Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއެންޑީއެފް

ރާއްޖެއަށް ދިފާއީ ފުރަތަމަ ރޮނގު މިއަޅާލެވޭނީ ޑިފެންސް ޑިޕްލޮމަސީގެ ތެރެއިން: ޝަމާލް

7 ސެޕްޓެމްބަރު 2020 | ހޯމަ 10:07

މި ސަރަހައްދުގެ ގިނަ ގައުމުތަކުގެ އަމާޒަކީ މި ކަނޑަކީ ރައްކާތެރިތަނަކަށް ހެދުން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 7 ސެޕްޓެމްބަރު 2020 | ހޯމަ 10:07
ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް

ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް

ރާއްޖެއަށް ދިފާއީ ފުރަތަމަ ރޮނގު މި އަޅާލެވެނީ ޑިފެންސް ޑިޕްލޮމަސީގެ ތެރެއިން ކަމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަމާލް ވިދާޅުވީ، ރާއްޖެއާއި ގާތް ގުޅުމެއް އޮންނަ ގައުމުތަކުގެ އަސްކަރިއްޔާ އާއި އެކު ގާތް ގުޅުމެއް ބޭއްވުމަކީ އެންމެ މުހިންމު އެއް ކަންތައް ކަމަށެވެ.

Advertisement - newsAdvertisement

ޝަމާލް ވަނީ އިންޑިއާ ކަނޑުގެ ސަރަހައްދަކީ ވަރަށް ހަލަބޮލި ސަރަހައްދެއް ކަމަށާއި މިކަނޑުގެ ސަރަހައްދުގައި އެކި ކަހަލަ އޮއިވަރުތައް ދެމެމުންދާކަމަށް ފާހަގޮށް މިޒަމާނަކީ ޓްރާންސް ނެޝަނަލް ތްރެޓްސްތައް އާންމުވެފައިވާ ޒަމާނެއް ކަމަށް ވިދާޅުވެފައެވެ. އެގޮތުން ކަނޑުފޭރުމުގެ ނުރައްކަލާއި ޓެރަރިޒަމްގެ ނުރައްކަލާއި އިލިސިޓް ޓްރެފިކިންގެ ނުރައްކާވެސް ވަރަށް ބޮޑު ކަމަށް ޝަމާލް ފާހަގަކުރެއްވިއެވެ.

އިންޑިއާ ކަނޑުގެ ސަރަހައްދުގައި މިފަދަ އެތައް ނުކިއްސަރު ކަމެއް ހިނގަމުން ދާއިރު، މި ސަރަހައްދުގެ ގިނަ ގައުމުތަކުގެ އަމާޒަކީ މި ކަނޑަކީ ރައްކާތެރިތަނަކަށް ހެދުން ކަމަށާއި މިކަމުގައި ގުޅިގެން މަސައްކަތްކުރުން ވަރަށް މުހިންމު ކަމަށް ޝަމާލް ވިދާޅުވިއެވެ. އަދި މިފަދަ ނުރައްކާތަކަކީ ހުރިހާ ގައުމަކަށްވެސް ހުރި ނުރައްކާތަކެއް ކަމަށް ވެސް ވިދާޅުވިއެވެ.

ރާއްޖެ އަކީ މުޅިން އެކަހެރިވެފަ އޮތް ގައުމެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި ގައުމުތަކާއި އެކު ގުޅިގެން މަސައްކަތްކުރުމުގެ ވިސްނުން ގެންގުޅޭކަމަށް ޝަމާލް ފާހަގަކުރެއްވިއެވެ. އެގޮތުން، ގުދުރަތީ ގޮތުން އެންމެ ކައިރީގައި އަދި އެންމެ ބޮޑު ގައުމެއްގެ ގޮތުގައި މިއޮތީ އިންޑިއާ ކަމަށާއި އިންޑިއާ އާއި އެކު އޮންނަ ޒަމާންވީ ގުޅުން ފާހަގަކޮށް ޝަމާލް ވަނީ ރާއްޖެ އަށް ދިމާވާ ބޮޑެތި ދަތިތަކުގައި އާއި ހާދިސާތަކުގައި އިންޑިއާގެ ފަރާތުން ގިނަ އެހީތަކެއް ލިބޭކަން ފާހަގަކޮށްފައެވެ. ދިވެހި ސިފައިންގެ ތަމްރީން ޕްރޮގްރާމްތައް އިންޑިއާގެ އިތުރުން، ޗައިނާ، ޕާކިސްތާނު އަދި އެމެރިކާ އާއި ސައުދި އަރަބިއާ އާއި އެކު ވެސް ކުރިއަށް ގެންދާ ކަމަށް ޝަމާލް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އިންޑިއާ ކަނޑުގައި ހިނގާ ނުރައްކާތެރި ކަންތައްތަކުން ދިވެހި މަސް ކަނޑުތައް ހިމާޔަތްކުރުމަށް އެމްއެންޑީއެފް އިން ފާއިތުވި 12 އަހަރު ކުރަމުން ދިޔަ މަސައްކަތުގައި އިންޑިއާގެ އެހީ އާއި އެކު ރާއްޖޭގެ ސާފަސް އަދި އޭރިއަލް ސަވެއިލަންސްގެ މަސައްކަތްވެސް ކުރެވިފައިވާ ކަމަށް ޝަމާލް ފާހަގަކުރެއްވިއެވެ.

ޝަމާލް ވަނީ މިއަދު މަސައްކަތް ކުރަމުން ގެންދާ މޮޑަލް އަކީ އެހެން ގައުމުތަކާއި ގުޅިގެން، ރާއްޖޭގެ ފަރާތުން އެގައުމުތަކަށް ލިބޭ ރައްކާތެރި ކަމާއި އެހެން ގައުމުތަކުން ރާއްޖެއަށް ލިބޭ ރައްކާތެރިކަން ކަށަވަރުކޮށް މަސައްކަތްކުރުން ކަމަށްވެސް ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

3

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

4

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

5

ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

އިންޑިޔާ އިން ރާއްޖެއަށް ތައުރީފު ކުރުމުގައި ގެންގުޅެނީ ވަކި މިންގަނޑެއް!

25 ފެބުރުއަރީ 2017
އިންޑިޔާ އިން ރާއްޖެއަށް ތައުރީފު ކުރުމުގައި ގެންގުޅެނީ ވަކި މިންގަނޑެއް!
21 ފެބުރުއަރީ 2017

އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު

21 ފެބުރުއަރީ 2017
އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު
21 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން

21 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން
07 ފެބުރުއަރީ 2017

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި

07 ފެބުރުއަރީ 2017
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި
06 ފެބުރުއަރީ 2017

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް
01 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ

01 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ
28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް