Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބާސެލޯނާ

އެންރީކޭ އާއި އެކު ހޭދަކުރީ އުފާވެރި ދުވަސްތަކެއް: މެސީ

އެންރީކޭގެ ފަހު މެޗުގައި ބާސާއިން ވަނީ ސްޕެނިޝް ކަޕް އުފުލާލާފަ

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ, ރާއްޖެ އެމްވީ | 4 ޖޫން 2017 | އާދީއްތަ 19:37
ބާސެލޯނާގެ ތަރި މެސީ އެކުލަބުގެ ކުރީގެ ކޯޗް އެންރީކޭ އާއި އެކު

ބާސެލޯނާގެ ތަރި މެސީ އެކުލަބުގެ ކުރީގެ ކޯޗް އެންރީކޭ އާއި އެކު

ބާސެލޯނާގެ ކުރީގެ ކޯޗް ލުއިސް އެންރީކޭ އާއި އެކު ހޭދަކުރީ އުފާވެރި ދުވަސްތެކެއް ކަމަށް އެޓީމުގެ ތަރި ލިއޮނެލް މެސީ ބުނެފިއެވެ.

ކޮޕާ ޑެލްރޭގެ ތަށި ބާސާއަށް ކާމިޔާބު ކޮށްދިނުމަށްފަހު ދާދި ފަހުން އެޓީމުގެ ކޯޗުކަމުގެ މަގާމުން ވަކިވި ކޯޗް ލުއިސް އެންރީކޭ އާއި ގުޅޭގޮތުން ވާހަކަ ދައްކަމުން މެސީ ބުނަފައިވަނީ، މިސީޒަނުގައި ބާސާއަށް މާ އެދެވޭ ނަތީޖާއަކެއް ނެރެވިފައި ނެތް ނަމަވެސް، ބާސާގައި އެންރީކޭ ހޭދަކުރި ދުވަސްތަކަކީ ވަރަށް ކާމިޔާބު ދުވަސްތަކެއް ކަމަށެވެ.

އެގޮތުން މެސީ ބުނީ، ނާކާމިޔާބީގެ ދަނޑިވަޅުތަކުގައި ހުރިހާ ކުޅުންތެރިން އެކަތިގަނޑަކަށް ހެދުމަށްޓަކާ އެންރީކޭ ވަރަށް ބޮޑަށް މަސައްކަތް ކުރާ ކަމަށާއި، ޙާއްސަކޮށް މުޅި ޓީމު އެންމެ ބޮޑަށް އޭނާއަށް ބޭނުންވާ ދަނޑިވަޅުތަކުގައި އެއްގޮތަކަށްވެސް ފަރުވާ ކުޑަކޮށް ނުލާކަމަށެވެ. އަދި ކޮންމެ ނާކާމިޔާބީ އަކަށް ފަހުގައި ޓީމު އަލުން އެކަތި ގަނޑަކަށް ހަދައި އަލުން ކުޅުންތެރިންގެ މޯޓިވޭޝަން ރަނގަޅުކޮށް ޓީމު ވަރުގަދަކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އިތުރަށް ވާހަކަ ދައްކަމުން މެސީ ބުނަފައިވަނީ، 3-2 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް އަތުން މޮޅުވި މެޗުގައި އެންރީކޭ މެސީ ގާތުގައި ދެއްކި ވާހަކަ ތަކަކީ ހަނދާނުން ފުހެވިގެންދާނެ ވާހަކަ ތަކެއް ނޫން ކަމަށާއި، އެ މެޗަށް ފަހުގައި މެސީ އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް އޭނާ ގާތުގައި އެންރީކޭ ބުނެފައިވާ ކަމަށެވެ.

ބާސާގެ ކޯޗުކަމުގައި އެންރީކޭ ހޭދަކުރި 3 ސީޒަނުގައި އޭނާވަނީ ބާސާއަށް އޭނާގެ އިރުޝާދުގެ ދަށުން 9 ތަށި ހޯދައި ދީފައެވެ. ބާސާގެ ކަމުން އެންރީކޭ ވަކިވުމާއިއެކު ދެން އެމަގާމާއި ހަވާލުވެފައިވަނީ އެތްލެޓިކޯ ބިލްބާއޯގެ ކުރީގެ ކޯޗް އާނަސްޓޯ ވަލްވޭޑޭއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު