Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރައްޔިތުންގެ މަޖިލީހުގެ ދެ ވަނަ ދައުރު

ދެ ވަނަ ދައުރުގައި 68 އިންސައްތަ މަސައްކަތް ފުރިހަމަ ކުރުމަށްފަހު މަޖިލިސް ޗުއްޓީ އަށް

ޖިނާއީ އިޖުރާތުގެ ޤާނޫނަށް މުހިންމު އިސްލާހުތަކެއް ގެނެވުނު ކަމަށާއި ފެނާއި ނަރުދަމާގެ ބިލް ފާސްކޮށްފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 6 ސެޕްޓެމްބަރު 2020 | އާދީއްތަ 12:16
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެ ވަނަ ދައުރުގެ ޖަލްސާތައް ފަށާފައިވަނީ ޖޫން މަހުގެ 1 ވަނަ ދުވަހު އެވެ. ސެޕްޓެމްބަރ މަހުގެ 6 ވަނަ ދުވަހު ދައުރުގެ ފަހު ޖަލްސާ ބާއްވާފައިވާއިރު ޖުމްލަ 34 ޖަލްސާ އެއް މި ދައުރުގައި ބާއްވާފައިވެއެވެ. މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ދެ ވަނަ ދައުރުގެ ޖަލްސާތައް ކުރިޔަށް ދާނީ ޖޫން މަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށެވެ. ނަމަވެސް ޓޫރިޒަމް މިނިސްޓަރ ޑރ އަބްދުﷲ މައުސޫމަށް ރުހުން ދިނުމުގެ މައްސަލަ ނުނިންމާ ޗުއްޓީއަށް ނުދާންވެގެން ދައުރު ދިގުދައްމާލުމަށް މަޖިލީހުން ފާސްކުރިއެވެ. އަދި ސެޕްޓެމްބަރ މަހުގެ 7 ވަނަ ދުވަހާ ހަމައަށް ދައުރު ދިގުދައްމާލުމަށް ފާސްކޮށް ސެޕްޓެމްބަރ މަހުގެ 6 ވަނަ ދުވަހު ދައުރުގެ ފަހު ޖަލްސާ ބާއްވާ ޑރ މައުސޫމަށް ރުހުން ދިނުމަށްފަހު މިއަހަރު ފުރަތަމަ ފަހަރަށް މަޖިލިސް މިވަނީ ޗުއްޓީއަށް ގޮސްފައެވެ.

މިއަހަރުގެ ފުރަތަމަ ދައުރުގައި މަޖިލިސް ޗުއްޓީއަށް ގޮސްފައެއް ނުވެއެވެ. މެއި މަހު މަސައްކަތް ކުރުމަށްފަހު ޖޫން މަހު ދެވަނަ ދައުރުގެ ޖަލްސާތައް ފަށާ މިއަދާ ހަމައިން މިދައުރު ނިންމާލިއިރު ކުރީ ދައުރާއެކު މިދައުރަށް އައި މަސައްކަތްތަކާއެކު 68 އިންސައްތަ މަސައްކަތް މި ދައުރުގައި ނިންމާފައިވާ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރ އީވާ އަބްދުﷲ ވިދާޅުވިއެވެ. އާދިއްތަ ދުވަހު ބޭއްވި މި ދައުރުގެ ފަހު ޖަލްސާ ނިންމާލައްވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ ވަނީ މިދައުރުގައި މަޖިލީހަށް ނިންމުނު މަސައްކަތްތަކުގެ ޚުލާސާ އެއް ދެއްވާފައެވެ.

21 ބިލް

9 ގަރާރު

ސަރުކާރުން ހުށަހަޅާފައިވާ 18 މައްސަލަ

ރިޔާސަތުން ހުށަހަޅާފައިވާ 11 މައްސަލަ

16 ކުއްލި މައްސަލަ

މެމްބަރުން ހުށަހަޅުއްވާފައިވާ 3 މައސަލަ

29 އެހެނިހެން މައްސަލަ

ވަޒީރުންނާއި 30 ސުވާލު

އީވާ ވިދާޅުވީ މިދައުރުގައި ރައްޔިތުންނާއި ގުޅުންހުރި މުހިންމު ބިލްތަކެއް މަޖިލީހަށް ނިންމާލެވިފައިވާ ކަމަށެވެ. އެގޮތުން ޖިނާއީ އިޖުރާތުގެ ޤާނޫނަށް މުހިންމު އިސްލާހުތަކެއް ގެނެވުނު ކަމަށާއި ފެނާއި ނަރުދަމާގެ ބިލް ފާސް ކުރެވި ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ބިލް ފާސް ކުރެވުނުކަން އީވާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ކޮމިޝަންތަކަށް މެމްބަރުން އައްޔަނު ކުރުމާއި މުހިންމު މުއާހަދާތަކެއްގައި ބައިވެރިވުމަށް މަޖިލީހުން ރުހުން ދީފައިވާ ކަމަށް އީވާ ވިދާޅުވިއެވެ.

މީގެއިތުރުން ކޮވިޑް 19 އާ ގުޅިގެން ސަރުކާރުން ކުރަމުންދާ މަސައްކަތަށް 17 ކޮމިޓީއަކުން އެކަންކަން ދިރާސާކޮށް ރައީސުލްޖުމްހޫރިއްޔާ އަށާއި ސަރުކާރަށް ލަފާ އަރުވާފައިވާ ކަން އީވާ ފާހަގަކުރެއްވިއެވެ. މީގެއިތުރުން ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ދުނިޔޭގެ ޤާނޫނު ހަދާ މަޖިލީސްތައް ބަންދުކޮށް މަސައްކަތްތައް ހުއްޓުމަކަށް އައި ނަމަވެސް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން އެއްވެސް ދުވަހެއް ނަގާނުލާ އޮންލައިންކޮށް ޖަލްސާތައް ކުރިޔަށް ގެންގޮސްފައިވާކަން އީވާ ފާހަގަކުރެއްވިއެވެ. ދުނިޔޭގައިވެސް ފުރަތަމަ ފަހަރަށް އޮންލައިންކޮށް ޤާނޫނު ހަދާ މަޖިލީހެއްގެ ޖަލްސާތައް ބޭއްވި މަޖިލީހަކަށް ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ވާއިރު އެކަން އިންޓަރނޭޝަނަލް ޕާލަމަންޓްރީ ޔޫނިއަނުން ފާހަގަކޮށް ރާއްޖޭގެ މަޖިލިސް ނަމޫނާ ދައްކާފައިވާ ކަމަށް އީވާ ވިދާޅުވި އެވެ.

އަދި މަޖިލީހުގެ ޖަލްސާތައް ހުއްޓުމެއް ނެތި ކުރިޔަށް ގެންދިޔުމުގައި މަޖިލީހުގެ އިދާރާގެ މުވައްޒަފުންގެ މަސައްކަތްތައް ފާހަގަކުރައްވާ އީވާ ވަނީ މުވައްޒަފުންނަށް ޝުކުރު އަދާ ކުރައްވާފައެވެ.

ދެ ވަނަ ދައުރުގެ ޖަލްސާތައް ނިންމާލުމަށް ފަހު ޗުއްޓީއަށް ގޮސްފައިވާއިރު ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފަށާނީ އަންނަ އޮކްޓޯބަރ މަހު އެވެ. މިއަހަރުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް އޮކްޓޯބަރ އަދި ނޮވެމްބަރ މަހު ކުރިޔަށްދާނެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކުޅުދުއްފުށީ އެއަރޕޯޓްގެ މަސައްކަތް ފެށުމަށް ހުއްދަ ދިނުމުގައި ސުވާލު އުފެދޭ ކަންތަކެއް!

ކުޅުދުއްފުށީ އެއަރޕޯޓްގެ މަސައްކަތް ފެށުމަށް ހުއްދަ ދިނުމުގައި ސުވާލު އުފެދޭ ކަންތަކެއް!

26 އޮކްޓޯބަރު 2017
ހަނީފުގެ މަރު: " ހަނީފް މޫދަށް ގެނބުމުގެ ކުރިން އަންހެނުންގެ ސަލާމަތަށް މަސައްކަތް ކުރި"

ހަނީފުގެ މަރު: " ހަނީފް މޫދަށް ގެނބުމުގެ ކުރިން އަންހެނުންގެ ސަލާމަތަށް މަސައްކަތް ކުރި"

23 އޮކްޓޯބަރު 2017
ވިލު ސްޓޫޑިއޯ އާއި އަޅި: އަލެއް ކަމަކު މަސައްކަތް ވަރަށް ފައްކާ

ވިލު ސްޓޫޑިއޯ އާއި އަޅި: އަލެއް ކަމަކު މަސައްކަތް ވަރަށް ފައްކާ

21 އޮކްޓޯބަރު 2017
ސާފު ފައިސާގެ 5000000 އަށް ވުރެ ގިނަ ރުފިޔާ ހޯދި ޓެލެތޯނެއް: ކުޑަޓީމެއްގެ ލައްކަ މަސައްކަތް

ސާފު ފައިސާގެ 5000000 އަށް ވުރެ ގިނަ ރުފިޔާ ހޯދި ޓެލެތޯނެއް: ކުޑަޓީމެއްގެ ލައްކަ މަސައްކަތް

14 ސެޕްޓެމްބަރު 2017
މަޖިލީހުގައި ނޫސްވެރިއެއްގެ ދައުރު ރޮޒެއިނާ އަދާކުރި ގޮތް ވަރަށް ފުރިހަމަ !

މަޖިލީހުގައި ނޫސްވެރިއެއްގެ ދައުރު ރޮޒެއިނާ އަދާކުރި ގޮތް ވަރަށް ފުރިހަމަ !

31 ޖުލައި 2017

އަހަރުތަކުން މިއަދު

14 މާރިޗު
ޕޮޓޭޓޯ ޕޭން ކޭކް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕޮޓޭޓޯ ޕޭން ކޭކް

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް
20233 އަހަރު ކުރިން
ކުޅިވަރު

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!
20215 އަހަރު ކުރިން
ރާއްޖެ

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!
20197 އަހަރު ކުރިން
ރިޕޯޓު

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!
20188 އަހަރު ކުރިން
ރިޕޯޓު

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު