Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެސީ ފަރިތަކުރުންތަކަށް ނުކުތުން

ބާސާގެ ފަރިތަކުރުންތަކަށް މެސީ ނުކުމެއްޖެ

ހޯމަ ދުވަހު ބާސާއިން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގައި މެސީ ވަނީ ބައިވެރިވެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 7 ސެޕްޓެމްބަރު 2020 | ހޯމަ 20:02
ހޯމަ ދުވަހު ބާސާއިން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގައި މެސީ ބައިވެރިވަނިކޮށް

ހޯމަ ދުވަހު ބާސާއިން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގައި މެސީ ބައިވެރިވަނިކޮށް

ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ އެޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފިއެވެ.

އައު ސީޒަނަށް ތައްޔާރުވުމަށް ބާސާއިން މިދިޔަ ހަފުތާގައި ޕްރީ-ސީޒަން ފެށި ނަމަވެސް، ޓްރާންސްފާގެ މައްސަލައިގައި މެސީ ބާސާގެ ފަރިތަކުރުންތަކަށް ނުކުމެފައެއް ނުވެއެވެ. އެކަމަކު ހޯމަ ދުވަހު ބާސާއިން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގައި މެސީ ވަނީ ބައިވެރިވެފައެވެ.

މީގެ ކުރިން މެސީ ވަނީ ބާސާ ދޫކޮށްލަން ނިންމައި، އެކަން އެ ކުލަބުގެ މެނޭޖުމަންޓަށް އަންގާފައެވެ. ބާސާއާއެކު މެސީ ހަދާފައިވާ އެއްބަސްވުން އަންނަ އަހަރުގެ ހޫނު މޫސުމުގައި ހަމަވަން އޮތްއިރު، މިހާރު އޮތް ގޮތުންނަމަ މި ޓްރާންސްފާ ބާޒާރުގައި މެސީ ގެންދަން ބޭނުންވާ ކުލަބަކުން، އެއްބަސްވުން އުވާލަން 700 މިލިޔަން ޔޫރޯ ދައްކަން ޖެހޭނެއެވެ. އެހެންކަމުން މެސީ ވަނީ އެއްބަސްވުން ބަދަލުކޮށް، މި ޓްރާންސްފާ ބާޒާރުގައި ހިލޭ އެ ކުލަބު ދޫކޮށް ދިޔުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް އެދެފައެވެ.

އެކަމަކު މެސީގެ އެއްބަސްވުމަށް ލުއި ދިނުމަށް ބާސާގެ މެނޭޖުމަންޓުން އެއްބަސް ނުވުމާ ގުޅިގެން، މެސީ ވަނީ އޭނާގެ ނިންމުން ބަދަލުކޮށް ކުރިއަށް އޮތް ސީޒަނުގައި ބާސާގައި މަޑުކުރުމަށް ނިންމާފައެވެ. ބާސާގައި މަޑުކުރަން ނިންމިކަން އިއުލާންކޮށް މެސީ ދިން އިންޓަވިއުއެއްގައި ބުނީ ބާސާ ދޫކޮށްލަން އޭނާ ބޭނުންވި ކަމަށާއި، އެކަމަކު އޭނާގެ އެއްބަސްވުމަށް ލުއި ދިނުމަށް ބާސާގެ މެނޭޖުމަންޓުން އެއްބަސްވެފައި ނުވުމާއެކު، ކޯޓަށް ގޮސްގެން ބާސާ ދޫކޮށްލާން މަސައްކަތްކުރަން ބޭނުންނުވާތީ، ކުލަބުގައި މަޑުކުރަން ނިންމީ ކަމަށެވެ. އަދި ބާސާ ގޮވައިގެން އޭނާ ދުވަހަކުވެސް ކޯޓަށް ނުދާނެ ކަމަށާއި، ބާސާ ދޫކޮށްލަން ބޭނުންވި ނަމަވެސް، ކުލަބު ދެކެ އޮންނަ ލޯބި ދުވަހަކުވެސް ކުޑަ ނުވާނެ ކަމަށް ވަނީ ބުނެފައެވެ.

އުމުރުން މިހާރު 33 އަހަރުގެ މެސީ އަންނަ ސީޒަނުގައި ބާސާގައި މަޑުކުރި ނަމަވެސް، އެއްބަސްވުން ހަމަވުމާއެކު އަންނަ ސީޒަން ނިމުމުން ހިލޭ ޓްރާންސްފާއެއްގެ ދަށުން އޭނާ ކުލަބު ދޫކޮށްލާނެ ކަމަށް ބެލެވެއެވެ.

ނެދަލެންޑްސްގެ ރޮނާލްޑް ކޫމަންގެ އިރުޝާދުގެ ދަށުން އަންނަ ސީޒަނަށް ބާސާއިން ތައްޔާރުވަމުން އަންނައިރު، ބާސާއިން ލީގުގައި ފުރަތަމަ މެޗެއް ކުޅޭނީ މި މަހުގެ 27 ވަނަ ދުވަހުއެވެ. އެ ދުވަހު ބާސާ ނުކުންނާނީ ވިޔަރެއާލާ ދެކޮޅަށެވެ.

އިތުރަށް ކިޔާލަން

04 ޖޫން 2017

އެންރީކޭ އާއި އެކު ހޭދަކުރީ އުފާވެރި ދުވަސްތަކެއް: މެސީ

04 ޖޫން 2017
އެންރީކޭ އާއި އެކު ހޭދަކުރީ އުފާވެރި ދުވަސްތަކެއް: މެސީ
28 މެއި 2017

ސްޕެނިޝް ކަޕުގެ ތައްޓާއި އެކު އެންރީކޭ ބާސާގެ ކޯޗުކަމުން ވަކިވެއްޖެ

28 މެއި 2017
ސްޕެނިޝް ކަޕުގެ ތައްޓާއި އެކު އެންރީކޭ ބާސާގެ ކޯޗުކަމުން ވަކިވެއްޖެ
24 މެއި 2017

ޓެކްސް އަށް މެސީ މަކަރު ހެދިކަމަށް ބުނާ މައްސަލަ އަށް ހައިކޯޓުން ތާއީދުކޮށްފި

24 މެއި 2017
ޓެކްސް އަށް މެސީ މަކަރު ހެދިކަމަށް ބުނާ މައްސަލަ އަށް ހައިކޯޓުން ތާއީދުކޮށްފި
17 މެއި 2017

ޕުޔޯލްގެ ނަޒަރުގައި ރޮނާލްޑޯއަށްވުރެ މޮޅީ މެސީ

17 މެއި 2017
 ޕުޔޯލްގެ ނަޒަރުގައި ރޮނާލްޑޯއަށްވުރެ މޮޅީ މެސީ
24 އެޕްރީލު 2017

ސްޕެނިޝް ލަލީގާ: ފަހުވަގުތު މެސީ ކާމިޔާބުކުރި ލަނޑުން ބާސާ އިން ރެއާލް ބަލިކޮށްފި

24 އެޕްރީލު 2017
ސްޕެނިޝް ލަލީގާ: ފަހުވަގުތު މެސީ ކާމިޔާބުކުރި ލަނޑުން ބާސާ އިން ރެއާލް ބަލިކޮށްފި
05 އެޕްރީލު 2017

ފާޑުކިއުންތަކަށް ސަމާލުކަމެށް ނުދެން: މެސީ

05 އެޕްރީލު 2017
ފާޑުކިއުންތަކަށް ސަމާލުކަމެށް ނުދެން: މެސީ
03 އެޕްރީލު 2017

ސުނިލް ޗެތްރީއަކީ މެސީއެއް ނޫން، މޮޅުވެވޭނީ އެންމެން އެކުގައި ކުރާ މަސައްކަތުން: ރޯކާ

03 އެޕްރީލު 2017
ސުނިލް ޗެތްރީއަކީ މެސީއެއް ނޫން، މޮޅުވެވޭނީ އެންމެން އެކުގައި ކުރާ މަސައްކަތުން: ރޯކާ
29 މާރިޗު 2017

ލައިންސްމަނާ ބޭއަދަބީ ބަހުން މުހާތަބު ކުރުމުން މެސީ ސަސްޕެންޑްކޮށްފި

29 މާރިޗު 2017
ލައިންސްމަނާ ބޭއަދަބީ ބަހުން މުހާތަބު ކުރުމުން މެސީ ސަސްޕެންޑްކޮށްފި
25 ފެބުރުއަރީ 2017

ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް

25 ފެބުރުއަރީ 2017
ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް
06 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު