Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޝަރުއީ ދާއިރާ

އަދިވެސް އަޑުގަދަ މީހާ ރުއް ގިނަ!

ބަންދުގައި ތިބި ބައެއް މީހުން ކޯޓަށް ހާޒިރުކުރަނީ ޖަލު ހެދުމުގައި

އަލީ ޔޫސުފް
އަލީ ޔޫސުފް, ރާއްޖެ އެމްވީ | 30 އެޕްރީލު 2018 | ހޯމަ 10:31
އެސްއޯ ޕޮލިހުން ކޯޓަށް ގެންދަން ލޯންޗުން ބާލަނީ

އެސްއޯ ޕޮލިހުން ކޯޓަށް ގެންދަން ލޯންޗުން ބާލަނީ

ދާދި ފަހުން ފެންމަތިވި މައްސަލައެކެވެ. ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ކުރީގެ އެސްއޯ ފުލުހުންތަކެއްގެ ބޯ ބޭލި މައްސަލައެކެވެ. އެކަންކޮށްފައި ވަނީ އެ މީހުންގެ ނުރުހުމުގައެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފައި ވަނީ އެކަން ކޮށްފައި ވަނީ އެތަނުގައި އޮންނަ އުސޫލެއްގެ ދަށުން ކަމަށެވެ. ނަމަވެސް އެންޓި ޓޯޗާ ގާނޫނުގައިވާ ގޮތުން ބަންދުގައި ހުންނަ މީހަކާ މެދު އަމަލުކުރުމުގައި އަނިޔާއަކަށް ވާ ކަންކަމުގެ ތެރޭގައި ނުރުހުމުގައި ބޮލުން އިސްތަށިކޮށުން ހިމެނެއެވެ. އެހެންކަމުން ގާނޫނަކަށް ވުރެ އުސޫލެއް އަދި ގަވާއިދެއް މައްޗެއް ނުވާނެއެވެ. ކަރެކްޝަނުން ކުރީ ކުށެކެވެ.

ދެން އުފެދޭ ސުވާލަކީ ހަމައެކަނި އެސްއޯ ފުލުހުންގެ ބޯ ތުނިކޮށް ކޮށީ ކީއްވެ ހެއްޔެވެ. ތުހުމަތުގައި ހައްޔަރުކޮށްފައި ތިބީ ހަމައެކަނި އެ މީހުންނެއް ނޫނެވެ. އިތުރު އެހެން ކަމެއް ވެސް ފާހަގަކުރެވުނެވެ. އެސްއޯ ފުލުހުން ކޯޓަށް ގެންނަނީ ޖަލު ހެދުމުގައެވެ. ނަމަވެސް ހަމަ އެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިއްބެވި "ބޭފުޅުން" ކޯޓަށް ހާޒިރުކުރަނީ "ރީތި" ހެދުމުގައެވެ. ގައުމަށް ޚިދުމަތް ކޮށްފައިވާ ފަރާތްތަކާއި މަތީ މަގާމުތަކުގައި ތިއްބަވަނިކޮށް ތުހުމަތުކުރެވި ބަންދުކުރެވުނު ފަރާތްތަކަށް ހާއްސަ އިމްތިޔާޒުތަކެއް ލިބިދޭންޖެހޭކަން ގަބޫކުރަމެވެ. ގާނޫނީ ސަރުކާރެއް ގައިރު ގާނޫނީ ގޮތެއްގައި ވައްޓާލަން މަސައްކަތްކުރެއްވި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް އަދި މިހާރު ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ހުންނެވި މިހާރުގެ ވެސް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ޖަލު ހެދުމުގައި ކޯޓަށް ހާޒިކޮށްގެން ނުވާނެކަން ގަބޫލުކުރެވެއެވެ. އެކަމުގައި އެއްވެސް ޝަކުވާއެއް ވެސް ނެތެވެ. ނަމަވެސް މަޖިލީހުގެ މެންބަރުންތަކަކަށް ރިޝްވަތު ދީ، ގާނޫނީ ސަރުކާރެއް ގައިރުގާނޫނީ ގޮތުން ވައްޓާލުމަށް މަސައްކަތްކުރިކަމުގެ ތުހުމަތުގައި ހައްޔުކޮށްފައި ހުރި ސިޔާދު ގާސިމް ހުދު ގަމީސްކޮޅުގައި ކޯޓަށް ހާޒިރުކޮށްފައި އެސްއޯ ފުލުހުން ޖަލު ހެދުމުގައި ހާޒިރުކުރުމުގައި ކަރެކްޝަނުން ތަބާވަނީ ކޮން އުސޫލަކަށްތޯ ފާޑުކިޔާ ފަރާތްތަކުން ސުވާލު އުފައްދައެވެ. އަދި އެއީ ސަރުކާރުގެ އެއްވެސް މަގާމެއްގައި ވެސް ހުރި ބޭފުޅަކަށް ނުވާތީ ސިޔާދު ގާސިމާއި އެސްއޯ ފުލުހުންނާ ތަފާތުކުރަނީ ކޮން އުސޫލަކުންތޯ ފާޑުކިޔާ ފަރާތްތަކުން ސުވާލު އުފައްދައެވެ.

އެ ސުވާލުތަކުގެ ޖަވާބަކަށް ބައެއް މީހުން ބުނަނީ ކަރެކްޝަނުން އަމަލުކުރަނީ އިހުޒަމާނުގައި އޮންނަ އުސޫލެއްގެ ދަށުން ކަމަށެވެ. އެއީ "އަޑުގަދަ މީހާ ރުށް ގިނަވާނެއޭ" ބުނާ އުސޫލު ކަމަށެވެ. ސިޔާދު ގާސިމާއި އެސްއޯ ފުލުހުންގެ ހަމައެކަނި ތަފާތަކީ ސިޔާދު ގާސިމަކީ ރާއްޖޭގެ އެންމެ ބޮޑު ކުންފުނީގެ ވާރުތަވެރިޔަކަށް ވުމެވެ. އެ ވާހަކަ ދައްކާ މީހުން ކަރެކްޝަނަށް ގޮންޖަހައި ވެސް ހަދައެވެ. "ނިކަން ކެރޭ ނަމަ ތިޔަ ބުނާ އުސޫލެއްގެ ދަށުން ސިޔާދުގެ އެންމެ އިސްތައްޓެއްގައި އިނގިލި ކުރި ވެސް ޖައްސާލަން ކެރޭނެތޯ" ފާޑުކިޔާ މީހުން ސުވާލުކުރެއެވެ. މި ދެންނެވީ ކޮންމެހެން އެކަން ކުރާށެކޭ ނޫނެވެ. ރާއްޖޭގެ ތަންފީޒީ އިދާރާތަކާއި ޝަރުއީ ނިޒާމުގެ ތެރޭގައި އަދި ސަރުކާރުގެ މުޅި ނިޒާމުގެ ތެރޭގައި ވެސް މޮޅު މީހާ އަށް މޮޅު ގޮތް ހެދުން ވަނީ ކަށީގައި ހިފާފައެވެ. މުއްސަނދި މީހާ ނުވަތަ ތިމާ ގާތް ރަހުމަތްތެރިޔާ އަށް ކަންކަން ފަސޭހަ ވެގެން ދިއުން އެއީ އާންމު ކަމެކެވެ. މޭޒު ދަށުން ސިޓީ އުރަ ބަލައިގަތުން އެއީ އާންމު ކަންކަމެވެ. ރިޝްވަތަށް ވަނީ ހަމައެކަނި ކަމެއް ކޮށްދިނުމުގެ ބަދަލުގައި ފައިސާތަކެއް ދިނުމެއް ނޫނެވެ. އޮންނަ އުސޫލުގެ ބޭރުން މުއްސަނދި ނުވަތަ ނުފޫޒުގަދަ މީހާއާ މެދު އަމަލުކުރުމަކީ ވެސް ފަސާދައިގެ ތެރޭގައިވާ ކަމެކެވެ.

ޝަރުއީ ނިޒާމުގެ ތެރެއިންނާއި ތަންފީޒީ އިދާރާތަކުން މިފަދަ އަމަލުތައް ފެންނަހާ ދުވަހަކު އެފަދަ އިދާރާތަކަށް ރައްޔިތުން އިތުބާރެއް ނުކުރާނެއެވެ. ފުލުހުންގެ ވަޒީފާގައި ތިބޭ މީހުންނަކީ ފެށުނީއްސުރެ ވެސް ބޮލުގެ އިސްތަށިގަނޑު ވަކި މިނަކަށް ކުރުކޮށްފައި ތިބޭ ބައެކެވެ. އެހެންކަމުން އެ މީހުންގެ އިސްތަށިގަނޑު ދިގުވެގެން ބަޔަކަށް އުނދަގޫތަކެއް ވެގެން ޓްރިމަރު ޖައްސާއާ ދުވަހެއް އަދި ނުވެއެވެ. ހާއްސަކޮށް އެ މީހުންގެ ނުރުހުމުގައި އެކަން ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތެވެ. އުސޫލެއްގެ ދަށުން ކުރާ ކަމެއް ނަމަ އެންމެންނާ މެދު ވެސް އަމަލުކުރަންޖެހޭނީ އެ އުސޫލުންނެވެ. ނަމަވެސް ބޮޑެތި ކުށްތަކުގައި ޖަލުގައި ތިބޭ މީހުންގެ އިސްތަށިގަނޑު ދިގުވެ ސިފަ އޮޅޭ ވަރަށް ހުންނަ ފަހަރު ވެސް އާދެއެވެ.

އެސްއޯ ފުލުހުންގެ "ބޯ ބޭލީ" އެ މީހުންނަކީ ފުލުހުން ކަމަށްވުމުން ވަކި ގޮތަކަށް އިސްތަށިގަނޑު ބަހައްޓަން ލާޒިމުކުރާތީ ކަމަށް ސޯޝަލް މީޑިއާގައި ރައްދު ދޭ ފަރާތްތަކުން ބުނެއެވެ. ނަމަވެސް ފާހަގަކުރަންޖެހޭ ކަމަކީ އެ މީހުން ހައްޔަރު ކުރުމަށް ފަހު މާގިނަ ދުވަސްތަކެއް ނުވެ ވަޒީފާ އިން ވެސް ވަކިކޮށްފައިވާ ކަމެވެ. އެހެންކަމުން އެ އުސޫލުގެ ދަށުން ވެސް އެ މީހުންގެ އިސްތަށިގަނޑަށް ގޮތެއް ހެދުމުގެ ބާރެއް ކަރެކްޝަނަށް ލިބިގެން ނުވެއެވެ.

އެހެންކަމުން އެސްއޯ ފުލުހުންގެ އިސްތަށިގަނޑު ނުރުހުމުގައި ކޮށުމުގައި ކަރެކްޝަނުން އަމަލުކުރި އުސޫލެއް ސާފުވާން އެބަޖެހެއެވެ. އެންޓި ޓޯޗާ ގާނޫނުގެ ދަށުން މަނާކޮށްފައި އޮތް ކަމެއް ގަދަކަމުން ކުރަންޖެހުމުގައި ރަނގަޅު ސަބަބެއް ކަރެކްޝަނަށް ދެއްކެންޖެހެއެވެ. ވަކި ބަޔަކު ކޯޓަށް ހާޒިކުރާ އިރު ޖަލު ހެދުމުގައި ގެނެސްފައި އަނެއް ބަޔަކު ނަލަކޮށްގެން ކޯޓަށް ހާޒިރުކުރުމުގައި ގެންގުޅޭ އުސޫލު ސާފުވާންޖެހެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިހާބުގެ އިންތިޒާމުތައް ސުމެއް، ޝަކުވާތައް ގިނަ!

އިންތިހާބުގެ އިންތިޒާމުތައް ސުމެއް، ޝަކުވާތައް ގިނަ!

06 މެއި 2017
އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

03 މެއި 2017
ވިނޯދް ކަންނާގެ ހަޔާތް: : ބޮލީވުޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދިން ފަންނާނެއް

ވިނޯދް ކަންނާގެ ހަޔާތް: : ބޮލީވުޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދިން ފަންނާނެއް

27 އެޕްރީލު 2017
އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

07 އެޕްރީލު 2017
ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް

ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް

29 މާރިޗު 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު