Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަލަސުރުހީ

އިންޑިއާ އިން ދޭ އެހިތެރިކަން އިތުރުވުމުން، އިދިކޮޅަށް އެކަން ބަލައިގަންނަ އުނދަގޫވޭ: ރޮޒެއިނާ

ޕެންޑަމިކްގައި ރައްޔިތުން ބަނޑަށް ޖެހި އެއްވެސް ޤައުމަކުން އެހީ ނުލިބުމުން އިދިކޮޅުގެ އުންމީދަކީ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 5 ސެޕްޓެމްބަރު 2020 | ހޮނިހިރު 18:36
ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒެއިނާ އާދަމް

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒެއިނާ އާދަމް

އިންޑިއާ އިން ރާއްޖެއަށް ދޭ އެހިތެރިކަން އިތުރުވުމުން، އިދިކޮޅަށް އެކަން ބަލައިގަންނަން އުނދަގޫވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ރޮޒެއިނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ އުންމީދަކީ މި ޕެންޑަމިކްގައި ރައްޔިތުން ބަނޑަށް ޖެހި އެއްވެސް ޤައުމަކުން އެހީ ނުލިބުމުން ކަމަށެވެ. އަދި އިންޑިއާ އިން ރާއްޖެއަށް ގްރާންޓް އެހީތައް ދޭ ކަމަށާއި ލޯނުތަކުގެ އެހީތައް ވެސް އިތުރަށް ދޭކަމަށް ރޮޒެއިނާ ވިދާޅުވިއެވެ. މި ސަރުކާރުން ކުރާ މަސައްކަތް އިދިކޮޅަށް ހަމަޖު ނުވާ ކަމަށް ބުނެ ރޮޒެއިނާ ވަނީ ވަރަށް ބޮޑަށް އިދިކޮޅަށް ފާޑު ވިދާޅުވެފައެވެ.

Advertisement - newsAdvertisement

އިންޑިއާ އަކީ ޒަމާންވީއްސުރެން ރާއްޖޭގެ ގާތް އެކުވެރިއެއްކަން ފާހަގަކުރައްވާ ރޮޒެއިނާ ވިދާޅުވީ 1991 އަހަރުން ފެށިގެން އިންޑިއާ ކޯސްގާޑާ ރާއްޖޭގެ ކޯސްޓްގާޑުން ވެސް މަސައްކަތް ކުރަމުން ދަނީ އެކުގައި ކަމަށެވެ. އިދިކޮޅުން އިންޑިއާގެ ވާހަކަ އަޑުއަޑުން އަޑު ނަގާ ދައްކާއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް އެމަނިކުފާނުގެ ވެރިކަމުގައި އިންޑިއާ އަށް ދަތުރުތައް ވެސް ކުރައްވި ކަމަށާއި އަދި އިންޑިއާ އާއެކީގައި ގުޅުންތައް ވެސް ބަދަހި ކުރެއްވި ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ. އިދިކޮޅުން މީގެ ކުރިން މި ވާހަކަތައް ނުދެއްކީ ކީއްވެންތޯ ވިދާޅުވެ ރޮޒެއިނާ ވަނީ ސުވާލު އުފައްދަވާފައެވެ.

ރޮޒެއިނާ އިތުރަށް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމަށް އަރައިގަންނަ ފަދަ އެއްވެސް ކަމެއް އިންޑިއާ އިން މިހާތަނަށް ކޮށްފައެއް ނުވާ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ މިނިވަންކަން ގެއްލޭ ފަދަ އެއްވެސް ކަމެއް ހިނގާނަމަ އެންމެ ކުރީ ސަފުގައި އެކަމަށް ހުއްޓުވުމަށް އިދިކޮޅާއެކު ހުންނާނީ އޭނާ ކަމަށެވެ.

އިންޑިއާ އިން ރާއްޖެ ހިސޯރުކުރަން އުޅޭ ކަމަށް ބުނެ އިދިކޮޅުން ވާހަކަ ދައްކަނީ ދިވެހިންގެ ހިތުގައި ބިރުވެރިކަމާއި ފިތުނަ އުފެއްދުމަށް ކަމަށާއި އެގޮތަށް ކަންތައްތައް ކުރުން އެއީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށް ރޮޒެއިނާ ފާހަގަކުރެއްވިއެވެ.

ރާއްޖެއިން އިންޑިއާ އާއެކު އައު ކަމެއް މިހާރު ފަށާފައިނުވާނެ ކަމަށާއި އެހެން ސަރުކާރުތަކުން ވެސް ކަންތައް ކުރާ ގޮތަށް މި ސަރުކާރުން ވެސް ކަންތައްތައް ކުރަމުން އަންނަ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

ދުނިޔޭގައި އޮންނަ ނިޒާމަކީ އެއްޤައުމު އަނެއް ޤައުމާއި ގުޅިގެން މަސައްކަތް ކުރުން ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ. އަދި އެފަދައިން ރާއްޖެއިން ވެސް އެހެން ޤައުމުތަކާއި ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

ގެއްލުނު ދޯނި ހޯދުމަށް ލަންކާއާއި އިންޑިއާގެ އެހީތެރިކަމަށް އެދިއްޖެ

26 ފެބުރުއަރީ 2017
ގެއްލުނު ދޯނި ހޯދުމަށް ލަންކާއާއި އިންޑިއާގެ އެހީތެރިކަމަށް އެދިއްޖެ
23 ފެބުރުއަރީ 2017

ޗައިނާއަށް ރަށްތަކެއް ދޭންއުޅޭތީ ކަންބޮޑުވުން ފާޅުކުރެއްވުމަށްފަހު އިންޑިއާގެ ސްޓޭޓް މިނިސްޓަރ ފުރާވަޑައިގެންފި

23 ފެބުރުއަރީ 2017
ޗައިނާއަށް ރަށްތަކެއް ދޭންއުޅޭތީ ކަންބޮޑުވުން ފާޅުކުރެއްވުމަށްފަހު އިންޑިއާގެ ސްޓޭޓް މިނިސްޓަރ ފުރާވަޑައިގެންފި
21 ފެބުރުއަރީ 2017

އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

21 ފެބުރުއަރީ 2017
އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި
21 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި

21 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި
20 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ

20 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު