Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ކަޕް

ސްޕެނިޝް ކަޕުގެ ތައްޓާއި އެކު އެންރީކޭ ބާސާގެ ކޯޗުކަމުން ވަކިވެއްޖެ

މިއީ އެންރީކޭގެ އިރުޝާދުގެ ދަށުން ބާސާ ހޯދި 9 ވަނަ ތަށި

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ | 28 މެއި 2017 | އާދީއްތަ 19:05
ބާސެލޯނާ އަދި އަލަވޭސް ބައްދަލުކުރި ފައިނަލް މެޗުގެ ތެރެއިން

ބާސެލޯނާ އަދި އަލަވޭސް ބައްދަލުކުރި ފައިނަލް މެޗުގެ ތެރެއިން

ބާސެލޯނާގެ ކޯޗް ލުއިސް އެންރީކޭ އެޓީމަށް ކޯޗުކަން ކޮށްދިން ފަހު މެޗުގައި އެޓީމުން ސްޕެނިޝް ކަޕުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ބާސާއިން ސްޕެނިޝް ކަޕުގެ ޗެމްޕިއަންކަން ހޯދީ ހޮނިހިރު ދުވަހުގެ ރޭ އަލަވޭސް އާއި ދެކޮޅަށް ކުޅުނު ފައިނަލް މެޗް ކާމިޔާބުކޮށްގެންނެވެ. ސަސްޕެންޝަނުގެ ސަބަބުން ލުއިސް ޝުއަރޭޒް އާއި ސާޖިއޯ ރޮބާޓޯ ނުލައި ކުޅުނު ބާސާއިން މެޗް ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައި ވަނީވެސް ބާސާއިންނެވެ. އެގޮތުން މި ލަނޑު މެޗުގެ 30 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ލިއޮނަލް މެސީ އެވެ. ނަމަވެސް ލީޑުގައި ބާސާއަށް ކުޅެވޭވަރުވީ ކުޑަ ވަގުތުކޮޅަކުއެވެ. 33 ވަނަ މިނެޓުގައި ތިއޯ ހެނާންޑޭޒްގެ ލަނޑުން އަލަވޭސް ވަނީ ނަތީޖާ ހަމަހަމަ ކޮށްދައެވެ. ނަމަވެސް ބާސާއިން ވަނީ ކުޅުން ވަރުގަދަކޮށް ހަމަލާތަށް އުފައްދާން ދައްޓާފައެވެ. އެގޮތުން

ފުރަތަމަ ހާފުގެ ފަހުކޮޅުގައި ބާސާއިން ވަނީ ކައިރިކައިރީގައި ދެ ލަނޑު ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ. ބާސާއަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ ބްރެޒިލްގެ ފޯވާޑް ނޭމާއެވެ. ލީޑު ފުޅާކޮށްދިނީ ޕަކޯ އަލެސެއާ އެވެ.

ރޭގެ މެޗަށްފަހު ބާސާގެ ކޯޗްކަމުގެ މަގާމުން ވަކިވަމުން ލުއިސް އެންރީކޭ ބުނީ، ބާސާގައި ހޭދަކުރި ކާމިޔާބު ދިވަސްތަށް، ތައްޓަކާއެކު ނިންމާލެވުމުން އުފާކުރާ ކަމަށާއި، އަބަދުވެސް ބޭނުންވީ ސަޕޯޓަރުންނަށް އިފާވެރި ވަގުތެއްގައު ޓީމު ދޫކޮށްލުމަށް ކަމަށެވެ. މީގެ އިތުރުންވެސް އެންރީކޭ ބުނީ، ބާސާގައި ހޭދަކުރި ދުވަސްތަކުގައި އޭނާއަށް ލިބުނު އުތުރު އުފާވެރިކަމެއް އޮތް ކަމަށާއި، ލިއޮނަލް މެސީ އާއި މަސައްތަކް ކުރެވުން އެއީ އޭނާއަށް ލިބުނު އިތުރު އުފާވެރިކަމެއް ކަމަށެވެ.

ތިން ސީޒަނަށްފަހު ބާސާގެ ކޯޗުކަމުން އެންރީކޭ ވަކި ވާއިރު މިއީ އޭނާގެ އިރުޝާދުގެ ދަށުން ބާސާ ހޯދި 9 ވަނަ ތައްޓެވެ. އެޓީމުން ވަނީ ޖުމްލަ 29 ފަހަރު ސްޕެނިޝް ކަޕް ކާމިޔާބުކޮސްފައެވެ.

ބާސާގެ ކޯޗުކަމުގެ މަގާމު ހުސްވުމާއިއެކު ދެން އެމަގާމާއި ހަވާލުވާނެ ކަމަށް ބޮޑަށް ބެލެވެނީ އެތްލެޓިކް ބިލްބާއޯގެ ކުރީގެ ކޯޗް އާނަސްޓޯ ވަލްވޭޑޭ އެވެ. މީޑިއާ ރިޕޯޓްތަށް ބުނާގޮތުން ދެދުވަގެއްގެ ތެރޭގައި ބާސާއިން ރަސްމީކޮށް އިއުލާން ކުރާނެ އެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ
16 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

16 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
15 ޖެނުއަރީ 2017

ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު