށް ދިން ހަމަލާ ނާކާމިޔާބު ވެފައިވާ ކަމަށެވެ. އަދި އެ ހަމަލާ އިން ގެއްލުމެއް ނުލިބި ސޯލިހު ސަލާމަތްވެ ވަޑައިގަންފައިވާ ކަމަށް ސޯލިހުގެ އޮފީހުން ބުނެފައިވެއެވެ.

ސޯލިހުގެ ސްޕޯކްސްމަން ރޮއިޓަރސް އާ ވާހަކަދައްކަމުން ވިދާޅުވީ ބޮމުގެ ހަމަލާ އަމާޒުވެފައިވަނީ ސޯލިހު ދަތުރު ކުރައްވަމުން ގެންދެވި ކޮންވޯއީ އަށް ކަމަށެވެ. އަދި ސޯލިހުގެ ބައެއް ބޮޑީގާޑުންނަށް އަނިޔާވެފައިވާ ކަމަށް ސްޕޯކްސްމަން ވިދާޅުވިއެވެ.

ހަމަލާދިންތާ މާގިނަ އިރުތަކެއްނުވަނީސް ސޯލިހު ވަނީ ސޯޝަލް މީޑިއާގެ ހުރިހާ ޕްލެޓްފޯމުތަކެއްގައި ވީޑިއޯ މެދުވެރި ކުރައްވާ އެމަނިކުފާނުގެ ހާލަތު ބަޔާން ކުރައްވާފައެވެ. އެގޮތުން މޫނުން ތަންކޮޅެއް ފިހިގެން ދިޔުމާއި އަތަށް ލިބުނު އަނިޔާގެ އިތުރުން އެހެން އެއްވެސް ގެއްލުމެއް ލިބިވަޑަނުގަންނަވާ ކަމަށް ސޯލިހު ވަނީ ވީޑިއޯގައި ވިދާޅުވެފައެވެ.

ތާލިބާންގެ ސްޕޯކްސްމަން ޒަބީހުﷲ މުޖާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ހަމަލާގެ ފަހަތުގައި ތާލިބާންގެ އަތެއްނުވާ ކަމަށެވެ.

މިހާތަނަށް އައިއިރު އަފްޣާނިސްތާނުގެ އިސް އޮފިޝަލުން އަވަހާރަ ކޮށްލުމަށް މިފަދަ އެތައް ހަމަލާއެއް ވަނީ ދީފައެވެ. އެހެންނަމަވެސް އަދި މިހާތަނަށް މިއިން އެއްވެސް ހަމަލާއެއް ކާމިޔާބު ވެފައެއްނުވެއެވެ.

މި ހަމަލާ ބައިނަލްއަގްވާމީ އެކި ޖަމިއްޔާތަކުންނާއި ގައުމުތަކުން އަންނަނީ ކުށްވެރި ކުރަމުންނެވެ. އޭގެތެރޭގައި ޔޫރަޕިއަން ޔޫނިއަން އާއި ޕާކިސްތާން ހިމެނެއެވެ.

އަފްޣާނިސްތާނުގެ އިސް އޮފިޝަލުންނާއި ޑިޕްލޮމެޓިކުން ވަނީ މިފަހަކުން އަފްޣާނިސްތާނުގައި ދެމުން ގެންދާ ހަމަލާތަކުގެ ސަބަބުން އަފްޣާނިސްތާން ސަރުކާރާއި ތާލިބާނާ ދެމެދު ފެށުމަށް ތައްޔާރުވަމުންދާ ސުލްހައިގެ ވާހަކަތަކަށް އެކަމުގެ ހިޔަނި އެޅިގެންދާނެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

14 ފެބުރުއަރީ 2017
ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
11 ފެބުރުއަރީ 2017

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

11 ފެބުރުއަރީ 2017
ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް
09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
08 ފެބުރުއަރީ 2017

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި
08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު